Roadha Mihaaru
މާލޭގެ ގިނަ ރެސްޓޯރަންޓުތަކަކަށް ސިމްޑީގެ އިލީ ކްރީމާ

މާލޭގެ ގިނަ ރެސްޓޯރަންޓުތަކަކަށް ސިމްޑީގެ އިލީ ކްރީމާ

05 ޑިސެމްބަރ 2022

ސިމްޑީއިން ގެންނަ "އިލީ ކްރީމާ" 48 ރެސްޓޯރަކުން މިހާރު ލިބޭނެ ކަމަށް ސިމްޑީއިން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސިމްޑީއިން ގެންނަ "އިލީ ކްރީމާ" 48 ރެސްޓޯރަކުން މިހާރު ލިބޭނެ ކަމަށް ސިމްޑީއިން ބުނެފި އެވެ.

އިލީ ކްރީމާ އަކީ އައިސް މައިކްރޯ ކްރިސްޓަލްތަކެއް ހިމެނޭ، އިލީ އެސްޕްރެސޯ ރަހައިގެ ކްރީމީ އުފެއްދުމެކެވެ. މިއީ ފްރޯޒަން ކޮފީއަށް ލޯބި ކުރާ ފަރާތްތަކަަށް ކަމުދާނެ ޕްރޮޑަކްޓެއް ކަމަށް ސިމްޑީއިން ބުނެ އެވެ.

އެ ޕްރިޑަކްޓަކީ ގްލޫޓަން، ޓްރާން ފެޓް، ޕާމް އޮއިލް، ޕްރިޒަވެޓިވްސް އަދި އާޓިފިޝަލް ކަލަރިން ނުހިމެނޭ އެއްޗެކެވެ.

ސިމްޑީން ބުނިގޮތުގައި އެ ފިހާރައިން އިލީ ކްރީމާގެ ޑިސްޕެންސަރާއި ޕްރީމިކްސް ޕެކު ލިބެން ހުންނާނެ އެވެ. ކުދި ވިޔަފާރިތަކަށް ހާއްސަ "ނީނާ" ކްރީމާ ޑިސްޕެންސަރުން ދުވާލަކު 25 ކަސްޓަމަރުންނަށް އަދި ބޮޑެތި ވިޔަފާރިތަކަށް ހާއްސަ "ނިއު އެސްޕީ ވަން"އިން ދުވާލަކު 75 ކަސްޓަމަރުންނަށް ވާވަރަށް ކްރީމާ ހެދޭނެ އެވެ. ސިމްޑީން ބުނީ 330 ގުރާމާއި އެއް ކިލޯގެ ޕްރީމިކްސް ؛ލިބެން ހުންނާނެ އެވެ.

އިލީ ކްރީމާގެ ޓޭސްޓް ޓެސްޓިން އިވެންޓުގެ ތެރެއިން: އިލީ ކްރީމާގެ ދެ ސައިޒުގެ ޑިސްޕެންސަރު އެ އިވެންޓުގަ ބޭނުން ކޮށްފައިވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިލީ ކްރީމާގެ ޓޭސްޓް ޓެސްޓިން އިވެންޓުގެ ތެރެއިން: އިލީ ކްރީމާގެ ދެ ސައިޒުގެ ޑިސްޕެންސަރު އެ އިވެންޓުގަ ބޭނުން ކޮށްފައިވޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިލީ ކްރީމާ ލިބެން ހުރި ރެސްޓޯރަންޓުތަލުގެ ތެރޭގައި މާލޭގައި ހުންނަ ހޮޓެލް ޖެން، މެލްޓްސް، ލެމަން ގްރާސް، އަޓަރެކްސްސިސް، ބިގްމޭން، ލަވިސްތާ އަދި ހުޅުމާލޭގެ ފޭސް 2ގައި ހުންނަ ކުއޮކޯ އާއި ވިލިނގިލީގައި ހުންނަ ވިނޮރްވާ ރެސްޓޯރަންޓު ހިމެނެއެވެ.

މާލެއިން ބޭރުން އިލީ ކްރީމާ ލިބެން ހުރި ތަންތަނުގެ ތެރޭގައި، ފުވަމުލަކުގައި ހުންނަ ގްރޭންޑް އެންޑް ސްޕާ އާއި ދިއްފުށީގައި ހުންނަ އަރާމް ހޮޓެލްސް އެންޑް ސްޕާ އާއި މާފުށީގެ ހޮޓް ބައިޓާއި ކުޅުދުއްފުށީގައި ހުންނަ ލެ ޝޮޓް ހިމެނެ އެވެ.

އިލީ ކްރީމާގެ ޓޭސްޓިން އިވެންޓުގައި ދެ ފުލުހަކަށް ކްރީމާގެ ތައްޓެއް ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އިލީ ކްރީމާގެ ޓޭސްޓިން އިވެންޓުގައި ދެ ފުލުހަކަށް ކްރީމާގެ ތައްޓެއް ދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސިމްޑީއިން ދާދި ފަހުން އިލީ ކްރީމާގެ ޕްރޮމޯޝަނަލް އިވެންޓެއް ހުޅުމާލޭގައި ވަނީ ބާއްވާފަ އެވެ. އެ އިވެންޓަކީ ކްރީމާގެ ރަހަ އާއްމުންނަށް ދައްކާލުމަށް ބޭއްވި އިވެންޓެކެވެ. އެ އިވެންޓަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށް ސިމްޑީން ބުނެ އެވެ.

އިލީ ބްރޭންޑަކީ ކޮފީއަށް ލޯބި ކުރާ ފަރާތްތަކުގެ މެދުގައި މަގުބޫލު ބްރޭންޑެކެވެ.