24 މެއި 2019
ފްލައިމީން ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.
ފްލައިމީން ރާއްޖޭގެ އެންމެ ދެކުނުގެ ދެ ސިޓީ ކަމަށްވާ އައްޑު އާއި ފުވައްމުލަކަށް ކުރަމުން އަންނަ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލަން ނިންމައިފި އެވެ.
ފްލައިމީ އޮޕަރޭޓް ކުރާ ވިލާ އިން އެއާ މިއަދު ނެރުނު ބަޔާނެއްގައި ބުނީ އައްޑު އާއި ފުވައްމުލަކުގެ ދަތުރުތައް ހުއްޓާލަން ނިންމާފައި ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.
އެ ދެ ސިޓީ އަށް ފްލައިމީން އެންމެ ފަހުން ދަތުރުތައް ފެށީ މީގެ 7 މަސް ކުރިންނެވެ. އެއީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ.
ވިލާ އެއާ އިން ނެރުނު ބަޔާނުގައި ބުނި ގޮތުގައި އައްޑު އާއި ފުވައްމުލަކުގެ ދަތުރުތައް މި ވަގުތަށް ހުއްޓައިލަން ނިންމި މައިގަނޑު ސަބަބުތަކަކީ ކްރޫންނާއި ޕައިލެޓުންގެ ދަތިކަމާ ހުރެ އެވެ. އަދި މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޕައިލެޓުންނާއި ކެބިން ކްރޫއިން ތަމްރީނު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ. ވިލާ އެއާ އިން ބުނީ ކުރިއަށް އޮތް ތަނުގައި އައްޑު އާއި ފުވައްމުލަކަށް އަލުން ދަތުރުތައް ފެށޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.
ފްލައިމީން އައްޑު އާއި ފުވައްމުލަށް އެންމެ ފުރަތަމަ އުދުހެން ފެށީ ފެބްރުއަރީ 2، 2013 ގަ އެވެ. އެ ދަތުރުތައް ހުއްޓާލީ އޭގެ ދެ އަހަރު ފަހުން މާޗް 2015 ގަ އެވެ.
ފްލައިމީ، އައްޑޫ/ފުވައްމުލަކަށް އަންނަ މަހު އުދެހެނީ
ފްލައިމީ އަނެއްކާ ވެސް އައްޑު އާއި ފުވައްމުލަކަށް
ދަތުރުތައް ފެށުން ލަސްވަަނީ ތައްޔާރު ނުވެވޭތީ: ފްލައިމީ
އައްޑޫ-ފުވައްމުލަކަށް ފްލައިމީ ފަށާނީ މިމަހުގެ 15ގައި
އައްޑު އާއި ފުވައްމުލަކަށް ފްލައިމީ އަލުން އުދުހެނީ
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް އަލުން ފަށައިފި
ސްރީ ލަންކަންގެ ދަތުރުތައް ގަމަށް ފެށުން ޑިސެމްބަރަށް
ސްރީ ލަންކަންގެ ދަތުރުތައް އަލުން ގަމަށް ފަށަނީ
އައްޑު އާއި ހުވަދުއާ ދެމެދު އަލުން ސީޕްލޭން
އަމިއްލަ ބަޔަކު އެންމެ ދެކުނަށް ފެރީ ދަތުރު ފަށައިފި