ޖަޕާންގެ މަޝްހޫރު ގޭމް ކުންފުނި ނިންޓެންޑޯ އިން މީގެ ދެ އަހަރެއްހާ ދުވަސްކުރިން ނެރުނު މޮބައިލް ވީޑިއޯ ގޭމް "ޑރ. މާރިއޯ ވޯލްޑް" ގެ މަގުބޫލުކަން ކުޑަކަމުން އެ ގޭމް ހުއްޓާލަން ނިންމައިފި އެވެ.
29 ޖުލައި 2021
ޖަޕާންގެ މަޝްހޫރު ގޭމް ކުންފުނި ނިންޓެންޑޯ އިން މީގެ ދެ އަހަރެއްހާ ދުވަސްކުރިން ނެރުނު މޮބައިލް ވީޑިއޯ ގޭމް "ޑރ. މާރިއޯ ވޯލްޑް" ގެ މަގުބޫލުކަން ކުޑަކަމުން އެ ގޭމް ހުއްޓާލަން ނިންމައިފި އެވެ.
މިކަން އިއުލާންކޮށް ކުންފުނީގެ ވެބްސައިޓްގައި އާންމުކުރި ބަޔާނެއްގައި ބުނީ ޖުލައި 10، 2019 ގައި ޕަޒްލް މޮބައިލް ގޭމެއްގެ ގޮތުގައި ނެރުނު ގޭމް ހުއްޓައިލާނީ އަންނަ ނޮވެމްބަރު މަހުގެ 1 އިން ފެށިގެން ކަމަށެވެ. އެހެންވެ އެ ތާރީހުގެ ފަހުން "ޑރ. މާރިއޯ ވޯލްޑް" ޑައުންލޯޑެއް ވެސް ނުކުރެވޭނެ އެވެ.
މި ގޭމް ހުއްޓައިލަން ނިންމީ މީގެ މަގުބޫލުކަން ކުޑަވުމާ އެކު ގޭމުން ލިބޭ އާމްދަނީ ވެސް ދަށްކަމުންނެވެ. މީޑިއާތަކުން ބުނި ގޮތުގައި ނެރުނުތާ އެންމެ ހަ މަސް ދުވަހުގެ ތެރޭގައި "ޑރ. މާރިއޯ ވޯލްޑް" އަށް ތަރުހީބު ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. އެހެންވެ މި ގޭމުން ފައިދާއެއް ނުވާތީ ނިންޓެންޑޯ އިން ގޭމް ހުއްޓުމަކަށް ގެންނަން ނިންމީ އެވެ.
އެންޑްރޮއިޑާއި އައިއޯއެސް ޑިވައިސްތަކުގައި ކުޅެވޭ "ޑރ. މާރިއޯ ވޯލްޑް" ވާނީ އެ ކުންފުނިން ނެރުނު މޮބައިލް ގޭމްތަކުގެ ތެރެއިން އެންމެ ފުރަތަމަ ހުއްޓައިލާ ގޭމަށެވެ.
ނިންޓެންޑޯ ވީޑިއޯ ގޭމްތަކަކީ ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު ގޭމްތަކަކަށް ވިޔަސް، އެ ކުންފުނިން މިހާތަނަށް ގެނެސްދިން މޮބައިލް ގޭމްތަކުގެ މަގުބޫލުކަން ވަރަށް ކުޑަ އެވެ. އަދި ކުންފުންޏަށް ވަންނަ އާމްދަނީގައި ވެސް މޮބައިލް ގޭމްތަކުން ލިބޭ އާމްދަނީގެ ހިއްސާވާ މިންވަރު ވަރަށް ކުޑަ އެވެ.
ނިންޓެންޑޯ އިން ނެރެފައިވާ މޮބައިލް ގޭމްތަކުގެ ތެރޭގައި ކިރިޔާ ވެސް ވައިގައި ހިފި އެއްޗަކީ 2017 ގައި ނެރުނު "ފަޔަ އެމްބްލެމް ހީރޯސް" އެވެ. އަދި 2016 ގެ މޮބައިލް ގޭމް "ސުޕަ މާރިއޯ ރަން" ގެ މަގުބޫލުކަން ދަށްވުމުން އެ ގޭމް މިހާރު އޮތީ ހިލޭ ކުޅެވޭ ގޮތަށް ދޫކޮށްލައިފަ އެވެ.
"ފޯޓްނައިޓް" އެންމެ ފަހުން ގޫގުލް ޕްލޭ އަށް
ފޭސްބުކުން މޮބައިލް ގޭމިން އެޕެއް
ވާވޭގެ އޮޕަރޭޓިން ސިސްޓަމަކީ "ހާމަނީއޯސް"
މޮބައިލް އޮޕަރޭޓިން ސިސްޓަމްތަކުގެ ވާދަވެރިކަން
ގަންނަން ލިބެން ހުރި އެންމެ ބާރުގަދަ ފޯނުތައް
މިހާރު 3 ބިލިއަން އެންޑްރޮއިޑް ޑިވައިސް ބޭނުންކުރޭ
ބިލް ގޭޓްސްއަށް ކަމުދަނީ އެންޑްރޮއިޑް ފޯން
ޗައިނާ މީހުން އައިފޯން ދޫކޮށްލަފާނެ
ކުއަލްކޮމް ކުއިކް ޗާޖް 5: ފުލް ޗާޖް 15 މިނެޓުން
ގޮރިއްލާ ގްލާސްއަށް ނަންބަރުގެ ބަދަލުގައި ނަމެއް