Roadha Mihaaru
މަޖިލިހުގެ ރައީސަކަށް އެމްޑީޕީން ކަނޑައެޅީ ނަޝީދު

ފަހު ވަގުތު ނިންމުން ބަދަލުކޮށް، މަޖިލިހުގެ ރައީސަކަށް އެމްޑީޕީން ކަނޑައެޅީ ނަޝީދު

27 މެއި 2019

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ބައްދަލުވުން ދަރުބާރުގޭގައި ފެށުމަށް ތައްޔާރު ވަމުން އެބަ ގެންދެ އެވެ.

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ބައްދަލުވުން ދަރުބާރުގޭގައި ފެށުމަށް ތައްޔާރު ވަމުން އެބަ ގެންދެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ފަސް އަހަރުގެ ދައުރުގެ ރައީސް ކަމަށް އެމްޑީޕީން އެންމެ ބޮޑަށް ވާދަކުރައްވަނީ ހިތަދޫ އުތުރު ދާއިރާގެ މިހާރުގެ ވެސް މެމްބަރު މުހަންމަދު އަސްލަމާއި ވިލުފުށީ ދާއިރާ އަށް އިންތިހާބުވެ ވަޑައިގެންނެވި އަދި ކުރިން ތ. އަތޮޅުގެ މެމްބަރުކަން ކުރެއްވި ހަސަން އަފީފެވެ. މިރޭ ވޯޓު ނަގަން ހަމަޖެހިފައި ވަނީ އަތް އުފުލައިގެންނެވެ.

އަސްލަމް މި މަގާމަށް ވާދަކުރައްވަނީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހަންމަދު ނަޝީދުގެ ތާއީދާ އެކު އެވެ. އަަފީފު ކުރިމަތިލައްވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ތާއީދާ އެކު އެވެ. އެހެންވެ، މިއީ ވަރަށް ވާދަވެރި ވޯޓަަކަށް ވާނެ އެވެ.

މި ބައްދަލުވުން ފެށުމުގެ މާ ކުރިން ވެސް އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވަނީ ދަރުބާރުގޭގެ ސަރަހައްދަށް އެއްވެފަ އެވެ.