14 ޖޫން 2019
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ ނިލަންދޫ ސްޕޯޓްސް ކްލަބަށް ޝަރުތުތަކާ އެކު ކޮންޑިޝަނަލް ލޯކަލް ލައިސެންސަކާ އެކު ލީގުގައި ވާދަކުރުމުގެ ފުރުސަތު އެފްއޭއެމުން ދީފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ ނިލަންދޫ ސްޕޯޓްސް ކްލަބަށް ޝަރުތުތަކާ އެކު ކޮންޑިޝަނަލް ލޯކަލް ލައިސެންސަކާ އެކު ލީގުގައި ވާދަކުރުމުގެ ފުރުސަތު އެފްއޭއެމުން ދީފި އެވެ.
ލީގުގައި ކުޅޭ ނުވަ ޓީމުގެ ތެރެއިން އަށް ޓީމަށް އެފްއޭއެމްގެ ލޯކަލް ލައިސަންސް ލިބިފައިވާއިރު، ނިލަންދޫ އަށް ފަހު ފުރުސަތެއްގެ ގޮތުން ލޯކަލް ލައިސަންސަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރަން ދީފައިވާ މުއްދަތު އޮތީ ރޭ 12 އާ ހަމައަށް އިތުރުކޮށްދީފަ އެވެ. އެ މުއްދަތުގައި ނިލަންދޫން ވަނީ ލިޔެކިއުމެއް ހަމަކޮށް އެ އޭއެފްސީގެ ކްލަބް ލައިސަންސިން ސިސްޓަމް (ކްލާސް) އަށް އަޕްލޯޑްކޮށްފަ އެވެ.
އެފްއޭއެމުން މިއަދު މެންދުރު ފަހު ބޭއްވި ބައްދަލުވުމަށް ފަހު ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުށަހަޅާފައިވާ ޑޮކިއުމެންޓްސްތައް ކްލަބް ލައިސަންސިން ކޮމިޓީން ބެލުމަށް ފަހު ނިލަންދޫ އަށް ކޮންޑިޝަނަލް ލޯކަލް ލައިސަންސް އެއް ދޭން ނިންމާފައިވާ ކަމަށެވެ. އެއީ މި މަހު 25 ގެ ކުރިން ވަކި ކަންތައްތަކެއް ފުރިހަމަކުރުމަށް އެންގުމަށް ފަހު ކަމަށެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "މިހާރަ"ށް ވިދާޅުވީ ނިލަންދޫ އަށް ފުރުސަތު ދިނީ ވަކި ކަންތައްތަކެއް ފުރިހަމަކުރަން އެނގުމަށް ފަހު ކަމަށާއި އެ މުއްދަތުގެ ތެރޭގައި ކުރެވޭނެ ކަމުގެ ޔަގީންކަން އެ ޓީމުން ދިނުމުން ކަމަށެވެ.
"ނިލަންދޫ އަށް ޝަރުތުތަކާ އެކު ލައިސަންސް ދިނީ ފުރިހަމަކުރަން ހުރީ ކުރެވޭނެ ވަރުގެ ކަންތައްތައް. މިސާލަކަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކަށް ގެންނަން ޖެހޭ ބަދަލުތައް. އެއީ އޯޑިޓް ކުރުމުގެ ކަންތައްތަކާއި އެކެޑަމީ ޕްލޭންއާ މި ހުރިހާ ކަންތައްތަކެއް ޖެހޭ ކަނޑައެޅޭ ކްރައިޓީރިއާ ތެރެއަށް ފެތެން. މި ކަހަލަ ކަންތައްތަކެއް ހުރީ ފުރިހަމަކުރަން،" ޖަވާ ވިދާޅުވި އެވެ.
ދީފައިވާ މުހުލަތުގެ ތެރޭގައި ނިލަންދޫ އިން އެ ކަންތައްތައް ފުރިހަމަ ނުކޮށްފިނަމަ ދެން އަމަލުކުރާނީ ކިހިނެއްތޯ އެހުމުން ޖަވާ ވިދާޅުވީ އެ ކަންތައްތައް އޮންނަ އުސޫލުގެ ތެރެއިން ޑިސިޕްލިން ކޮމިޓީގެ ތެރެއިން ކުރިއަށްދާނެ ކަމަށެވެ. އަދި އެފްއޭއެމުން ދޭ އެކި އިނާޔަތްތައް ނިލަންދޫ އަށް ނުލިބޭނެ ކަމަށާއި ގަވައިދު ބުނާގޮތުން ކޮންޑިޝަނަލް ލައިސެންސަކާ އެކު ލީގުގައި ވާދަކުރުމުގެ ފުރުސަތު ދެވޭގޮތަށް އޮންނަ ކަމަށް ޖަވާ ވިދާޅުވި އެވެ.
މި ފަހަރުގެ ސީޒަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ނިލަންދޫގެ ކޯޗަކަށް ހަމަޖައްސާފައިވަނީ ކްލަބް ވެލެންސިއާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކޯޗު އަހުމަދު މުޖުތަބާ (ފެސްކޯ) އެވެ.
