Roadha Mihaaru
އަންހެނުންތަކަކަށް ފުރައްސާރަކުރި މައްސަލައެއް ބަލަނީ

އަންހެނުންތަކަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ބަލަނީ

04 ޖުލައި 2019

މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގެ އެކި ހިސާބުތަކުން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަަލަމުން އަންނަ ކަމަށާއި މިފަދަ ކަމެއް އެ ދުވަހު ދިމާވެފައިވާ ނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގެ އެކި ހިސާބުތަކުން އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ބަަލަމުން އަންނަ ކަމަށާއި މިފަދަ ކަމެއް އެ ދުވަހު ދިމާވެފައިވާ ނަމަ ފުލުހުންނާ ހިއްސާކުރުމަށް އެދެފި އެވެ.

ފުލުހުން ބުނީ ޖޫން 25 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މަގުމަތިން ހިނގާފައި ދިޔަ އަންހެނެއްގެ ގަޔަށް، ސައިކަލެއްގައި ތިބި ބަޔަކު އަތްލައި ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ބުނެ މައްސަލައެއް ހުށަހެޅި ކަމަށެވެ. އަދި ހަމަ އެ ދުވަހު މާލޭގެ އިތުރު ދެ ސަރަހައްދަކުން ވެސް ދެ އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ފުލުހުން ބުންޏެވެ.

ދާދި ފަހުން ޒުވާން ދެ އަންހެނަކަށް ޖިންސީ ފުރައްސާރަކުރި އުމުރުން ދުވަސްވީ ދެ މީހެއްގެ ފޮޓޯ އާއި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. އެ މީހުންގެ މައްސަލަތައް ވެސް ފުލުހުން އަންނަނީ ބަލަމުންނެވެ.