Roadha Mihaaru
އެމްއޭސީއެލް އިން އަންހެން ފަޔަފައިޓަރުން ތަމްރީންކުރަނީ

އެމްއޭސީއެލް އިން އަންހެން ފަޔަފައިޓަރުން ތަމްރީންކުރަނީ

02 ޖުލައި 2019

އެމްއޭސީއެލް އިން އެ ކުންފުނީގެ ފުރަތަމަ އަންހެން ފަޔަ ފައިޓަރުންގެ ޓީމް ތަމްރީން ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވަން ތައްޔާރުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އެމްއޭސީއެލް އިން އެ ކުންފުނީގެ ފުރަތަމަ އަންހެން ފަޔަ ފައިޓަރުންގެ ޓީމް ތަމްރީން ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވަން ތައްޔާރުވެއްޖެ އެވެ.

އިންޑޮނީޝިއާގެ ޕެލެމްބާންގުގައި ބާއްވާ "ބޭސިކް އެއާޕޯޓް ރެސްކިއު އެންޑް ފަޔަ ފައިޓިން" ކޯހުގައި އެމްއޭސީއެލްގެ 12 އަންހެނަކު ބައިވެރިވާނެ އެވެ. މިއީ ދެ މަސް ދުވަހުގެ ކޯހެކެވެ.

ކޯހުގެ ބައިވެރިންނާ ބައްދަލުކޮށް އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އަންހެނުން ބާރުވެރިކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި މިއީ އެމްއޭސީއެލް އަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން އެމްއޭސީއެލްގެ ފަޔަ ޓީމުން ކުރަމުން އަންނަ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއް ކަމަށާއި ތަމްރީނަށް ފުރާ އަންހެން ބެޗުން ގައުމު ފަހުރުވެރިކޮށްދޭން ވާނެ ކަމަށް މޫސާ ސޯލިހު ވިދާޅުވި އެވެ.