29 ޖޫން 2019
ކުޑަކުދިންގެ ބަގީޗާގައި އެމްއެންޑީއެފުން ބަލަހައްޓަމުން އައި ކިނބުލަށް ވީ ގޮތެއް މިހާތަނަށް އެނގިފައި ނުވިޔަސް، އެކަން ބަލަމުން އަންނަ ކަމަށް ދިވެހި އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
ކުޑަކުދިންގެ ބަގީޗާގައި އެމްއެންޑީއެފުން ބަލަހައްޓަމުން އައި ކިނބުލަށް ވީ ގޮތެއް މިހާތަނަށް އެނގިފައި ނުވިޔަސް، އެކަން ބަލަމުން އަންނަ ކަމަށް ދިވެހި އަސްކަރިއްޔާ އިން މިއަދު ބުނެފި އެވެ.
ރާއްޖެ އިން ބަޔަކު ހިފި ކުޑަ ކިނބުލެއް ކުޑަކުދިންގެ ބަގީޗާގައި އާންމުންނަށް ދައްކައިލުމަށް ބޭއްވި އެވެ. އެކަމަކު، އޭތި ވަރަށް ބޮޑުވެފައި ވަނިކޮށް، ސިފައިންގެ ބެލުމުގެ ދަށުން ގެންދިޔައީ 2015 ގަ އެވެ. ނަމަވެސް، އެ ކިނބުލަށް ހެދީ ކިހިނެއް ކަމެއް ރަސްމީ ފަރާތަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
އެ ކިނބޫ ހިފާފައި ވަނީ 1998 ވަނަ އަހަރު އދ. ތެދުވެލި ކައިރިންނެވެ. އޭރު އެންމެ ހަތަރު ފޫޓުގެ އެ ކިނބޫ ހިފީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރު ބަދަލުވި ގޮތް ބެލުމަށް ހެދި ރިޔާސީ ކޮމިޝަން، ކޮމިޝަން އޮފް ނެޝަނަލް އިންކުއިރީ (ކޯނީ) ގެ މެމްބަރު އަހުމަދު ސައީދު (ގަހާ ސައީދު) އެވެ.
ބައެއް މީހުން އޭރު ތުހުމަތު ކުރި ގޮތުގައި، ބޮޑު ކިނބޫ ސިފައިންގެ ބެލުމުގެ ދަށުން އުތުރު ތިލަފަޅަށް ގެންގޮސް ބަޑި ޖަހައި މަރައިލީ އެވެ. އެއީ ކީއްވެ ކުރި ކަމެއް ކަން އެނގިފައެއް ނުވެ އެވެ. ބައެއް މީހުން ބުނާ ގޮތުން އެ ކިނބުލަށް ކާން ނުދީ ބޭއްވުމަށް މަރާލީ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް (ކ) ވާހަކަ ދައްކަވާ އިރު، އޭނާގެ އަރިހުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެމްއެމްޑީއެފްގެ ހެޑްކުއާޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް ވިދާޅުވީ ކިނބުލަށް ހެދި ގޮތް އޭނާ އަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
އެކަމަކު، އަބްދުއްރަހީމަކީ އޭރު ވެސް އެމްއެންޑީއެފްގެ އިސް އޮފިސަރެކެވެ،
ކިނބުލަށް ވީ ގޮތް ބަލައި، އެސޮރަށް ހެދި ގޮތް މީޑިއާތަކަށް އަންގަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އިންޓާނަލް ކަމެއް ކަމަށް ވާތީ އަޅުގަނޑުމެން މިކަން ބަލާނަން. ބަލާފައި އަޅުގަނޑުމެންނަށް އޭގެ ޖަވާބެއް މީޑިއާ އަށް ދެވޭ ހިސާބަށް އާދެވުނީމާ މައުލޫމާތު ފޯރުކޮށްދޭނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ކިނބޫ އެހެން ތަނަކަށް ބަދަލުކުރި ކަން އެމްއެންޑީއެފުން މީގެ ކުރިން ޔަގީންކޮށްދިން ނަމަވެސް ކިނބޫ ގެންދިޔަ ވަކި ތަނެއް އެމްއެންޑީއެފުން ބުނެފައެއް ނުވެ އެވެ. އަދި އޭގެ ފަހުން ކިނބުލަށް ވީގޮތެއް ވެސް ސިފައިން ހާމަކޮށްފައެއް ނުވެ އެވެ. އެ ކިނބޫ އެހެން ތަނަކަށް ބަދަލު ކުރިއިރު އެސޮރުގެ ދިގުމިން އަށް ފޫޓު ހުންނާނެ ކަމަށް ވެސް ލަފާ ކުރެވެ އެވެ.
ސިފައިން، ފުލުހުންނަށް ޕްރައިވެޓް އިންޝުއަރެންސްސްކީމެއް
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ނަތީޖާ ދަށް ދަރިވަރުން ޕޮލިހާއި ސިފައިންގެއަށް ވައްދަނީ
ނިޝާން އަސްކަރީ ވެރިކަމުގެ އިއްޒަތް މޫސާ އަލީ ޖަލީލަށް
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
ވައިގެ އަސްކަރީ ދެ ބޭސް ގަމާއި ފުނަދޫގައި ގާއިމްކުރަނީ
ޑޯނިއާ ދުއްވަން ނުދޭ ސަބަބު ހާމަނުކުރަން ކޯޓަށް
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ވާލުގެ އުނދަގޫ ބޮޑުވުމުން ބަޑިޖަހައިގެން މަރަނީ!
އިހުސާންގެ ސެކިއުރިޓީއާ ސިފައިން ހަވާލުވެއްޖެ