Roadha Mihaaru
ހޮސްޕިޓަލަށް ދިން ނަންތަކާ މެދު ވިސްނަން އެދެފި

ދަރުމަވަންތަ ހޮސްޕިޓަލަށް ދިން ނަންތަކާ މެދު އަލުން ވިސްނަން އެދެފި

30 މެއި 2019

ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް ތަންތަނަށް ދީފައިވާ ދިވެހި ނަންތަކާ މެދު ބަހުގެ އެކަޑަމީން އިތުރަށް ވިސްނުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު އެދިވަޑައިގެންފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދަރުމަވަންތަ ހޮސްޕިޓަލުގެ ބައެއް ތަންތަނަށް ދީފައިވާ ދިވެހި ނަންތަކާ މެދު ބަހުގެ އެކަޑަމީން އިތުރަށް ވިސްނުމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު އެދިވަޑައިގެންފި އެވެ.

އެ ނަންތައް ބޮޑު ޖޯކަކަށް ހަދައި އާއްމުންގެ ފާޑުކިއުން އަމާޒުކޮށްފައި ވަނިކޮށް މިނިސްޓަރު ޔުމްނާ މިއަދު ވަނީ އެކަޑެމީގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ. އެ ބައްދަލުވުމަށް ފަހު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާތީ އެ ނަންތަކާ މެދު އެކަޑަމީގެ ބޯޑު މެމްބަރުންނާ އިތުރަށް މަޝްވަރާ ކުރަން އެދިވަޑައިގެންނެވި ކަމަށެވެ.

"އާ ލަފްޒު ހައްދަވާއިރު މިހާރަށްވުރެ ބޮޑަށް އާންމުންގެ ޚިޔާލު ހޯއްދެވޭ ގޮތަކަށް އުސޫލަށް ބަދަލިު ގެންނަވަން ވެސް ލަފާއެރުވިން" މިނިސްޓަރު ޓްވީޓުގައި ވެ އެވެ.

ޔުމްނާގެ ޓުވީޓް.

Dharumavantha Hospital ge nan thah bodu joke akah!

Dharumavantha Hospital ge nan thah bodu joke akah!

The most trusted news source in the Maldives

Mihaaru

ހޮސްޕިޓަލުގެ ނަންތައް ޖޯކަކަށް ވުން---

ހެރިޓޭޖް މިނިސްޓަރު ޔުމްނާ މީގެ ކުރިން ވެސް ވަނީ އާ ލަފްޒު ހަދާ އުސޫލަށް ބަދަލު ގެންނަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވެފައި ވަނީ ލަފްޒު ހަދަންވާނީ އާއްމުންގެ ހިޔާލާއެކު ގިނަ ބަޔަކަށް ކިޔަން ފަސޭހަ ގޮތަކަށް ކަމަށެވެ.

Aa lafzu hedhumuge usoolah badhalu gennan jehey: Yumna

Aa lafzu hedhumuge usoolah badhalu gennan jehey: Yumna

The most trusted news source in the Maldives

Mihaaru

އާ ލަފްޒު ހެދުމުގެ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވުން---

މިފަހުން ދިވެހި ބަހުގެ އެކަޑެމީން ގިނަ ބަސްތަކެއް ހަދާފައިވާއިރު އެ ބަސްތަކަށް އާއްމުންގެ ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައިވެ އެވެ. ހާއްސަކޮށް ދަރުމަވަންތަ ހޮސްޕިޓަލުގެ ކޮޓަރިތަކުގައި ހަރުކޮށްފައި ހުރި ނަން ބޯޑުތަކާއެކު ސޯޝަލް މީޑިއާގައި ފާޑުކިޔުން އިތުރެވެ. އެއީ ކިޔަން އުނދަގޫ، ދިވެހިންނާ ބީރައްޓެހި ބަސްތަކަކަށް ވާއިރު މިއީ ދިވެހިން ބޭނުން ކުރާނެ ބަސްތަކެއް ނޫން ކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.