Roadha Mihaaru
އިންޑިއާއިން ހަނދަށް ފޮނުވަން އުޅުނު އުޅަނދު ކެންސަލް

އިންޑިއާ އިން ހަނދަށް ފޮނުވަން އުޅުނު އުޅަނދު އެންމެ ފަހު ވަގުތު ކެންސަލް

15 ޖުލައި 2019

ނިއު ދިއްލީ (ޖުލައި 15) - އިންޑިއާ އަށް ހަނދަން ފޮނުވަން އުޅުނު ޖައްވީ އުޅަނދު އުދުއްސާލަން ގަޑިއިރަކަށް ވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ޓެކްނިކަލް މައްސަލައެއްގައި ކެންސަލްކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖުލައި 15) - އިންޑިއާ އަށް ހަނދަން ފޮނުވަން އުޅުނު ޖައްވީ އުޅަނދު އުދުއްސާލަން ގަޑިއިރަކަށް ވުރެ ވަގުތު ކުޑަތަންވެފައި ވަނިކޮށް ޓެކްނިކަލް މައްސަލައެއްގައި ކެންސަލްކޮށްފި އެވެ.

އިންޑިއާގެ ސްޕޭސް އެޖެންސީން ބުނީ އުޅަނދު އުދުއްސާލަން ކައުންޓްޑައުން ފަށައިގެން ދަނިކޮށް 56 މިނިޓަށްވެފައި ވަނިކޮށް މިޝަން ކެންސަަލް ކުރަން ޖެހުނީ "ލޯންޗް ވެހިކަލް ސިސްޓަމްގައި ޓެކްނިކަލް މައްސަލައެއް" ޖެހިގެން ކަމަށެވެ. އުޅަނދު އުދުއްސާލާ ގޮތަށް ހަމަޖެހިފައި އޮތީ ރޭ ދަންވަރު އިންޑިއާ ގަޑިން 2:51 ގައި އިރުމަތީގެ ސްރިހަރިކޮޓާ ސްޕޭސް ސްޓޭޝަނުންނެވެ. އުޅަނދު އުދުއްސާލާނެ ތާރީޚެއް ފަހުން އިއުލާން ކުރާނެ އެވެ.

އިންޑިއާ އިން އުއްމީދު ކުރަނީ ހަނދުގެ ސައުތު ޕޯލްގައި އުޅަނދެއް ޖައްސާ ފުރަތަމަ ގައުމަށްވުމަށެވެ. އެކަން ހާސިލް ކުރަން ފެށި 150 މިލިއަން ޑޮލަރުގެ މިޝަންގައި، ޖައްވީ އުޅަނދު ޗަންދްރަޔާން-2 ގެ ދަތުރު ކާމިޔާބުވެއްޖެ ނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ފޮނުވާ ހަތަރު ވަނަ ގައުމަށެވެ. މިހާތަނަށް ހަނދަށް ދަތުރުކޮށްފައި ވަނީ އެމެރިކާ، ކުރީގެ ސޯވިއެޓް ޔޫނިއަން އަދި ޗައިނާ އެވެ.

އިންޑިއާ އިން އުއްމީދުކުރަނީ ހަނދުގައި އުޅަނދެއް ޖައްސާ ހަތަރު ވަނަ ގައުމުގެ ޝަރަފު ހޯދަން. --ފޮޓޯ: ރޮއިޓާސް

އިންޑިއާ އިން އުއްމީދުކުރަނީ ހަނދުގައި އުޅަނދެއް ޖައްސާ ހަތަރު ވަނަ ގައުމުގެ ޝަރަފު ހޯދަން. --ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ޖައްވީ އެޖެންސީ، އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ޗެއާޕާސަން ކޭ. ސިވަން ވިދާޅުވީ މިއީ އިންޑިއާ އިން މިހާތަނަށް ކުރިއަށް ގެންދާ އެންމެ އުނދަގޫ ސްޕޭސް މިޝަން ކަމަށެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ހަނދުގެ ސައުތު ޕޯލަށް ޖައްސާނެ ކަމަށް ކުރިން ބެލެވިފައި ވަނީ 54 ދުވަހުގެ ދަތުރަކަށް ފަހު ސެޕްޓެމްބަރު މަހުގެ ކުރީކޮޅު އެވެ.

އިންޑިއާގެ ފުރަތަމަ މޫން މިޝަން ކުރިއަށް ގެންދިޔައީ 2008 ގަ އެވެ. ޗަންދުރަޔާން-1 ގެ ހަނދުގައި ނުޖެއްސި ނަމަވެސް ރާޑަރު ބޭނުންކޮށްގެން ހަނދުގައި ފެންހުރިތޯ ބަލާފައިވެ އެވެ.

އިންޑިއާގެ މޫން މިޝަންގައި ގާތްގަނޑަކަށް 1،000 އިންޖިނޭރުންނާއި ސައެންސްވެރިން ބައިވެރިވެ އެވެ. އެކަމަކު އިސްރޯ އިން މި ފަހަރު ވަނީ މިޝަން ލީޑް ކުރަން އަންހެނުން ހަމަޖަސައިފަ އެވެ.