17 ޖޫން 2019
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) މަގާމުތަކަށް މެމްބަރުން ހޮވުން އަންނަ މަހުގެ ކުރީކޮޅު ބާއްވާ ގޮތަށް އެ ޕާޓީން މިއަދު ނިންމައިފި އެވެ.
ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕް (ޕީޖީ) މަގާމުތަކަށް މެމްބަރުން ހޮވުން އަންނަ މަހުގެ ކުރީކޮޅު ބާއްވާ ގޮތަށް އެ ޕާޓީން މިއަދު ނިންމައިފި އެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ، އެ ޕާޓީގެ ޕީޖީ ގުރޫޕުގެ އިންތިހާބު އަންނަ މަހުގެ ދެ ވަނަ ދުވަހު އޮންނާނެ ކަމަށެވެ. އަދި ޕީޖީގެ އެކި މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް އިއުލާންގައިވެ އެވެ.
އެމްޑީޕީގެ ޕީޖީގައި ހިމެނޭ މަގާމުތަކަކީ ލީޑަރާއި ދެ ޑެޕިއުޑީ ލީޑަރުންނާއި އަމީން އާންމާއި އަމީން އާންމުގެ ނާއިބުގެ އިތުރުން ޗީފް ވިޕް އަދި ހަ ވިޕުންނެވެ.
މިދިޔަ އޭޕްރީލް މަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އެމްޑީޕީން ވަނީ 65 ގޮނޑި ކާމިޔާބުކޮށްފަ އެވެ. އެއާ އެކު، މަޖިލީހުގެ ރައީސްގެ މަގާމާއި ނައިބް ރައީސްގެ މަގާމު ވެސް ފުރުއްވަނީ އެމްޑީޕީގެ ދެ މެންބަރުންނެވެ. އެގޮތުން މަޖިލިހުގެ ރައީސް ކަމުގައި ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި މަޖިލިހުގެ ނައިބު ރައީސަކީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އެވެ.
ރައްޔިތުންގެ މަޖިލިހުން މިހާރު ވަނީ ޕާޓީތަކުގެ ޕާލަމަންޓްރީ ގްރޫޕް ލީޑަރުންނާއި ވިޕުންގެ މައުލޫމާތު ހިއްސާ ކުރުމަށް އަންގައިފަ އެވެ.
އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ އާ ލީޑަރަކީ އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) އެވެ. ޖުމްހޫރީ ޕާޓީގެ ޕީޖީ ލީޑަރަކީ މާމިގިލި ދާއިރާގެ މެންބަރު އަދި ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް އެވެ. އިދިކޮޅު ޕީއެންސީގެ ޕީޖީ ލީޑަރަކީ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރެވެ.
ޝިފްލާ ކަޓުވާލައި އެމްޑީޕީން ބޭނުމީ އަލީ ޔޫސުފް ނަގަން
"ސޭޓު" ކިޔާތީ ގާސިމް ނުރުހުން ފާޅުކުރައްވައިފި
މެމްބަރުން ނެގުމުގައި ޖަޒުބާތު ވެގެން ނުވާނެ: ނަޝީދު
މުއައްސަސާތަކަށް މެމްބަރުން ނަގަން ކޮމިޓީއެއް ހަދަނީ!
ނަޝީދު ވާނީ އެންމެ ބާރުގަދަ މަޖިލިހުގެ ރައީސަކަށް!
އެމްޑީޕީގެ 40 އަށް ވުރެ ގިނަ ވޯޓު ލިބޭނެ: އަފީފް
ރައީސްކަމަށް ވާދަވެރިކަން ބޮޑުވެ އަފީފަށް ފާޑުކިޔަނީ
ދައުރުވާ މެސެޖްގައި އޮތީ ހަގީގަތެއް ނޫން: އަސްލަމް
ރައީސްގެ ތާއީދާއި އިތުބާރު އަދިވެސް އެބައޮތް: އަސްލަމް
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބޮޑު ނިންމުން ދުވަހު