ފ. ދަރަނބޫދޫގެ ތިން މީހަކު ހައްޖަށް ދާން ރައްކާކޮށްފައި ހުރި ތިން ލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފި އެވެ.
27 މެއި 2019
ފ. ދަރަނބޫދޫގެ ތިން މީހަކު ހައްޖަށް ދާން ރައްކާކޮށްފައި ހުރި ތިން ލައްކައެއްހާ ރުފިޔާ ވަގަށް ނަގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ދަރަނބޫދޫގެ ގެޔަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިގެން އިއްޔެ މެންދުރު 2:00 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަމަކު އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފައިސާ ވަގަށް ނެގިކަން އެނގުނީ މިދިޔަ ހޮނިހިރު ދުވަހު އެވެ.
އެ ރަށު ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ އެއީ މި އަހަރު ހައްޖަށް ދާން އެއްކޮށްފައި ހުރި ފައިސާ ކަމަށާއި އެ ބަހައްޓާފައި ހުރީ ގޭގެ އަލިމާރީގައި ކަމަށެވެ. އެއީ މީހުން ދިރިނޫޅޭ ގެއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރަށުގެ މެދުގައި، ފަޅަށް ހުންނަ ގެއެއް އެއީ. އެ ގޭ ވެރިފަރާތް ވެސް، ދޭތެރެއަކުން އެ ގެއަށް ގޮސް އުޅޭނެ،" އަލީ ވިދާޅުވި އެވެ.
ހެކި ގެއްލެނީ، މިވަރުން އިތުބާރު ކުރާނީ ކިހިނެއް؟
ހައްޔަރުކުރި ބިދޭސީއަކީ ކޮންޓެއިނަރު ނައްތާލި މީހާ
ސިނގިރޭޓް ވަގަށް ނެގި މައްސަލާގައި ބިދޭސީއަކު ހައްޔަރު
ޑޮލަރު ފޭރުނު މައްސަލާގައި އިތުރު ބަޔަކު ހައްޔަރުކޮށްފި
ވަގު ސިނގިރޭޓާ ގުޅޭ މައުލޫމާތު ދޭން ފުލުުުހުން އެދިއްޖެ
އެއާޕޯޓުން ފޭރުނު 'އެންމެ ޑޮލަރެއް' ވެސް އަދި ނުފެނޭ
ޑޮލަރު ފޭރުނު މައްސަލަ: ޝަރީއަތް ނިމެންދެން ބަންދަށް
އާއްޓޭ ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފި
ވަކީލުންގެ ފުރުސަތު ނުދީ ބަންދު ޖެހުމުގެ ކަންބޮޑުވުން
ހައްޔަރުކުރި މީހުން ޑޮލަރު ގުނާތަން ސީސީޓީވީއަށް ފެނޭ!