02 ޖުލައި 2019
ސްރީ ލަންކާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސާ ރާއްޖެ ވަޑައިގަތީ ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
ސްރީ ލަންކާގެ ކުރީގެ ރައީސް އަދި އެ ގައުމުގެ އިދިކޮޅު ލީޑަރު މަހިންދަ ރާޖަޕަކްސާ ރާއްޖެ ވަޑައިގަތީ ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު)ގެ ދައުވަތަކަށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި ރާޖަޕަކްސާ ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވަމުން ގެންދަވަނީ އުއްޗުގެ އެންމެ ފަހު ރިސޯޓު ކުޑަދޫގަ އެވެ.
ރާޖަޕަކްސާގެ އަރިހުގައި އަނބިކަނބަލުންނާއި ބޭބޭފުޅުން ހިމެނޭ ގޮތުން ބޮޑު ވަފުދެއް ރާއްޖެ އައެވެ. ރާޖަޕަކްސާ އާއި އަނބިކަނބަލުން ހިމެނޭ ވަފުދު ތިބީ ކުޑަދޫގަ އެވެ. އަދި ރާޖަޕަކްސާގެ ވަފުދުގެ އެހެން ބޭފުޅުންނާއި އުއްޗުގެ ބޭފުޅަކު ވަޑައިގަތީ ހުރުވަޅި އަށެވެ.
ޅ. އަތޮޅުގައި އޮންނަ ކުޑަދޫ ރިސޯޓް. ރާޖަޕަކްސާ ވަޑައިގެން ހުންނެވީ މި ރަށުގައި
މިދިޔަ މަހު އުއްޗު ލަންކާ އަށް ކުރެއްވި ދަތުރެއްގައި ރާޖަޕަކްސާއާ ބައްދަލު ކުރެއްވި އެވެ. އޭރު އުއްޗު އެ ގައުމަށް ވަޑައިގެން ރާޖަޕަކްސާއާ ބައްދަލު ކުރެއްވީ ލަންކާ އަށް އީސްޓާ އެޓޭކްތަކާ ގުޅިގެން އެކަމުގެ ހިތާމައިގައި ބައިވެރިވެވަޑައިގަތުމަށެވެ. ލަންކާގެ އިގުތިސާދުގައި އުއްޗުގެ ބައިވެރިވުން އިތުރުކުރަން ދެ ބޭފުޅުން އޭރު މަޝްވަރާ ކުރެއްވި ކަމަށް ވެ އެވެ.
ރާޖަޕަކްސާގެ ދަތުރާ ގުޅިގެން އަޑު ފެތުރިފައިވާ ގޮތުގައި އުއްޗުގެ ރިސޯޓެއް ގަތުމަށް ރާޖަޕަކްސާގެ އާއިލީ ކުންފުނިން އަންނަނީ އަންނަނީ ޗަމްޕާ ބްރަދާސްއާ މަޝްވަރާ ކުރަމުންނެވެ.
އުއްޗުގެ އުފަން ދުވަސް ފާހަގަކުރަން ނަމާލް ރާއްޖެއަށް
ގޮތަބަޔާ ރާއްޖޭގައި މަޑެއް ނުކުރާނެ: ބޭރުގެ މީޑިއާ
ރާޖަޕަކްސަގެ ދެ ގެއަކާއި އެތަންމިތަނުގައި ހުޅުޖަހައިފި
ރާއްޖޭގެ ސަފީރު ލަންކާގެ ބޮޑުވަޒީރާ ބައްދަލުކުރައްވައިފި
ލަންކާގެ ވެރިންނާ ޝާހިދު ބައްދަލުކުރައްވައިފި
ނާމަލްގެ ކައިވެނި ޕާޓީގައި ރާއްޖޭގެ ސިޔާސީ ކުލަ ވެސް!
ލަންކާގެ ކުރީގެ ރައީސް ރާޖަޕަކްސަ ރާއްޖޭގައި
ރައީސް، ނަމާލްއާ ބައްދަލުކުރައްވައިފި
ރާއްޖޭގައި ތިބި ލަންކާގެ މަސްވެރިން ދޫކޮށްލަނީ
ރާޖަޕަކްސާ، ރައީސްއާ ބައްދަލުކުރައްވައިފި