އައްޑޫ ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
26 ޖޫން 2019
އައްޑޫ ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމުން ބޮޑު ކާމިޔާބީއެއް ހޯދައިފި އެވެ.
އެ ސްކޫލުގެ 12 އަހަރުން ދަށުގެ ނެޓްބޯޅަ ޓީމާއި 14 އަހަރުން ދަށުގެ ޓީމު ވަނީ މި އަހަރުގެ އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.
ޕްރިންސިޕަލް ޑރ. އާސިޔަތު މުހައްމަދު ދީދީ މިއަދު ވިދާޅުވީ، އުމުރުން 16 އަހަރުން ދަށުގެ ޓީމު ވެސް ސެމީ ފައިނަލަށް ދަތުރުކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މި މުބާރާތުގެ ތިން އުމުރުފުރާގައި ބައިވެރިވި ޓީމުތައް ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން ހިތަދޫ ސްކޫލްގެ ޓީމުތަކުން މޮޅުވި ކަމަށް އޭނާ ވިދާޅުވި އެވެ.
އިންޓަ ސްކޫލު ނެޓްބޯޅަ މުބާރާތުގައި ހިތަދޫ ސްކޫލުން ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: ހިތަދޫ ސްކޫލު
ދަރިވަރުންނަށް ވަށައި ޖެހޭ ތައުލީމު ފޯރުކޮށްދޭން އެ ސްކޫލުން މަސައްކަތް ކުރަމުން އަންނަ ކަމަށް ޑރ. އާސިޔަތު ވިދާޅުވި އެވެ. އަދި އިތުރު ހަރަކާތްތަކުން ދަރިވަރުންނަށް ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިތަދޫ ސްކޫލުގެ ނެޓްބޯޅަ ޓީމުން އަންނަނީ އެހެން މުބާރާތްތަކުން ވެސް ރަނގަޅު ކާމިޔާބީތައް ހޯދަމުންނެވެ. މިދިޔަ ތިން އަހަރު ވެސް އެ ސްކޫލުން ވަނީ އައްޑޫ އިންޓަ ސްކޫލު ނެޓްބޯޅަ މުބާރާތުން ބޮޑެތި ކާމިިޔާބީތަކެއް ހޯދައިފަ އެވެ. މިިދިޔަ އަހަރުގެ މުބާރާތުގައި ފަސް އުމުރުފުރައެއްގެ ފައިނަލް މެޗުގައި އެ ސްކޫލުގެ ޓީމުތަކުން ބައިވެރިވެ، ތިން އުމުރުފުރައަކުން މުބާރާތް ކާމިޔާބުކޮށްފައިވެ އެވެ.
އިންޓަ ސްކޫލު ނެޓްބޯޅަ މުބާރާތުގައި ހިތަދޫ ސްކޫލުން ބައިވެރިވި ބައެއް ދަރިވަރުން -- ފޮޓޯ: ހިތަދޫ ސްކޫލު
އަތޮޅުން ބޭރުގެ ސްކޫލުތަކާ އެކު ދަރިވަރުން ވާދަ ކުރުމުގެ ފުރުސަތު ހޯދާ ދިނުމަށް މި އަހަރު މަސައްކަތް ކުރި ކަމަށް އާސިޔަތު ވިދާޅުވި އެވެ.
"މިހާތަނަށް ހޯދުނު ކާމިޔާބީއާ ދޭތެރޭ ހިތްހަމަ ޖެހޭ. އުންމީދަކީ ޗެމްޕިއަންޝިޕް ހޯދައި ތަށި އައްޑު އަށް ގެންދިއުން. އިންޝާﷲ،" އޭނާ ވިދާޅުވި އެވެ.
ހިތަދޫ ސްކޫލަށް ސާނަވީ ކަށަވަރު ކޮށްދެއްވި ޕްރިންސިޕަލް
ހިތަދޫ ސްކޫލުން "ޔުނިފޯމް އެކްސްޗޭންޖް" ޕްރޮގްރާމެއް
މެމްބަރުންގެ ކުރީގެ ކޮމްޕިއުޓަރުތައް ހިތަދޫ ސްކޫލަށް
ނަދީމް: މަސައްކަތެއް ނުކުރިއަސް އަގުބޮޑު ކާރުގައި!
އައްޑޫން ހައްޔަރުކުރި ޑްރަގް ބޮޑުންގެ ވަނަވަރު އާންމުކޮށްފި
ގޫގުލް ޕްރޮޖެކްޓަށް ހިތަދޫން ބޮޑު ބިމެއް ކަނޑައަޅައިފި
ގޫގުލް އިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް
ހިތަދޫ މޫލެކެޑެ ނުހިއްކަން އެދި ރައީސަށް ސިޓީއެއް
އަޅުވެތިކަން ނިމި، މިއީ ބޮޑު ކާމިޔާބީއެއް:ހުޅުދޫ/މީދޫ
"އައްޑޫގެ އިދާރީ ހިންގުން ރޫޅުމަކީ ހިތްދަތިކަމެއް"