Roadha Mihaaru
އެއާޕޯޓުގެ ފަޔާޓީމުގެ އިތުބާރު ބޮޑުވެއްޖެ: މޫސާ ސޯލިހު

އެއާޕޯޓުގެ ފަޔާ ޓީމަށް ކުރާ އިތުބާރު ބޮޑުވެއްޖެ: މޫސާ ސޯލިހު

04 އޮކްޓޯބަރ 2019

މިދިޔަ މަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ބޮޑު ހާދިސާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ރެސްކިއު އެންޑް ފަޔާ ފައިޓިން (އޭއާރުއެފްއެފް) ޓީމުން ދެއްކި ނަމޫނާއާ އެކު، އާންމުންގެ އިތުބާރު އެ ޓީމަށް ބޮޑުވެއްޖެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި މިދިޔަ މަހުގެ 20 ގައި ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ނިއްވުމަށް ހަރަކާތްތެރިވި އެއާޕޯޓުގެ ފަޔާ ފައިޓަރުންގެ އަގުވަޒަން ކުރުމަށް ބޭއްވި ހަފްލާގައި މޫސާ ސޯލިހު ވިދާޅުވީ، އަލިފާން ނިއްވުމުގައި ސިފައިންގެ ފަޔާ ފައިޓަރުންނަށް އެހީވެ އެއާޕޯޓުގެ ފަޔާ ޓީމުން ދެއްކީ ރީތި ނަމޫނާއެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޓީމުން ކުރި މަސައްކަތަކީ އެއްވެސް މެޑައްޔަކުން ނުވަތަ ސެޓްފިކެޓަކުން އަގުވަޒަން ނުކުރެވޭނެ ފަދަ އަގުހުރި ހިދުމަތެއް ކަމަށެވެ.

"ހަމަ ޔަގީނުން އަަޅުގަނޑުމެންގެ އާންމު ރައްޔިތުންގެ މުދަލާއި ނަފްސު ރައްކާތެރި ކޮށްދިނުމަށް ތިބޭފުޅުން ތި ކުރެއްވި މަސައްކަތުގެ އަގު އަޅުގަނޑުމެންނަށް އަސްލު މި ކަހަލަ ސްޓޭޖެއްގައި ވަޒަނެއް ނުވެސް ކުރެވޭނެ." އެއާޕޯޓުގައި ބޭއްވި ހަފުލާގައި މޫސާ ސޯލިހު ވިދާޅުވި އެވެ.

ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވި އަލިފާންގަނޑު ފެތުރި، މީހުން ދިރިނޫޅެވޭ ވަރަށް އަށް ގެ ހަލާކުވެފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީން ވަނީ ބުނެފަ އެވެ. މިހާތަނަށް މާލޭގައި ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި، އެ ގެތަކުގައި 31 ގޭބީސީ ހިމެނުނު އިރު، ދެ ގެއެއް މިހާރު ފެންނަން ވެސް ނެތް ކަމަށް ޑިޒާސްޓާ އިން ބުނެފައި ވެ އެވެ. އެއީ، ނިގާރަން އާއި ނެއިބަ އެވެ. އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެންމެ ބޮޑަށް ސިފައިންގެ ފަޔާ ޓީމަށް އެހީވީ އެއާޕޯޓުގެ ފަޔާ ޓީމުންނެވެ. އެގޮތުން އަލިފާން ރޯވިތާ މާ ގިނައިރުތަކެއް ނުވަނީސް އެއާޕޯޓުގެ ބޮޑު ފަޔާ ލޮރީ މާލެ ގެނެސް އަލިފާން ނިއްވުމުގެ މަސައްކަތް އެއާޕޯޓުގެ ފަޔާ ފައިޓަރުން ފެށި އެވެ. އޭގެ ނަތީޖާ ވެސް ރަނގަޅުވި ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާން ކޮންޓްރޯލް ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި، އެއާޕޯޓުގެ ފަޔާ ފައިޓަރަކަށް މިނިސްޓަރު މާރިޔާ ހަދާނީ ފިލާ ރޭ ދެއްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހަރު

