ބާލީގައި ފަރުބަދައެއް ގޮވުމުގެ ސަބަބުން ކެންސަލް ކުރި ފްލައިޓް ދަތުރުތައް އަލުން ފަށައިފި އެވެ.
26 މެއި 2019
ބާލީގައި ފަރުބަދައެއް ގޮވުމުގެ ސަބަބުން ކެންސަލް ކުރި ފްލައިޓް ދަތުރުތައް އަލުން ފަށައިފި އެވެ.
ހުކުރު ދުވަހުގެ ރޭ ގޮވި މައުންޓް އަގުން ފަރުބަދައިގެ ދުމާއި އަޅި ދެ މޭލަށް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.
މި ފަރުބަދަ ވަނީ 1963 ވަނަ އަހަރު ގޮވައިފަ އެވެ. އެ ހާދިސާގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވި އެވެ.
ފަރުބަދަ އަލުން ގޮވަން އުޅޭ ކަމުގެ އަލާމާތްތައް 2017 ވަނަ އަހަރު ވަނީ ފެނިފައެވެ. އެއާއެކު އިންޑޮނީޝިއާގެ ޑިޒާސްޓާ އޭޖެންސީން ވަނީ އެ ސަރަހައްދުން މީހުން ހުސްކޮށްފަ އެވެ.
ފްލައިޓް ދަތުރުތައް އަލުން ފަށާފައި ވިޔަސް އެ ގައުމުގެ ސަރުކާރުން ވަނީ އެ ސަރަހައްދަށް ބާލީގެ ރައްޔިތުންނާއި ޓޫރިސްޓުން ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ.
ބާލީ އަކީ ޓޫރިސްޓުންގެ މަގުބޫލް މަންޒިލެކެވެ.
އަލިފާން ފަރުބަދަ ގޮވާތީ އެތައް ބަޔަކު ދުރަށް ޖައްސަނީ
އިންޑިގޯގެ 1،000 ފްލައިޓް ކެންސަލްކުރި
މޯލްޑިވިއަން އިން އެއާ އިންޑިއާއާ އެކު އެގްރީމެންޓެއް
މިއަދު އިންޑިގޯގެ 400 ފްލައިޓް ކެންސަލްވާނެ
އިއްތިހާދު އެއާވޭސްގެ ހިދުމަތް އާ ޓާމިނަލްގައި ފަށައިފި
އޭ-320 ގައި މައްސަލަ ހުރި ކަމަށް އެއްބަސްވެެއްޖެ
ލަންކާގެ ރެސްކިއު ހެލިކޮޕްޓަރެއް ވެއްޓި އެކަކު މަރު
ޓްރެވެލް އެޑްވައިޒަރީ: އެއާޕޯޓަށް ދިއުމުގެ ކުރިން ގުޅާ
ފްލައިޓްތައް ކެންސަލްވެ، ލަންކާގައި ދިވެހިން ތާށިވެއްޖެ
ކޮޅިގަނޑު ތޫފާނަކަށް، ލަންކާ ކުއްލި ހާލަތަށް!