26 ޖޫން 2019
ފިލައިގެން އަށް އަހަރު އުޅެފައި ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ އަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔަ ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވީ ގޮންޖެހުންތަކެއް ކުރިމަތިވުމުން ކަމަށް ބުނެ އެންމެ ފަހުން ފޮރިން މިނިސްޓްރީން އެ މައްސަލައިގައި މިއަދު ބަޔާނެއް ނެރެފި އެވެ.
ފިލައިގެން އަށް އަހަރު އުޅެފައި ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ އަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔަ ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވީ ގޮންޖެހުންތަކެއް ކުރިމަތިވުމުން ކަމަށް ބުނެ އެންމެ ފަހުން ފޮރިން މިނިސްޓްރީން އެ މައްސަލައިގައި މިއަދު ބަޔާނެއް ނެރެފި އެވެ.
ކުށެއް ނެތް އެތައް ދިވެއްސެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގެ މޭސްތިރި، ލުތުފީ އެމްބަސީ އަށް ދިޔައީ މިދިޔަ މަހުގެ 1 ގަ އެވެ. އިތުރު ގޮތެއް ނެތިގެން އޭނާ އެމްބަސީ އަށް ދިޔަކަން ކަމާ ބެހޭ ފަރާތްތަކުން ހާމަނުކޮށް ތިއްބައި ފަޅާއެރުމުން ވެސް ފޮރިން މިނިސްޓްރީން މިއަދާ ހަމައަށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
އެމްބަސީގެ ބެލުމުގެ ދަށުގައި ލުތުފީ ހުރިކަން ސިއްރުކުރި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ލުތުފީ ސަރުކާރުގެ ބެލުމުގެ ދަށަށް އެނބުރި ދާން ބޭނުންވާ ވާހަކަ ފޮރިން މިނިސްޓްރީ އަށް އެންގުމާ އެކު ކަމާ ބެހޭ އިދާރާތަކަށް އެކަން ހިއްސާކުރި ކަމަށެވެ. އަދި އެ ވަގުތުން ފެށިގެން އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ މިނިސްޓްރީން ބުނި ގޮތުގައި ލުތުފީ އެމްބަސީ އަށް ދިއުމާ އެކު ވަގުތުން ރާއްޖެ ގެންނަން ދަތިތަކެއް ކުރިމަތިވީ އޭނާ އަކީ އިންޓަޕޯލް އިން ހޯދަން އިއުލާންކޮށްފައިވާ މީހަކަށް ވުމާއި ބައިނަލްއަގުވާމީ ގޮތުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތުތަކެއް ހުރުމުންނެވެ.
"އަދި ސްރީ ލަންކާގައި އޭނާ ދިރިއުޅެމުން ދިޔައީ ސައްހަ ވިސާއަކާ ނުލައި ފިލައިގެން ކަމުން، އިންސާނީ ހައްގުތަކުގެ މައްޗަށް ބިނާކޮށް އެ ގައުމުގެ ހިމާޔަތް ހޯދުމަށް މަސައްކަތްކޮށްފައި ވުމުން ލަންކާގެ ގާނޫނުތަކުގެ ދަށުން ފުރިހަމަކުރަން ޖެހޭ މަރުހަލާތަކެއް ހުއްޓެވެ،" ބަޔާނުގައިވެ އެވެ.
އަބްދުﷲ ލުތުފީ: ދެ ދުވަސް ތެރޭގައި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނޭ.
ރާއްޖެ އާއި ލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ކުރީގެ ސަރުކާރުގައި ކޮމަންވެލްތުން ރާއްޖެ ވަކިވެފައިވާތީ އެ އެއްބަސްވުމުގެ ސައްހަކަމާ މެދު ވެސް އޮތީ ސުވާލު އުފެދިފަ އެވެ. މީގެ އިތުރުން އޭނާ ހަވާލުވީ ސްރީ ލަންކާގެ އެކި ތަންތަނުގައި ބޮމުގެ ހަމަލާތަކެއް ދީ އެ ގައުމުގެ ހާލަތު ގޯސްވެފައި އޮތް ދަނޑިވަޅަކަށް ވާތީ ވެސް ދިމާވި ހުރަސްތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
"ވުމާއެކު، އާއްމު ފަރުދަކު އަމިއްލަ އިޚްތިޔާރުގައި އެނބުރި ރާއްޖެ އައުމުގައި އާއްމު ގޮތެއްގައި އަމަލުކުރާ އުސޫލާ ޚިލާފަށް، އަބްދުﷲ ލުތުފީ އަނބުރާ ގެނައުމުގައި ގިނަގުނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވެ އެވެ،" މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.
ފޮރިން މިނިސްޓްރީން ބުނިގޮތުގައި ރާއްޖެ ގެނެވެންދެން ލުތުފީ ބަލަހައްޓަމުން އަންނަނީ ފުލުހުންނެވެ. އެކަމަށް ފުލުހުންގެ ޓީމެއް ލަންކާގައި ތިބި ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ.
