ހުޅުމާލޭގެ ފްލެޓްތަކެއްގެ ކައިރީގައި މިރޭ ބަޔަކު ފުޅިއެއް ގޮއްވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ހުޅުމާލޭގެ ފްލެޓްތަކެއްގެ ކައިރީގައި މިރޭ ބަޔަކު ފުޅިއެއް ގޮއްވާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ބުނީ ހުޅުމާލޭގެ 16 އަދި 18 ނަމްބަރު ފްލެޓު ދޭތެރޭގައި ކުޑަ ފުޅިއެއް ގޮއްވާލާފައި ވަނީ އޭގެ ތެރެއަށް ސާފް ލިކުއިޑު އަޅައިގެން ކަމަށެވެ. ފުލުހުން އާންމުކުރި ފޮޓޯ އިން ފެންނަ ގޮތުގައި ގޮއްވާލާފައި ވަނީ ފެން އަޅާ ފަސް ލީޓަރުގެ ފުޅި އެކެވެ.
ފުލުހުން ބުނިގޮތުގައި 16 ނަމްބަރު ފްލެޓު ކައިރިން ބާރުގަދަ އަޑެއް އިވިގެން މިރޭ 10:10 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބުމާ ގުޅިގެން ގޮސް ބެލިއިރު އެ ސަރަހައްދުގައި ފުޅިއެއް ގޮއްވާލާފައި ވެ އެވެ. އެކަމަކު އެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތެއް ނެތް ކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ފުޅިއެއް ގޮއްވާލިއިރު، ސަލާމަތީ ބާރުތަކުން މިރޭ ވަނީ މާލޭގައި ތަމްރީނުތަކެއް ފަށައިފަ އެވެ.
އެ ތަމްރީނުތައް ފެށީ ޓެރަރިޒަމް ހަމަލައެއްގެ މައުލޫމާތު ލިބިގެން ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެއީ ވަކި ކަމެއް މެދުވެރިވެގެން ފެށި ތަމްރީނުތަކެއް ނޫން ކަމަށެވެ.
"އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާ ނަމަ ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަމްބަރު 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހިލޭ ގުޅޭ ނަމްބަރު 119 އަށް ގުޅުއްވައި، މައުލޫމާތު ހިއްސާ ކުރުމަށް އިލްތިމާސް ކުރަމެވެ،" އަންނަ ބުރާސްފަތި ދުވަހުގެ ހެނދުނާ ހަމައަށް ސިފައިންނާއި ފުލުހުން ކުރިއަށް ގެންދާ ތަމްރީނާ ގުޅޭ ގޮތުން ސިފައިން ނެރުނު ބަޔާނުގައި ވެ އެވެ.
މިރޭ ފެށި ތަމްރީނުތަކުގައި ސިފައިން ހަތިޔާރާ އެކު ހަރަކާތްތެރިވުމުގެ އިތުރުން ސިފައިންނާއި ފުލުހުން ގުޅިގެން އެއްގަމު އުޅަނދުތަކާއި ކަނޑު އުޅަނދުތައް ވެސް ބަލައި، ފާސްކުރާނެ ކަމަށް އެމްއެންޑީއެފުން ކުރިން އޮތީ ބުނެފަ އެވެ.
މާލޭގައި ހުރި ކެމިކަލް ގުދަން ހުސްކޮށްފި
ސްކޭމާއި ޓެރަރިޒަމަށް ތުހުމަތުކޮށް ޖަލު ފާސްކުރަނީ
އައްޑޫގެ އޮޕަަރޭޝަންގައި އިތުރު ތަންތަން ފާސްކުރަނީ
ހައްޔަރުކުރި މީހުން އުޅުނީ އައިސިސްއާ އެކު މީހުންމަރަން
ސިފައިންނާއި ފުލުހުންގެ ފްލެޓްތަކަކީ ބޮޑު ޖަރީމާއެއް؟
އެއްޗެއް ގޮވީ ވެލްޑިން ކުރަން އުޅުމުގެ ތެރޭގައި
ބާރުގަދަ އަޑަކާއެކު ހުޅުމާލޭގައި އެއްޗެއް ގޮވައިފި
ޖަލުންް އަނިޔާވީ އަމިއްލައަށް ބޯ ފަޅާލި މީހަކަށް
ހަރުކަށި ފިކުރާ ދެކޮޅު އޮޕަރޭޝަނެއް ޖަލުގައި ފަށައިފި
ފިސްތޯލަ ބޭއްވުނު ސިފައިންގެ މީހާ ސަސްޕެންޑްކޮށްފި