Roadha Mihaaru
މަޖިލިހުގެ 16 ކޮމިޓީގެ މުގައްރިރުކަން އެމްޑީޕީ އަށް

އެއް ކޮމިޓީ ފިޔަވައި ހުރިހާ ކޮމިޓީއެއްގެ މުގައްރިރުކަން އެމްޑީޕީ އަށް

12 ޖޫން 2019

އާ ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީ ފިޔަވައި 16 ކޮމިޓީއެއްގެ މުގައްރިރުކަން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުންނަށް އިއްޔެ ދީފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އާ ރައްޔިތުންގެ މަޖިލިހުގެ އާންމު ކޮމިޓީ ފިޔަވައި 16 ކޮމިޓީއެއްގެ މުގައްރިރުކަން ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ މެމްބަރުންނަށް އިއްޔެ ދީފި އެވެ.

މަޖިލިހުގައި ހިމެނޭ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) ހިމެނޭ ގޮތަށް 17 ކޮމިޓީއެއް އުފެއްދިއިރު، ހުރިހާ ކޮމިޓީއެއްގެ އަޣުލަބިއްޔަތު ވެސް ލިބެނީ އެމްޑީޕީ އަށެވެ. އެގޮތުން އެ ޕާޓީ އަށް މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން 132 ޖާގަ ލިބެ އެވެ. ކޮމިޓީތަކުގެ ސްލޮޓްތަކުގެ އަދަދަކީ 176 އެވެ.

މަޖިލިހުގައި ހިމެނޭ ބޮޑެތި ކޮމިޓީތަކުގެ ތެރެއިން މާލިއްޔަތު ކޮމިޓީގެ މުގައްރިރަކީ ކިނބިދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޝިޒެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކަށް ހަމަޖެއްސީ ތިމަރަފުށީ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒެވެ.

އިގްތިސާދީ ކޮމިޓީގެ މުގައްރިރަކަށް ކަނޑައެޅީ އަލިފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިނެވެ. ނައިބު މުގައްރިރަކީ މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުގައްރިރަކީ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމެވެ. ނައިބު މުގައްރިރަކީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ މުގައްރިރަކަށް ހަމަޖެއްސީ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ފަލާހެވެ. ނައިބު މުގައްރިރަކީ ކާށިދޫ ދާއިރާގެ އަމިއްލަ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރެވެ.

ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރަކީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފެވެ. ނައިބު މުގައްރިރަކަށް ހަމަޖެއްސީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ އެވެ. ޖުޑިޝަރީ ކޮމިޓީގެ މުގައްރިރަކަށް ހަމަޖެއްސީ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ. ނައިބު މުގައްރިރަކީ ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މޫސާ ސިރާޖެވެ.

ސްޓޭޓް އޯން އެންޓަޕްރައިސަސް ކޮމިޓީގެ މުގައްރިރަކީ ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބެވެ. ކޮމިޓީގެ ނައިބު މުގައްރިރަކަށް ކަނޑައެޅީ ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ އެވެ. އަދި 241 ކޮމިޓީގެ މުގައްރިރަކަށް ހަމަޖެއްސީ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމެވެ. ނައިބު މުގައްރިރަކީ ފަރެސްމާތޮޑާ ދާއިރާގެ އަމިއްލަ މެމްބަރު ހުސެއިން މުހައްމަދު ލަތީފެވެ.

މަޖިލިހުގައި ހިމެނޭ އެހެން ކޮމިޓީތަކުގެ މުގައްރިރުން:

1- ހިއުމަން ރައިޓްސް އެންޑް ޖެންޑަ ކޮމިޓީ.

މުގައްރިރަކީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދު. ނައިބު މުގައްރިރަކީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓޭ).

2- ގަވައިދު ކޮމިޓީ

މުގައްރިރަކީ ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު. ނައިބު މުގައްރިރަކީ މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރު.

3- އާންމު ކޮމިޓީ

މުގައްރިރަކީ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް. ނައިބު މުގައްރިރަކީ ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ޝިޔާން.

4- އިޖުތިމާއީ ކޮމިޓީ

މުގައްރިރަކީ ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސާ. ނައިބު މުގައްރިރަކީ މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސެއިން ފިރުޝާން

5- ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ

މުގައްރިރަކީ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ. ނައިބު މުގައްރިރަކީ ކެލާ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް.

6- ލާމަރުކަޒީ ކޮމިޓީ

މުގައްރިރަކީ ހުޅުމާލެ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ނިޔާޒް. ނައިބު މުގައްރިރަކީ އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު.

7- އިމްތިޔާޒް އަދި ސުލޫކު ކޮމިޓީ

މުގައްރިރަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔާސިރު އަބްދުއްލަތީފް. ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމް.

8- ޕެޓިޝަން ކޮމިޓީ

މުގައްރިރަކީ މުލަކު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ނަސީރު. ނައިބު މުގައްރިރަކީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުގުނީ.

9- އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ

މުގައްރިރަކީ ހޯރަފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމް. ނައިބު މުގައްރިރަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމް.