Roadha Mihaaru
ސިމްޑީ އިން އިލީގެ އިންސްޓެންޓް ކޮފީ ލޯންޗް ކޮށްފި

ސިމްޑީ އިން އިލީގެ އިންސްޓެންޓް ކޮފީ ލޯންޗް ކޮށްފި

11 ޖުލައި 2019

ރާއްޖެ އަށް މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ތައާރަފު ކުރާ ސިމްޑީ ގްރޫޕް އިން އިލީގެ އިންސްޓެންޓް ކޮފީ ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރާއްޖެ އަށް މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތައް ތައާރަފު ކުރާ ސިމްޑީ ގްރޫޕް އިން އިލީގެ އިންސްޓެންޓް ކޮފީ ރާއްޖެ އަށް ތައާރަފު ކޮށްފި އެވެ.

އިލީ ބްރޭންޑުގެ ކޮފީ ރާއްޖެއިން މީގެ ކުރިން ލިބެން ހުރި ނަމަވެސް މި ބްރޭންޑްގެ އިންސްޓެންޓް ކޮފީ ތައާރަފު ކުރި މިއީ ފުރަތަމަ ފަހަރެވެ. މިއަދު ސިމްޑީ އިން އިފްތިތާހު ކޮށްފައިވަނީ "އިލީ އިންޓެންސް ޓޭސްޓް" އާއި "އިލީ ސްމޫތު ޓޭސްޓް" އެވެ.

އިލީ އިންސްޓެންޓް ކޮފީގެ ރަހަ ބަލާލުމަށް އެސްޓީއޯ ސުޕަމާޓުގައި ސްޓޯލެއް ބަހައްޓާފައި-- ފޮޓޯ: ސިމްޑީ ގްރޫޕް

އިލީ އިންސްޓެންޓް ކޮފީގެ ރަހަ ބަލާލުމަށް އެސްޓީއޯ ސުޕަމާޓުގައި ސްޓޯލެއް ބަހައްޓާފައި-- ފޮޓޯ: ސިމްޑީ ގްރޫޕް

ސިމްޑީ ގްރޫޕް އިން ވަނީ އިލީގެ އިންސްޓެންޓް ކޮފީ ތައާރަފުކޮށް އޭގެ ރަހަ ބަލާލުމުގެ ފުރުސަތު މިހާރު ހުޅުވާލާފަ އެވެ. އެގޮތުން މިއަދުގެ މެންދުރު 2:00 އިން ފެށިގެން މިރޭ 10:00 ގެ ނިޔަލަށް އެސްޓީއޯ ސުޕަ މާޓުގައި ރަހަ ބަލާލުމަށް ސްޓޯލެއް ގާއިމު ކޮށްފައި ހުންނާނެ އެވެ.

އިލީ އިންސްޓެންޓް ކޮފީގެ ރަހަ ބަލާލުމަށް އެސްޓީއޯ ސުޕަމާޓުގައި ސްޓޯލެއް ބަހައްޓާފައި-- ފޮޓޯ: ސިމްޑީ ގްރޫޕް

އިލީ އިންސްޓެންޓް ކޮފީގެ ރަހަ ބަލާލުމަށް އެސްޓީއޯ ސުޕަމާޓުގައި ސްޓޯލެއް ބަހައްޓާފައި-- ފޮޓޯ: ސިމްޑީ ގްރޫޕް

މީގެ އިތުރުން އިލީ އިންސްޓެންޓް ކޮފީ ގަންނަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ސިމްޑީ ރިސޯޓު ސަޕްލައި ޝޯރޫމުންނާއި މާލޭގެ އެކި ފިހާރަތަކުން މި ކޮފީ ލިބެން ހުންނާނެ އެވެ. އަދި ވަރަށް އަވަހަށް ރާއްޖޭގެ އެހެން ރަށްތަކުން ވެސް މި ކޮފީ ލިބެން ހުންނާނެ އެވެ.

އިލީ އިންސްޓެންޓް ކޮފީ ލިބެން ހުންނަ ފިހާރަތައް

- އެސްޓީއޯ.

- ރެޑް ބީ.

- އެމްޖީއެޗް މާޓް.

- ނިއު ޗެއިން.

- ނިއު ވީލް.

- އޯލް ޓޫ.

- ޝޮޕް އެންޑް ސޭވް.

- މެގްނާ މާޓް.