މާފަންނުގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ރޭ ފަތިހު މަރުވެފައި އޮއްވައި ފެނުނު ޒުވާނެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
03 ޖޫން 2019
މާފަންނުގެ ގެސްޓް ހައުސްއެއްގެ ތެރޭގައި ރޭ ފަތިހު މަރުވެފައި އޮއްވައި ފެނުނު ޒުވާނެއްގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އެނގިފައިވާ ގޮތުގައި، މަރުވެފައި އޮއްވައި ފެނުނީ މ. އޮޅުގިރި މުހައްމަދު ތޮލާލެވެ. އޭނާގެ ޖަނާޒާ އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގަ އެވެ.
ފުލުހުން ބުނީ ރޭ 4:30 ހާއިރު މ. ވިކްޓަރީ ހައުސް ގެސްޓް ހައުސް އިން އުމުރުން 24 އަހަރުގެ ފިރިހެނަކު ހާލު ދެރަވެގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ. އެކަމަކު، އޭނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެ މަރުގައި ޝައްކު ކުރެވޭ ކަންކަން ހުރުމުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އެކަމަކު ޝައްކު ވަނީ ކީއްވެގެން ކަމެއް، އޭނާގެ ނަމެއް އަދި އޭނާގެ ވަނަވަރެއް ވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.
މަނާ ބޭސްތައް ނެރުން: ހޮސްޕިޓަލުގެ އުސޫލަށް ފާޑުކިޔަނީ
ނަރުހަކު މަރާލި ކަމަށް ޝައްކުވެގެން ތަހުގީގު ފަށައިފި
މާޅޮހު މަރުގެ މައްސަލަ ޕީޖީއަށް ފޮނުވަން ތައްޔާރުވަނީ
ދަރިފުޅު ހަމަލާދިނުމުން ޒަހަމްވި ބައްޕަ ފަރުވާއަށް މާލެ
އަބްދުއްރަހުމާނަށް ހަމަލާދިންކަން ނޭނގެނީސް ކޯލެއް!
އަބްދުއްރަހުމާންގެ މަރު: ތިން މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ ބަންދުގައި ހުރި މީހަކު މަރުވެއްޖެ
އަބްދުއްރަހުމާންގެ މަރަށް އެއް މަސް، ކުރިއެރުންތަކެއް
އަބްދުއްރަހުމާންގެ މަރު: އޮޓޮޕްސީ ހަދަން އިންޑިއާއަށް
ހޮސްޕިޓަލަށް ގެންދިޔަ މީހަކު މަރުވި މައްސަލައެއް ބަލަނީ