ބައިނަލްއަގުވާމީ އިޖުރާއަތުތައް ފުރިހަމަކޮށް، ސްރީ ލަންކާ އާއި ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން ވީ އެންމެ އަވަހަކަށް އޭނާ އަނބުރާ ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމުގެ މަސައްކަތް ކެނޑިނޭޅި ކުރަމުންދާ ކަމުގެ ޔަގީން ކަން ބަޔާނުގައި ފޮރިން މިނިސްޓްރީން ވަނީ ދީފަ އެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އިއްޔެ ވިދާޅުވި ގޮތުގައި، ދެ ދުވަހެއްގެ ތެރޭގައި ލުތުފީ ރާއްޖެ ގެނެވޭތޯ އަންނަނީ މަސައްކަތް ކުރަމުންނެވެ. ހުކުމް ތަންފީޒުކުރަން އޭނާ ހަވާލުކުރާނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ކަމަށާއި އޭނާ ފިލި މައްސަލަ ވަކިން ތަހުގީގު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބާޣީ ލުތުފީގެ ގޮތުގައި ރާއްޖެ އަށް މަޝްހޫރުވެފައިވާ ކުށްވެރިޔާ އަމާންދޭން މަޖުބޫރުވީ ލަންކާގެ ހަމަނުޖެހުމާ ގުޅިގެން ސިފައިން ގެތަކަށް ވަދެ ހިންގި އޮޕަރޭޝަނުގައި އޭނާ އަތުލައިގެންފާނެ ކަމުގެ ބިރެވެ. ލަންކާގައި ދިރިއުޅޭ ބިދޭސީން އެންމެ ކައިރި ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓްރީން ވާން ވެސް އެންގި އެވެ. އެހެންވެ އޭނާ ސަލާމަތްކަން ހޯދީ އެމްބަސީ ތެރެއަށް ވަދެގެންނެވެ.
ސްރީ ލަންކާއިން ވަކިވެ، ވަކި ދައުލަތެއް އުފައްދަން ހަނގުރާމަކުރި ލަންކާގެ ތަމަޅަ ގްރޫޕްތަކުގެ ތެރެއިން ޕްލޮޓް ޖަމާއަތުގެ ޓެރަރިސްޓުންނާ ގުޅިގެން ލުތުފީ އިސްކޮށް ހުރެ، ނޮވެމްބަރު، 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 ދިވެއްސަކު މަރުވި އެވެ. އޭގެ ތެރޭގައި އާންމުންގެ 11 މީހުންނާއި އަށް ސިފައިން ހިމެނެ އެވެ.
އޭނާގެ މައްޗަށް މަރުގެ ހުކުމް އިއްވި ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުކުރައްވައިފަ އެވެ. ރާއްޖޭގެ ގާނޫނު އޮތް ގޮތުން އުމުރު ދުވަސް ކަމަށް ބަލަމުން އައީ 25 އަހަރެވެ. ލުތުފީ ނުފިލައި ހުރި ނަމަ އޭނާގެ ޖަލުގެ ހުކުމް 2014 ގައި ހަމަވީހެވެ.
ނޮވެމްބަރު 3 ގެ ހަމަލާގައި ލުތުފީއާ އެކު ޓެރަރިސްޓުން ގޮވައިގެން މާލެ އެރި މަޝްހޫރު އަނެއް ބާގީ ސަގަރު އަހުމަދު ނާސިރު ވަނީ 25 އަހަރު ހަމަކޮށް މިނިވަންވެފަ އެވެ.
ލުތުފީ ގެންނަން ކުރާ މަސައްކަތް ކިޔައިދޭންޖެހޭ: ހަސަން
ލުތުފީ ފޮރުވި މައްސަލައިގައި މާފަށް އެދެންޖެހޭ:ޕީއެންސީ
ލުތުފީގެ މައްސަލަ، ސަރުކާރުން ސިއްރުކުރީ ކީއްވެ؟
ލުތުފީ އަށް ފާރަލި ކޮންމެ ފަހަރަކު ފިލީ: އުމަރު
"ލުތުފީ އެމްބަސީއަށް ދިޔައީ ބޮން ގޮއްވުމުގެ ކުރިން"
ލުތުފީ މައްސަލާގައި ކުރީ ދެ ސަރުކާރުން އަޅާނުލި:ޕޮލިސް
ލުތުފީގެ މައްސަލަ މިދަނީ ކިހިނެއް؟
ލުތުފީ ނުގެންނަން ދައްކަނީ ބަހަނާ: އުމަރު
ލުތުފީ ފެނުނީ އާންމުން ހީކުރި ގޮތަކަށް ނޫން!
ލުތުފީ، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި