ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލައިގެ މައުލޫމާތު ދޭން ފުލުހުންނާއި ފެނަކައިން ވެސް ދެކޮޅުހަދައިފި އެވެ.
07 ސެޕްޓެމްބަރ 2016
ފެނަކަ ކޯޕަރޭޝަނަށް ބޭނުންވާ އެއް މިލިއަން ޑޮލަރު، ލޯންޗުގެ ހިދުމަތް ދޭ ކުންފުންޏެއް މެދުވެރިކޮށް ގަންނަން ވެގެން ދިން 17 މިލިއަން ރުފިޔާ އަށް ވީ ގޮތް ނޭނގުމާއި ޑޮލަރު ވެސް ލިބޭ ގޮތް ނުވި މައްސަލައިގެ މައުލޫމާތު ދޭން ފުލުހުންނާއި ފެނަކައިން ވެސް ދެކޮޅުހަދައިފި އެވެ.
ފެނަކަ އަށް ޑޮލަރު ވިއްކަން ވެގެން ދިން ހުރިހާ ޗެކެއް ވެސް ވަނީ ބައުންސްވެފަ އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުގައި ލޯންޗުގެ ހިދުމަތް ދޭ އެ ކުންފުންޏަށް ފެނަކަ އިން ވަނީ 1 މިލިއަން ޑޮލަރަށް ޖެހޭ ދިވެހި ފައިސާ ދޫކޮށްފަ އެވެ. އެ ފައިސާ އަނބުރާ ހޯދަން ފެނަކަ އިން މަސައްކަތް ކުރި ނަމަވެސް ލިބޭ ގޮތެއް އަދި ނުވެ އެވެ.
މި ބޮޑު އިހުމާލާ ގުޅޭ ގޮތުން ފެނަކައިގެ ރަސްމީ ބަހެއް ހޯދަން މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލަށް ގުޅުމުން ވިދާޅުވީ ސުވާލުތައް ލިއެފައި ފޮނުވުމަށެވެ. ސުވާލުތައް ފޮނުވިތާ ހަފުތާއެއް ވީ އިރު ވެސް ފެނަކައިން އަދި ޖަވާބެއް ނުދެ އެވެ.
ފެނަކައިގެ އެއް މިލިއަން ޑޮލަރުގެ އިތުރުން އަމިއްލަ ވިޔަފާރިވެރިންނަށް ޑޮލަރު ހޯދައިދިނުމުގެ ނަމުގައި ވެސް ލޯންޗު ކުންފުނިން ނެގި ފައިސާއާ އެކު އެ ހީލަތުގެ ޖުމްލަ 40 މިލިއަން ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށް، ބައެއް މީހުން ބުނެ އެވެ. އެ މައްސަލާގައި ފުލުހުން ވަނީ ލޯންޗު ކުންފުނީގެ އެއް ހިއްސާދާރު ހައްޔަރުކޮށްފަ އެވެ. އެކަމަކު އެ ތަހުގީގާ ބެހޭ އެއްވެސް މައުލޫމާތެއް ފުލުހުން ވެސް އަދި ހާމައެއް ނުކުރެ އެވެ.
ލޯންޗު ކުންފުނިން ފެނަކަ އަށް ޗެކްތައް ދިނީ މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) ގެ ކޮންމެވެސް ތައްގަނޑު ޖަހާފަ އެވެ. އެކަމަކު އެ މައްސަލާގައި ވާހަކަ ދައްކަން އެ ބޭންކުން ވެސް ބޭނުމެއް ނުވެ އެވެ.
ފުވައްމުލަކު ކަރަންޓަށް މިދިޔަ ފެބްރުއަރީ މަހު ދިމާވި މައްސަލައެއް ހައްލުކުރަން ފެނަކަ މުވައްޒަފުންތަކެއް މަސައްކަތް ކުރަނީ: ޑޮލަރު ގަންނަން ފެނަކައިން ހިންގި މުއާމަލާތަކުން ބޮޑު ގެއްލުމެއް ވަނީ ލިބިފައި
"މިހާރު"އަށް އެނގިފައިވާ ގޮތުގައި 17 މިލިއަން ރުފިޔާގެ ޗެކެއް ލޯންޗް ދުއްވާ ކުންފުންޏަށް ފެނަކައިން ދޫކުރީ 15.42ގެ ރޭޓުން ޑޮލަރު ގަތުމަށެވެ. އަދި ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ފެނަކައަށް ޑޮލަރު ދޭން އެއްބަސްވެފައި އޮތީ 30 ދުވަހުގެ ތެރޭގަ އެވެ.
އެ މުއާމަލާތަކީ އޮޅުވާލުމެއްކަން ފަޅާއެރީ 30 ދުވަސް ހަމަވެ، ޑޮލަރު ތިން ޗެކު ވެސް ބައުންސްވި ހިސާބުންނެވެ.
