އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް އެކި ފަރާތްތަކުން 400 މިލިއަން ރުފިޔާގެ ލޯނު ހޯދުމަށް އެދިފައިވީ ނަމަވެސް، ލޯނު ދޫކޮށްފައިވަނީ 25 ފަރާތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. އެއީ ތިރީހަކަށް މިލިއަން ރުފިޔާގެ ލޯނެވެ.
30 ޖޫން 2019
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އަށް އެކި ފަރާތްތަކުން 400 މިލިއަން ރުފިޔާގެ ލޯނު ހޯދުމަށް އެދިފައިވީ ނަމަވެސް، ލޯނު ދޫކޮށްފައިވަނީ 25 ފަރާތަކަށް ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. އެއީ ތިރީހަކަށް މިލިއަން ރުފިޔާގެ ލޯނެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ލޯނު ދޫކުރަން ހުޅުވި، އެސްޑީއެފްސީ ބޭންކަކީ އެހާ ބޮޑު ބޭންކެއް ނޫން ކަމަށާއި އަދި ލޯނު ދޫކުރެވޭނީ ވެސް މަދު އަދަދެއް ކަމަށެވެ. އެހެން ނަމަވެސް ލޯނުގެ އަދަދު އިތުރު ކުރުމަށް ޓަކައި ބޮޑު އަދަދެއް ހޯދުމަށްޓަކައި މަސައްކަތް ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އުންމީދު ކުރަން މި އަހަރުގެ ތެރޭގައި އިތުރު ފަންޑިންނާ އެކު 60 މިލިއަން ޑޮލަރު ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަރަދު ކުރުމަށް ލިބޭނެ ކަމަށް. އެކަމާ ގުޅޭ މަޝްވަރާތައް އަންނަނީ ކުރަމުން،" ފައްޔާޒު ވިދާޅުވި އެވެ.
އެސްއެމްއީގެ ލޯނުތައް މިހާތަނަށް ދޫކޮށްފައި ވަނީ މައިގަނޑު ގޮތެއްގައި ޓޫރިޒަމް ސެކްޓަރުގެ ވިޔަފާރިތަކަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ލޯނަށް އެދި ގިނަ ފަރާތްތަކަކުން ކުރިމަތިލާފައިވާ އިރު ކަންމަތީ ފިހާރަތައް ފަދަ މަސައްކަތްތަކަށް ލޯނު ދިނުމަށް އަދި އެހާ އިސްކަން ނުދޭ ކަމަށެވެ. އެންމެ ބޮޑަށް އިސްކަން ދެނީ ޓޫރިޒަމް ދާއިރާ އާއި ދަނޑުވެރިކަމުގެ އިތުރުން މަސްވެރިކަމާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާގެ ވިޔަފާރިތަކަށް ލޯނު ދޫކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މާލޭގައި ހިންގާ ވިޔަފާރިތަކުގެ ބަދަލުގައި ރަށްރަށުގައި ހިންގާ ވިޔަފާރިތަކަށް އިސްކަންދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެސްއެމްއީ އަށް ހާއްސަކޮށްގެން ވަކި ބޭންކެއް ސަރުކާރުން އުފެއްދީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ ސަމާލުކަމެއް ދީ، ކުރިއެރުވުމުގެ ގޮތުންނެވެ. އެސްޑީއެފްސީން ލޯނު ދޫކުރަނީ ރާއްޖޭގެ އެހެން ބޭންކްތަކަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓެއްގަ އެވެ.
އެސްޑީއެފްސީ ރަސްމީކޮށް އެސްއެމްއީ ޑިޖިޓަލްއަށް ބަދަލުކޮށްފި
އަންހެނުންގެ ވިޔަފާރީގެ ދާއިރާގެ ލޯނަށް ހުޅުވާލައިފި
އެސްޑީއެފްސީގެ ލޯނަށް ބީއެމްއެލް އެޕްއިން ފައިސާދެއްކޭނެ
އެސްޑީއެފްސީން އަންހެނުންނަށް ހާއްސަ ފައިނޭންސިން
އަންހެނުންނަށް ހާއްސަ ލޯނުގެ ދެވަނަ ބުރު ފަށަނީ
ދަނޑުވެރިކަމަށް 15 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
މިދިއަ އަހަރު އެސްޑީއެފްސީން 800 މިލިއަން ދޫކުރި
ވިޔަފާރިތަކަށް 750 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި
އެސްޑީއެފްސީން އާ ދެ ލޯނެއް ތައާރަފްކޮށްފި
ޒީނާދުގެ އަމާޒުން އެސްއެމްއީތަކަށް އުއްމީދު