އެންމެންނާ މެދު ވެސް އިންސާފުން އަމަލު ކުރުމަކީ ބޭނުންވާ ގޮތް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ތާއީދު ކުރައްވައިފި އެވެ.
17 ޖޫން 2019
އެންމެންނާ މެދު ވެސް އިންސާފުން އަމަލު ކުރުމަކީ ބޭނުންވާ ގޮތް ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ތާއީދު ކުރައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީީޑީ) ވަނީ ސަސްޕެންޑު ކޮށްފަ އެވެ. އެކަމަކު، އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ ގައި ރޭ ބޭއްވި ބައްދަލުވުމުގައި މެމްބަރު އަލީ ހުސައިން ވަނީ ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރުމުގެ ކުރިން ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ފަނޑިޔާރު ޑީޑީގެ ބަހެއް ޖޭއެސްސީން ހޯދާފައި ނެތް މައްސަލާގައި ޖޭއެސްސީއާ ސުވާލު ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ފަނޑިޔާރަކާ މެދު ފިޔަވަޅު އެޅިޔަސް އިންސާފުން އަމަލު ކުރަން ޖެހޭނެ ކަމަށް ގާނޫނީ ވަކީލް އަލީ ވިދާޅުވި އެވެ.
އެކަމާ ގުޅިގެން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ އެއްވެސް ސަބަބެއް ނެތި އޭނާ އާއި އަލީގެ އިތުރުން ގިނަ ވަކީލުންތަކެއް ސުޕްރީމް ކޯޓުން ސަސްޕެންޑް ކުރި ކަމަށާއި އެކަމަކު މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ކުރިން ވަކީލުންނާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅުންގެ ދިފާއުގައި މަސައްކަތް ކުރެއްވީ ވެސް އެ ވަކީލުން ކަމަށް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް އެ އިޝާރާތް ކުރެއްވީ ގިނަ ވަކީލުންތަކެއް ސަސްޕެންޑު ކުރަމުން ދިޔައިރު، އުއްތަމަ ފަނޑިޔާރަކަށް އޭރު ހުންނެވި އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށެވެ.
ޝަމީމްގެ ޓްވީޓްގައިވަނީ އެ ބޭފުޅުން އަބަދުވެސް ބޭނުންވީ އެންމެންނާ މެދު ވެސް އިންސާފުން އަމަލު ކުރުމަށް ކަމަށެވެ.
ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރި މައްސަލާގައި ސުޕްރީމް ކޯޓުން އަމުރެއް ނެރުނަސް ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކުރަން ނިންމައިފަ އެވެ. އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ވަނީ އެ ކޯޓުގެ ކުރީގެ އަމުރާ ޚިލާފަށް ޖޭއެސްސީން ކުރާ ހުރިހާ ކަމެއް ބާތިލްވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ސޫމޯޓޯ ބާރު ބަދަލުކުރަން ޖެހޭ: އަލީ
އަލީ ހުސައިނާއި ޝަމީމްގެ ބަޔާނެއް ކޯޓުން ނަގައިފި
ސުޕްރީމް ކޯޓަށް އާޒިމާ ގެންނަން އުޅޭ ކަމުގެ އަޑު!
އަޒްމިރާލްދާ އާއި މަހާޒު ޖޭއެސްސީ އަށް ހާޒިރު ކުރަނީ
މައްސަލަ ބަލާ ކޮމިޓީން އުޝާމް އިސްތިއުފާ ދެއްވައިފި
އޭޖީއަށް ފިޔަވަޅު އަޅަން ސުޕްރީމް ކޯޓުގައި އެދެފި
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވައިފި
ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރާ ބިލް ބަލައިގެންފި
ފަނޑިޔާރުން ތިބީ ސިޔާސީ އޮއިވަރުގައި ޖެހިފައި: ނާޒިމް
"ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް"