01 ޖުލައި 2019
މިއާންޒް އިންޓަނޭޝަނަލް (މައި) ކޮލެޖުން މެލޭޝިޔާގެ ޔުނިވާސިޓީއެއްގެ ކްރިއޭޓިވް މަލްޓިމީޑިއާ ކޯހެއް އަންނަ މަހު ފަށަން ނިންމައިފި އެވެ.
މިއާންޒް އިންޓަނޭޝަނަލް (މައި) ކޮލެޖުން މެލޭޝިޔާގެ ޔުނިވާސިޓީއެއްގެ ކްރިއޭޓިވް މަލްޓިމީޑިއާ ކޯހެއް އަންނަ މަހު ފަށަން ނިންމައިފި އެވެ.
"ބެޗްލާ އޮފް ވޮކޭޝަނަލް އެޑިއުކޭޝަން ވިތު އޮނާސް އިން ކްރިއޭޓިވް މަލްޓިމީޑިއާ" ނަމުގައި ފަށާ މި ކޯހަކީ މެލޭޝިއާގެ ޔުނިވާސިޓީ ތުން ހުސެއިން އޮން މެލޭޝިއާ (ޔޫޓީއެޗްއެމް) ގެ ކޯހެކެވެ. ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމުގެ ދަށުން ކިޔެވޭ މި ކޯހަކީ ތިން އަހަރު ދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭ ކޯހެކެވެ.
މައި ކޮލެޖުގެ ވައިސް ރެކްޓަރު ވަޖީހު ނަސީރު ވިދާޅުވީ އެ ކޯސް ފުރިހަމަކޮށް ނިމޭ އިރު ދަރިވަރުން ތިބޭނީ ވަޒީފާގެ މާހައުލަށް ތައްޔާރުވެފައި ކަމަށެވެ. އަދި ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް "ގްލޯބަލް ޓިވެޓް އެންޓަޕްރައިސަސް" އެގްޒެކެޓިވް ސެޓްފިކެޓެއް ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭ ލެވެލް އިން މަދުވެގެން ދެ ފާސް ލިބިފައިވާ ދަރިވަރުންނަށާއި ގްރެފިކް ޑިޒައިނިން އިން ސެޓްފިކެޓް ހަތަރެއް ހަދާފައިވާ ދަރިވަރުންނަށް މި ކޯހުގައި ބައިވެރިވެވޭނެ އެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް މައި ކޮލެޖުން ބުންޏެވެ.
މި ކޯހުގައި މި އަހަރު ބައިވެރިވެވޭނީ އެންމެ 20 ދަރިވަރުންނަށެވެ. ކޯހުގެ ފުރަތަމަ ބެޗުގައި ބައިވެރިވާ ދަރިވަރުންނަށް ލާނިން ޓެބްލެޓްތަކެއް މައި ކޮލެޖުން ދޭން ނިންމާފައިވާ ކަމަށް އެތަނުގެ ވައިސް ރެކްޓަރު ވިދާޅުވި އެވެ.
ކްރިއޭޓިވް މަލްޓިމީޑިއާ އަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ކޯހުގެ ކަންތައްތައް ބަލަހައްޓަމުން އަންނާނީ ޔޫޓީއެޗްއެމްގެ މުވައްޒަފުންނެވެ. މި ކޯހުގައި ބައިވެރިވާ ދަރިވަރުންނަށް އެނިމޭޝަނާއި ގްރެފިކް ޑިޒައިން އަދި ފޮޓޯގްރަފީ ފަދަ ހުނަރުތައް ތަޖުރިބާކާރުން ދަސްކޮށްދޭނެ އެވެ.
