ރ. އުނގޫފާރުން ޖޯލި މޯލްޑިވްސް ރިސޯޓަށް ފުރި ލޯންޗެއް އުނގޫފާޜުގެ ނެރު ކައިރި އަށް މިއަދު ބަންޑުން ޖަހާލައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
18 ޖޫން 2019
ރ. އުނގޫފާރުން ޖޯލި މޯލްޑިވްސް ރިސޯޓަށް ފުރި ލޯންޗެއް އުނގޫފާޜުގެ ނެރު ކައިރި އަށް މިއަދު ބަންޑުން ޖަހާލައި ބައެއް މީހުންނަށް އަނިޔާވެއްޖެ އެވެ.
އުނގޫފާރު ކައުންސިލް މެމްބަރު ހުސައިން އާސިފް "މިހާރު" އަށް ވިދާޅުވީ އެ ހާދިސާގައި ތިން ފިރިހެނަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށެވެ. އެ ރަށު ހޮސްޕިޓަލުގައި އެ މީހުންނަށް ފަރުވާ ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފުލުހުން ބުނީ އެ މީހުންގެ ހާލު ބަލާފައިވާ ކަމަށާއި ބޮޑު އަނިޔާއެއް ވެފައި ނެތް ކަމަށެވެ.
މި ހާދިސާގައި އަނިޔާވީ "ކެރީ މީ" ނަމަކަށް ކިޔާ އެ ލޯންޗުގެ ދިވެހި ކައްޕި އާއި އޭގައި ދަތުރުކުރި ބިދޭސީ ދެ މީހަކަށް ކަމަށް އާސިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ލޯންޗު ބަންޑުން ޖަހާލީ އުނގޫފާރުގެ ފަޅުތެރެއިން ނުކުތްތަނާ އިންޖީނު ހުއްޓި، ރަށުގެ ނެރުމައްޗަށް އެރުމުންނެވެ.
ލޯންޗު ފުންކުރުމުގެ މަސައްކަތް އުނގޫފާރުގެ ރައްޔިތުން މިހާރު ކުރަމުން އަންނަ ކަމަށް އާސިފް ވިދާޅުވި އެވެ. އަދި ލޯންޗު ބަންޑުން ޖަހާލި ވަގުތު އެ ރަށު ނެރުތެރެއަށް ވަން އެހެން އުޅަނދެއް އެ މީހުންނަށް އެހީތެރިވި ކަން އޭނާ ފާހަގަކުރެއްވި އެވެ.
އުނގޫފާރުގެ ނެރު ކައިރީގައި މީގެ ކުރިން ވެސް ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގާފައިވާ ކަމަށް އާސިފް ވިދާޅުވި އެވެ. އަދި އެ މައްސަލަ ރައީސް އިބްރާހިމް މުހައްމަދުގެ ސޯލިހުގެ ސަމާލުކަމަށް އެ ރަށު ކައުންސިލުން ގެނެސްފައި ވާ ކަމަށާއި، ސަރުކާރުގެ ފުރަތަމަ 100 ދުވަހު ތެރޭގައި އެ ކަމަށް ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ވައުދުވެވަޑައިގަތް ކަމަށް އާސިފް ވިދާޅުި އެވެ.
ރ.އަތޮޅު ކައުންސިލަށް "ސިހުރު ހެދި" ބަޔަކު ހައްޔަރު
ކަނޑަށް ބަންޑުން ޖަހާލި ދިގުރަށް ލޯންޗު ނަގައިފި
ލޯންޗަށް ޖެހީ ރާޅެއް، ދިޔަވާތީ އެންމެން ފުންމާލީ!
15 މީހުންނާއެކު ދަތުރުކުރި ލޯންޗެއް ބަންޑުންޖަހާލައިފި
މީހަކު މަރުވުމުން ލޯންޗް ކައްޕިންނަށް ދައުވާކުރަނީ
ޓޫރިސްޓެއްގެ ގައިގައި ލޯންޗަކުން ޖެހި މަރުވެއްޖެ
ސަފާރީއަކުން ކަނޑަށް ވެއްޓުނު ދިވެއްސަކު ހޯދަނީ
އުޅަނދެއްގައި ޖެހި އަނިޔާވި މީހާ މަރުވެއްޖެ
ދެ ލޯންޗު ޖެހި އެކްސިޑެންޓެއް، ދެ މީހަކަށް ފަރުވާދެނީ
ލޯންޗް އެކްސިޑެންޓުގައި 12 މީހަކަށް އަނިޔާވި: ޕޮލިސް