އެއާޕޯޓުގެ ފަޔާ ފައިޓަރުންގެ އަގުވަޒަން ކުރުމަށް ރޭ ބޭއްވި ހަފުލާގެ ޝަރަފުވެރި މެހެމާން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ކެމިކަލް ގުދަނުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާ އަކީ އިތުރު ބައެއްގެ ފުރާނަ ވެސް ގެއްލިދާނެ ފަދަ ހާދިސާ އަކަށް ވިޔަސް އެކަމުން ސަލާމަތްވީ އަލިފާނާ ކެރިގެން ކުރިމަތިލި ފަޔާ ފައިޓަރުންގެ ސަބަބުން ކަމަށެވެ.

"ބައިނަލަގްވާމީ އެތައް ބަޔަކުވެސް ބުނާ ފަދައިން އެއީ އެ އަށް ވުރެ ވެސް ގިނަ ފުރާނަތައް ގެއްލިދާނެ ފަދަ ހާދިސާއެއް. އެ ފުރާނަތައް ސަލާމަތްވީ ތިޔަ ބޭފުޅުން އެ ގެންގުޅުއްވި ޕްރޮފެޝަނަލިޒަމްގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.

މި އަލިފާނުގެ ހާދިސާގައި އެކަކު ވަނީ ވަރަށް ބޮޑަށް ފިހިގެން މަރުވެފަ އެވެ.

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާން ކޮންޓްރޯލް ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި، އެއާޕޯޓުގެ ފަޔާ ފައިޓަރަކަށް މިނިސްޓަރު މާރިޔާ ހަދާނީ ފިލާ ރޭ ދެއްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހަރު

މިދިޔަ މަހުގެ 20 ވަނަ ދުވަހުގެ ރޭ މާލޭގައި ހިނގި އަލިފާން ކޮންޓްރޯލް ކުރުމުގައި އަމަލީ ގޮތުން މަސައްކަތް ކުރި، އެއާޕޯޓުގެ ފަޔާ ފައިޓަރަކަށް މިނިސްޓަރު މާރިޔާ ހަދާނީ ފިލާ ރޭ ދެއްވަނީ.--- ފޮޓޯ: ހުސައިން ވަހީދު/މިހަރު

ރޭގެ ހަފުލާގައި މިނިސްޓަރު މާރިޔާ ވަނީ ސިފައިންގެ ފަޔާ ޓީމަށް އެއާޕޯޓުގެ ފަޔާ ޓިމުން ވެދިން އެހީތެރިކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ދުވަހު އެއާޕޯޓުގެ ފަޔާ ޓީމުން އެހީތެރިކަން ފޯރުކޮށް ނުދިން ނަމަ އަލިފާން އިތުރަށް ފެތުރުމުގެ ބިރު އޮތެވެ.

"އަޅުގަނޑުމެންގެ އެމްއެންޑީއެފް ބޭފުޅުން ބިލްޑިން ތެރެއަށް ވަދެވަޑައިގެންނެވިއިރު އެބޭފުޅުންނަށް އެހީތެރިވުމުގެ ގޮތުން އެއާޕޯޓް ސާވިސުން ދިޔައީ އެއް ފަރާތުން ފޯމު ޖަހަމުންކަން އަޅުގަނޑަށް ވަރަށް ގާތުން ފެނުން،" މާރިޔާ ވިދާޅުވި އެވެ.

އެމްއޭސީއެލުން ވަނީ އެކުންފުނީގެ ފަޔާ ފައިޓަރުން ދެއްކި ހިތްވަރުގެ އަގުވަޒަން ކުރުމުގެ ގޮތުން، އެ ހާދިސާގައި އަމަލީ ގޮތުން ބައިވެރިވި ހުރިހާ ފަޔާ ފައިޓަރުންނަށް ހަދާނީ ފިލަ އާއި ސެޓްފިކެޓް ދީފަ އެވެ. އަދި އެ ޓީމުން ކުރަމުން އަންނަ މަސައްކަތުގައި އިތުރަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވެން އޮތް ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެކްޓިން އެމްދީ މޫސާ ސޯލިހު ދެއްވި އެވެ.