ޓެކްނޮލޮޖީގެ ޒަމާނެއްގެ ތެރެއަށް އެންމެން ވެސް ގެނބިފައިވާ އިރު، ސަމާލުވުން ވަރަށް ވެސް މުހިއްމެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިވެނީ އެކި ގޮތްގޮތުން މީސްމީހުންގެ ޒާތީ މައުލޫމާތުތަކުން ވައްކަން ކުރާ ވާހަކަ އެވެ. މިކަހަލަ މައްސަލަތަކާ ހެދި ޕްރައިވެސީ ވެސް ގެއްލި، ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބޭލެއް މަދެއް ނޫނެވެ
10 ޖުލައި 2019
ޓެކްނޮލޮޖީގެ ޒަމާނެއްގެ ތެރެއަށް އެންމެން ވެސް ގެނބިފައިވާ އިރު، ސަމާލުވުން ވަރަށް ވެސް މުހިއްމެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިވެނީ އެކި ގޮތްގޮތުން މީސްމީހުންގެ ޒާތީ މައުލޫމާތުތަކުން ވައްކަން ކުރާ ވާހަކަ އެވެ. މިކަހަލަ މައްސަލަތަކާ ހެދި ޕްރައިވެސީ ވެސް ގެއްލި، ފޫނުބެއްދޭ ވަރުގެ ގެއްލުންތައް ލިބޭލެއް މަދެއް ނޫނެވެ
ސްމާޓްފޯން ބޭނުން ކުރާ މީހުން މިހާރު އެންމެ ބޮޑަށް ބަރޯސާވާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަކީ ގޫގުލްގެ އެންޑްރޮއިޑެވެ. އެކަމަކު ލޯ މަރާލައިގެން ހުރެ އެއަށް މުޅިން އިތުބާރު ވެސް ކުރާކަށް ނުވާނެ އެވެ. އެކަހަލަ ސިގްނަލެއް އާ ދިރާސާއަކުން މި ވަނީ ދީފަ އެވެ.
ކެލިފޯނިއާގެ އިންޓަނެޝަނަލް ކޮމްޕިއުޓާ ސައިންސް އިންސްޓިޓިއުޓް (އައިސީއެސްއައި) އިން ހަދާފައިވާ ދިރާސާއެއް ފެޑެރެލް ޓްރޭޑް ކޮމިޝަންސް ޕްރައިވެސީ ކޮން އަށް ހުށަހަޅާފައިވާ އިރު އޭގައި ބުނީ އެންޑްރޮއިޑް ސަޕޯޓްކުރާ ޑިވައިސްތަކުގައި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކޮށް ބޭނުން ކުރާ އެޕްތަކުން މީސްމީހުންގެ ޒާތީ މައުލޫމާތު އެއްކުރާ ކަމަށެވެ. އެގޮތުން އެންޑްރޮއިޑަށް ސަޕޯޓްކުރާ ޑިވައިސްތަކުގެ 1،325 އެޕުން ޒާތީ މައުލޫމާތު އެއްކުރާ ކަމަށް ބުންޏެވެ. ދިރާސާގައި ބުނީ މިކަން ކުރަނީ ޑިވައިސް ބޭނުން ކުރާ މީހާ އަށް އެއްވެސް ވަރަކަށް ރޭކައިނުލާހާ ސިއްރުން ވަރަށް ބޮޑަށް ރޭވިގެން ހިންގާ ނިޒާމެއްގެ ތެރެއިން ކަމަށެވެ.
އައިސީއެސް އިން ބުނީ މި މައްސަލަ ފާހަގަ ކުރެވިގެން މިދިޔަ އަހަރު ގޫގުލްގެ ސަމާލު ކަމަށް ވެސް އެކަން ގެނެސްފައިވާ ކަމަށެވެ. އެކަމަކު އެ ކުންފުނިން އެންޑްރޮއިޑްގެ އާ ވާޝަން "އެންޑްރޮއިޑް ކިއު" ގެ މަސައްކަތް ކުރަމުން އަންނާތީ މިހާރު ދިމާވެފައި އޮތް މައްސަލަ އަށް ހައްލެއް ނުލިބޭނެ ކަމަށް ބުންޏެވެ.
ފޯނެއްގައި ހުރި އެޕްތަކެއް މީހަކު ބަލަނީ.
"ވަރަށް ގިނަ މީހުންނަކީ އެ މީހުންގެ އެޕްތަކުގެ ޕްރައިވެސީ ކޮންޓްރޯލް ކުރަން ވެސް އެހާ ބޮޑަށް ސަމާލު ކަމެއް ދޭ ބައެއް ނޫން. އެހެންވީމަ ނާޖާއީޒު ފައިދާ ނެގުމުގެ ފުރުސަތު ބޮޑީ،" އައިސީއެސްއައިގެ ޕްރައިވެސީ ރިސާޗް ޑިރެކްޓަރު ސާޖް އެގެލްމަން ވިދާޅުވި އެވެ. "އެކަމަކު އެޕްތަކުގައި ހުންނަ ޕްރައިވެސީ ޓޫލްތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިއްމު."
އައިސީއެސްއައިގެ ރިޕޯޓްގައި މިސާލެއްގެ ގޮތުގައި ފޮޓޯ-އެޑިޓިން އެޕް "ޝަޓަފްލައި" ގެ ވާހަކަ ފާހަގަ ކުރަމުން ބުނީ ޑިވައިސްގެ ޖީޕީއެސް ޕީޗާ އިން މީހާ ބޭނުން ނުވިޔަސް އެ މީހާގެ ލޮކޭޝަން ވެސް ހިއްސާ ކުރާ ކަމަށެވެ.
ގޫގުލްގެ "ލޮކްޑް ފޯލްޑާ" ޕިކްސެލް ނޫން ފޯނުތަކަށް
ޕިކްސެލް 6 ސީރީޒް އެންޑްރޮއިޑް 12 އާ އެކު
ނިންޓެންޑޯގެ "ޑރ. މާރިއޯ ވޯލްޑް" ހުއްޓާލަނީ
ވާވޭގެ އަމިއްލަ އޯއެސް އަންނަ މަހުގެ 2 ގައި ދޫކުރަނީ
ވާވޭގެ އޯއެސް އަންނަ އަހަރު ސްމާޓްފޯނުތަކަށް
އެންޑްރޮއިޑް އެޕްތައް ވިންޑޯޒް 10 ގައި
ގޫގުލް "ފައިލްސް" އަށް ތިޖޫރިއެއް
ކުއަލްކޮމް ކުއިކް ޗާޖް 5: ފުލް ޗާޖް 15 މިނެޓުން
ވަންޕްލަސް ނޯޑް: ގޫގުލްގެ އެޕްލިކޭޝަންތައް ގިނަވާނެ
ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