ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުމުގެ މައްސަލައިގައި ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
29 މެއި 2019
ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުމުގެ މައްސަލައިގައި ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އެ ކޯޓުން މިއަދު ނިންމައިފި އެވެ.
ރާއްޖެ އިން މި އަހަރު ހައްޖަށް ގެންދިއުމުގެ ހުއްދަ އަށް އެދި ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ހަ ކުންފުންޏަށް އެ ހުއްދަ ދޭން އިސްލާމިކް މިނިސްޓްރީން އޮތީ ނިންމައިފަ އެވެ. ސިސިލްފަރުން އެ މައްސަލަ ކޯޓަށް ހުށަހެޅީ އެކަމަށް އެދި ކުރިމަތިލި ކުންފުނިތަކަށް ޕޮއިންޓް ދިނުމުގައި އިސްލާމިކް މިނިސްޓްރީން އަމަލުކުރި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.
އެ މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށް ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ ދައުލަތުން ކުރިން ނަގާފައިވާ އިޖްރާއީ ނުކުތާއަކާ ގުޅިގެންނެވެ.
ދައުލަތުން އިޖްރާއީ ނުކުތާ ނެގީ އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ކުރިން، މާލިއްޔަތު ގަވާއިދުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ސިސިލްފަރު ކުންފުނިން ފުރިހަމަ ކޮށްފައި ނެތް ކަމަށް ބުނެ އެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތުތައް ފުރިހަމަ ނުކޮށް ކޯޓަށް ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށް ވެސް ދައުލަތުން ނެގި އިޖުރާއީ ނުކުތާގައިވެ އެވެ.
އެ މައްސަލަ ނިމެންދެން ހައްޖަށް ގެންދިއުމުގެ ހުއްދަ ކުންފުނިތަކަށް ދިނުން މަޑުޖައްސާލުމުގެ ވަގުތީ އަމުރަކަށް ވެސް ސިސިލްފަރު ކުންފުނިން ކޯޓުގައި އެދުނެވެ. އެކަމަކު މިދިޔަ ހަފުތާގައި ކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ވެސް ނެރެދެވެން ނެތް ކަމަށެވެ.
ހައްޖު ހުއްދަ ދިނުން މަޑުޖައްސާލުމުގެ އަމުރެއް ނުދިން
ހައްޖު މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ
ސިސިލްފަރު މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ފަށައިފި
ސިސިލްފަރުން އިސްލާމިކް މިނިސްޓްރީއާ ދެކޮޅަށް ކޯޓަށް
އަގުހެޔޮކޮށް ހައްޖަށް ގެންދަން ތިން ކުންފުނި ހޮވައިފި
ސިސިލްފަރުގެ ޝަކުވާ މަޑުޖައްސާލަން އެ ކުންފުނިން އެދެފި
ހައްޖު ބީލަން އަލުން ހުޅުވާލަން ސިސިލްފަރުން އެދިއްޖެ
އޭސީސީން އަންގާ ގޮތަށް ފިޔަވަޅު އަޅާނަން: މިނިސްޓްރީ
ހައްޖުގެ މައްސަލާގައި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ:އޭސީސީ
ސިސިލްފަރަށް ހުއްދަ ނުދިން މައްސަލަ އޭސީސީއަށް