Roadha Mihaaru
ރާޖަޕަކްސަގެ ދެ ގެއަކާއި އެތަންމިތަނުގައި ހުޅުޖަހައިފި

ރާޖަޕަކްސަގެ ދެ ގެއަކާއި އެތަންމިތަނުގައި ހުޅުޖަހައިފި

09 މެއި 2022

ސްރީލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، މިއަދު އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅެއްގަ އާއި އެ އާއިލާގެ ގެޔަކާއި އެތަންމިތަނުގައި ރޯކޮށް އަންދާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސްރީލަންކާގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން، މިއަދު އިސްތިއުފާ ދެއްވި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ ގެކޮޅެއްގަ އާއި އެ އާއިލާގެ ގެޔަކާއި އެތަންމިތަނުގައި ރޯކޮށް އަންދާލައިފި އެވެ.

ލަންކާ ސަރުކާރާ ދެކޮޅަށް ކުރަމުންދިޔަ ސިލްސިލާ މުޒާހަރާތައް މިއަދު ހޫނުވެ، ސަރުކާރަށް ތާއީދުކުރާ ސަޕޯޓަރުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތަކަށްފަހު ރާޖަޕަކްސަ މިއަދު ވަނީ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވައިފަ އެވެ. އެކަމަކު ހުޅު ޖެހުމާއި ހަމަނުޖެހުންތައް ދަނީ ކުރިއަށެވެ.

މިރޭ ރޯކޮށްލީ ކުރުނަގަލާގައި ހުންނަ ރާޖަޕަކްސަގެ އަމިއްލަ ގެކޮޅެއްގަ އެވެ. މީގެ އިތުރުން ހަމްބަންޓޯޓާގައި ހުންނަ ރާޖަޕަކްސަ އާއިލާގެ އެހެން ގެއެއްގައި ވެސް ވަނީ ރޯކޮށްލައިފަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އެ ގެ ވަނީ އެއްކޮށް އަނދައި ހުލިވެފަ އެވެ.

ރާޖަޕަކްސަގެ ގެކޮޅެއްގައި ރޯކޮށްލާފައި

ރާޖަޕަކްސަ --ފޮޓޯ:އޭއެފްޕީ

ރާޖަޕަކްސަ --ފޮޓޯ:އޭއެފްޕީ

ބެލެވޭ ގޮތުގައި ރާޖަޕަކްސަ އަދިވެސް ހުންނެވީ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ޓެމްޕަލް ޓްރީގަ އެވެ. އެ ސަރަހައްދާ މުޒާހަރާގެ ބައިވެރިން ކައިރިވިޔަ ނުދިނުމަށް ފުލުހުން ދަނީ ކަރުނަ ގޭސް ޖަހަމުންނެވެ.

ރާޖަޕަކްސަގެ އުފަން ސަރަހައްދު ހަމްބަންޓޯޓާގައި ހުރި އޭނާގެ އާއިލީ ގެއެއްގައި ރޯކޮށްލާފައި

ރާޖަޕަކްސައާ އެކު ހުރިހާ ވަޒީރުން އިސްތިއުފާ ދީފައިވާއިރު، ކުރީގެ ވަޒީރުންނާއި ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރުންގެ ގޭގޭގައި ވެސް ދަނީ ހުޅު ޖަހައި، ގެއްލުން ދެމުންނެވެ. އަދި އެއް މެމްބަރަކަށް ހަމަލާދޭން އުޅުމުން އޭނާ ވަނީ އަމިއްލައަށް މަރުވެފަ އެވެ.

މީގެ އިތުރުން މިއަދު ހިނގި ހަމަނުޖެހުންތަކުގައި މިހާތަނަށް ހަތަރު މީހަކު މަރުވެ ފަސް މީހަކު ޒަހަމް ވެސް ވަނީ ވެފަ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން މާދަމާ ރޭ 7 ހަމައަށް މުޅި ލަންކާގައި ވަނީ ކާފިއު އިއުލާންކޮށްފަ އެވެ.