މައި ކޮލެޖުގައި ޔޫޓީއެޗްއެމްގެ ކޯސްތައް ކިޔަވާދޭން މައި ކޮލެޖުގެ ސީއީއޯ އަހުމަދު މޮޓަކީ (ކ) އާއި ޔޫޓީއެޗްއެމްގެ ވައިސް ޗާންސެލަރު ޑރ. ވަހީދު ވީ އެއްބަސްވުން ބަދަލުކުރައްވަނީ
ރާއްޖޭގައި ހުރެގެން މެލޭޝިއާގެ މި ޑިގްރީ ހާސިލްކުރުމުގެ ފުރުސަތު ހުޅުވާލާ އިރު، މި ކޯސް ފަރުމާ ކޮށްފައި ވަނީ "ސްޓުޑެންޓް މޮބިލިޓީ" ޕްރޮގްރާމެއްގެ ގޮތުގަ އެވެ. މައި ކޮލެޖުގައި މި ކޯސް ކިޔަވާ ދަރިވަރުންނަށް، ކޯހުގެ އެއްބައި މޮޑިއުލްސް ނުވަތަ ސެމެސްޓާތައް ފުރިހަމަ ކުރަން މެލޭޝިޔާއަށް ދެވޭނެ ކަމަށް ވަޖީހު ވިދާޅުވި އެވެ. މި ކޯސް ފުރިހަމަ ކުރާ ދަރިވަރުންނަށް މެލޭޝިޔާގެ ޔޫޓީއެޗްއެމް އިން މާސްޓާސް ކޯސް ފުރިހަމަ ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މި ކޯހުގައި ބައިވެރިވާ ކުދިން ކިޔަވާ ނިމެންވާ އިރަށް، މައި ކޮލެޖުން ކްރިއޭޓިވް މަލްޓިމީޑިއާގެ މާސްޓާސް ކޯހެއް ތައާރަފްކުރަން މަސައްކަތްކުރާ ކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.
"މި ކޯސް ފުރިހަމަ ކުރަން ތިން އަހަރު ނަގާނެ. ކޯހުގައި ބައިވެރިވާ ދަރިވަރުން ނިމެންވާ އިރަށް މާސްޓާސް ކޯހެއް ތައާރަފްކުރަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ،" ވަޖީހު ވިދާޅުވި އެވެ.
މައި ކޮލެޖުގައި ޔޫޓީއެޗްއެމްގެ ކޯސްތަކެއް ކިޔަވައިދޭން އެއްބަސްވީ މިއަހަރުގެ ޖެނުއަރީ މަހެވެ. އެ އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ޔޫޓީއެޗްއެމްގެ ކޯސްތައް ކިޔަވައިދޭނެ ކަމަށް މައި ކޮލެޖުން ބުންޏެވެ.
އައިޓީ، ވިޔަފާރި އަދި ތައުލީމީ ދާއިރާއިން ފެންވަރު ރަނގަޅު މަތީ ތައުލީމު ފޯރުކޮށްދޭ މައި ކޮލެޖަކީ ކްރިއޭޓިވް އާޓްސްގެ ކޯސްތައް ވެސް ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކިޔަވާ ދޭ އެއް ކޮލެޖެވެ. އެތަނުން ވަނީ ދާދި ފަހުން ވާޗުއަލް ކެމްޕަހެއް ވެސް ތައާރަފްކޮށްފަ އެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ކޮލެޖުގެ 19 ބްރާންޗެއްގައި ކިޔަވައިދެ އެވެ.
މައި ކޮލެޖުން ލ. ގަމުގައި ބެޑްމިންޓަން މުބާރާތެއް
ގައުމީ ދަރިންތަކެއް ބިނާ ކުރުމުގައި އެމްއައި ކޮލެޖް
މައި ކޮލެޖު: މަތީ ތައުލީމަށް ގިނަ ފުރުސަތުތަކެއް
އައިކެއާއިން އޭއައިގެ އެހީގައި އައިނުގެ މިންތައް ނަގަނީ
މަޝްހޫރު "ވިޗާއީ" އިންޖީނު ލިއޯ ޓްރޭޑިންގައި
ހުޅުމާލެއިން ހިތްފަސޭހަ ދިރިއުޅުމަކަށް އަކުއާ ވީޓާ
އޯވީއެސް: ވަރަށް ކޮލިޓީ، ނުވަދެ ވާކަށް ނެތް
އެންމެ މޮޅު އެގްރިކަލްޗާ ދަރިވަރުންނަށް އެވޯޑު ދީފި
ނާރުގެ މައްސަލަތަކުގައި ދިރިއުޅުމުގެ ވައްޓަފާޅީގެ ދައުރު
ގިރުނބާ އާ އެކު ފެނަކައިގެ މަސައްކަތްތައް އާ ހަރުފަތަކަށް!