"ޑޮލަރުގެ ތިން ޗެކާ ފެނަކައިން ހަވާލުވީ އެއީ ރަނގަޅު ޗެކްތަކެއްތޯ ޔަގީން ކުރުމަށް މޮރިޝަސް ކޮމާޝަލް ބޭންކަށް ފެނަކައިގެ ސްޓާފަކު ފޮނުވައިގެން އެކަން ކަށަވަރުކުރުމަށް ފަހު. އެތަނުގެ ސްޓާފަކު އޭރު ބުނި ކަމަށް ވަނީ ޗެކްތައް ސައްހަ ކަމަށް،" މައްސަލައިގެ މައުލޫމާތު ހުރި މީހަކު، ނަން ނުޖަހާ ގޮތަށް ވާހަކަ ދައްކަމުން، ބުންޏެވެ.
"އެކަމަކު ފަހުން މި މައްސަލަ ކުރިމަތިވެގެން ފެނަކައިގެ ފަރާތުން ބޭންކާ ސުވާލުކުރުމުން ބުނަނީ ޗެކްތަކުގައި ޖަހާފައި ވަނީ ގެރެންޓީ ތައްގަނޑެއް ނޫނޭ. އެކަމަކު އެއީ ބޭންކުގެ ތައްގަނޑެކޭ."
އޭނާ ބުނި ގޮތުގައި ޑޮލަރު ޗެކްތައް ބައުންސް ވުމުން، އެއަށް ވާ ވަރަށް ރުފިޔާ ޗެކްތަކެއް ލޯންޗް ކުންފުނިން ފަހުން ފެނަކައަށް ދިނެވެ. ނަމަވެސް އެ ޗެކްތައް ވެސް ބައުންސްވީ އެވެ.
ފެނަކައަށް ޑޮލަރު ގަންނަން ދޫކުރި ފައިސާގެ މައްސަލާގައި އެ ކުންފުނީގެ ބޯޑު ބައްދަލުވުމެއް މިދިޔަ މަހުގެ ފަހުކޮޅު ބޭއްވި އެވެ. ޑޮލަރު ވިއްކަން ބުނި ކުންފުނިން ފެނަކަ އަށް ހުށަހެޅީ ބަހާލައިިގެން ފައިސާ ދެއްކޭނެ އިންތިޒާމެއް ހަމަޖައްސައިދޭށެވެ.
އެމްސީބީގެ މެނޭޖިން ޑިރެކްޓަރު ގިލްސް ވިދާޅުވެފައި ވަނީ ފުލުހުންގެ ތަހުގީގަށް އެ ބޭންކުން ފުރިހަމަ އަށް އެއްބާރުލުންދީ، އެކަމާ ގުޅޭ ހުރިހާ މައުލޫމާތެއް ބޭންކްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ، ރާއްޖޭގެ މަރުކަޒީ ބޭންކާ ހިއްސާކުރައްވަމުން ގެންދަވާ ކަމަށެވެ.
ސައްހަ ނޫން ޗެކްތަކެއްގެ މައްސަލަ ފަޅާއެރި ފަހުން އެ ބޭންކުން ކުރި އިއުލާނުގައި ބުނެފައި ވަނީ އެމްސީބީން ގެރެންޓީ ދީފައިވާ ކަމަށް ބުނެ ނުފުށުގައި ސްޓޭމްޕެއް ޖަހާފައިވާ ޗެކްތަކެއް ދައުރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. "...ޗެކްތަކުގައި ބޭނުންކޮށްފައިވާ 'ބޭންކް ގެރެންޓީ' ސްޓޭމްޕް ބޭނުންކުރުމަކީ މި ބޭންކްގެ ޕޮލިސީއެއް ކަމުގައި ނުވާތީ، މިފަދަ ޗެކެއް އޮތް ފަރާތެއްވާ ނަމަ، އެކަމަށް ސަމާލުވެވަޑައިގަތުމަށް ދަންނަވަމެވެ،" އެމްސީބީގެ އިއުލާނުގައިވެ އެވެ.
ފެނަކައިގެ ގިނަ މައްސަލަތައް އަންނަނީ ބަލަމުން: އޭސީސީ
ފެނަކައިގެ 1 މިލިއަން ޑޮލަރާ ގުޅިގެން މީހަކު ހައްޔަރު
ޝަމްއާން ބަންދުކުރީ ރަނގަޅަށް: ހައި ކޯޓް
އޭސީސީން އެގްރިކަލްޗާ މިނިސްޓްރީއަށް ވަދެއްޖެ
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި
ފަޒުލްގެ ގެއިން ބައެއް ތަކެތި ފުލުހުން ގެންގޮސްފި
އެޗްޑީސީން ފަސް ލެޕްޓޮޕެއް ގެއްލިއްޖެ!
ފަޒީލްގެ ފޯޖަރީގެ މައްސަލަ ތަހުގީގު ކުރަން ފަށައިފި
ފުލުހުން އެޗްޑީސީއަށް ވަދެ ފާސްކުރަނީ