މިދިޔަ އަހަރު ލީގުގައި ނިލަންދޫ ވާދަކުރީ ޖަމިއްޔަތުން ޝަބާބު ނިލަންދޫގެ ނަމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް އިން ދީފައިވާ ވަގުތީ ހުއްދައަކާ އެކު އެވެ. އެކަމަކު އަލުން މި ފަހަރުގެ ޕްރިމިއާ ލީގުގައި ކުޅެން ނިލަންދޫ އިން އާ ކްލަބެއް ރަޖިސްޓްރީކޮށް ހުރިހާ ކަމެއް ފުރިހަމަކުރިއިރު، ގިނަ ހުރަސްތަކެއް ދިމާވި އެވެ.
ރާއްޖޭގެ އެއްވެސް ކްލަބަކަށް މިދިޔަ އަހަރު އޭއެފްސީގެ ކްލަބް ލައިސަންސް ކަންތައްތައް ފުރިހަމަ ނުކުރެވުމުން މި ފަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ ޓީމެއް ނުކުޅެ އެވެ. ރާއްޖޭގެ ކްލަބްތަކަށް ލައިސަންސް ނުލިބުމުގައި އެފްއޭއެމާއި ކްލަބްތަކުގެ އިހުމާލު ވެސް އޮތެވެ. ކްލަބް ލައިސަންސިން ކަންތައްތައް ރަނގަޅު ކުރުމުގެ ގޮތުން އެފްއޭއެމުން ކްލަބް ލައިސަންސިން މެނޭޖަރަކަށް ހަމަޖައްސާފައިވަނީ ކުރިން ވެލެންސިއާގެ މެނޭޖަރަކަށް މަސައްކަތްކުރި އަބްދުﷲ ޝިބާއު (ޝިބާ) އެވެ.
އޭއެފްސީން ކަނޑައަޅާފައިވާ މިންގަނޑަށް ރާއްޖޭގެ ކްލަބްތައް ފެއްތުމުގެ ގޮތުން ލޯކަލް ކްލަބް ލައިސަންސިން ސިސްޓަމެއް އުފައްދައި އެފްއޭއެމުން މި އަހަރު ފެށުނީއްސުރެން އަންނަނީ ކްލަބްތަކަށް ލައިސަންސް ހޯދައިދޭން ކުރަން ޖެހޭ ކަންތައްތައް ފަހިކޮށްދެމުންނެވެ. އެފްއޭއެމްގެ ހިންގާ ކޮމިޓީން ނިންމާފައިވަނީ ރާއްޖޭގެ ޕްރިމިއާ ލީގުގައި ކުޅެވޭނީ އޭއެފްސީ ކްލަބް ލައިސަންސް ލިބޭނެ ފެންވަރުގެ ޓީމުތައް ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ލޯކަލް ލައިސަންސަކީ ވެސް އޭއެފްސީ ލެވެލްގެ ލައިސަންސަކަށް ވަނީ ހަމަޖައްސަައިފަ އެވެ.
ލައިސަންސް ލިބިގެން މި ފަހަރުގެ ޕްރިމިއާ ލީގުގެ ޖާގަ މިހާތަނަށް ޔަގީންކޮށްފައިވާ އަށް ކްލަބަކީ ޓީސީ ސްޕޯޓްސް ކްލަބް، މާޒިޔާ، ގްރީން ސްޓްރީޓްސް، ވިކްޓަރީ، ޔުނައިޓެޑް ވިކްޓަރީ، ދަ ގްރާންޑޭ، އީގަލްސް އަދި ފޯކައިދޫ އެވެ. މީގެ ތެރެއިން ވިކްޓަރީ އަށް ލައިސަންސް ލިބިފައިވަނީ މިދިޔަ އަހަރު އެ ޓީމަށް ކުޅުނު ކުޅުންތެރިންގެ މުސާރަ ކަންތައްތައް ނިންމުމަށް ފަހު އެވެ.
ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ނިއު ރޭޑިއަންޓް މި ފަހަރުގެ ސީޒަނުގައި ނުފެންނާނެ އެވެ. ކުޅުންތެރިންނަށް މުސާރަނުދޭ މައްސަލައިގައި އެފްއޭއެމުން ވަނީ ނިއު ސަސްޕެންޑްކޮށްފަ އެވެ. އަދި އެ ސަސްޕެންޝަން ދަމަހައްޓަން މިދިޔަ މާޗް މަހު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގައި ކްލަބްތަކުން ވަނީ ނިންމައިފަ އެވެ.
ލީގުގެ ފުރަތަމަ މެޗުގައި ދަ ގްރާންޑޭ އާއި ނިލަންދޫ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.
ލައިސަންސް ހޯދަން ނިލަންދޫ އަށް ފަހު ފުރުސަތުދީފި
ސަސް ފުރަަތަމަ ޑިވިޝަނުގައި، ފަހަތުގައި އެކުވެރިކަން
ދިވެހި ލީގު: ތިން ވަނަ ބުރުގައި އަށް ޓީމު ކުޅޭނެ
އޮޕަރޭޝަނަށް ފަހު ފަސް ކުޅުންތެރިއަކު އަލުން ދަނޑަށް
ޓީސީގެ ޓާގެޓް ތަށްޓަށް: ޝާޒްލީ
ޝާފީ އާއި ބެންޖޯ ސަސް އަށް
ގްރީންގައި ނިސްތާރު ރަނގަޅު ޕްލޭނަކާ އެކު
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުން ޑިސެމްބަރު 8 ގައި
އާ ސީޒަން: އީގަލްސް އަށް މާލީ ދަތިކަން
ފުޓްބޯޅަ ޕްރެކްޓިސް ވަރަށް އަވަހަށް ފެށިދާނެ