Roadha Mihaaru
އިންޑިއާ އިން އަނެއްކާވެސް ހަނދަށް އުޅަނދެއް ފޮނުވަނީ

އިންޑިއާ އިން އަނެއްކާވެސް ހަނދަށް އުޅަނދެއް ފޮނުވަނީ

02 ޖެނުއަރީ 2020

ނިއު ދިއްލީ (ޖެނުއަރީ 2) - ހަނދަށް އުޅަނދެއް ފޮނުވުމުގެ ތިން ވަނަ މަޝްރޫއު އިންޑިއާ އިން އިއުލާންކޮށްފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖެނުއަރީ 2) - ހަނދަށް އުޅަނދެއް ފޮނުވުމުގެ ތިން ވަނަ މަޝްރޫއު އިންޑިއާ އިން އިއުލާންކޮށްފި އެވެ.

އިންޑިއާ އިން އެކަން އިއުލާންކޮށްފައި މި ވަނީ އެ ގައުމުން މިދިޔަ އަހަރު ހަނދަށް ފޮނުވި ދެ ވަނަ އުޅަނދު ޗަންދުރަޔާން-2 ހަނދުގެ ބިމަށް ތިރިކުރަން ކައިރިވެފައި ވަނިކޮށް މުވާސަލާތީ ގުޅުން ކެނޑި، ހަނދަށް ވެއްޓި، އެ މިޝަން ފެއިލްވެފައި ވަނިކޮށެވެ.

އިންޑިއާގެ ޖައްވީ އެޖެންސީގެ ޗެއާމަން ކޭ. ސިވަން ވިދާޅުވީ މީހަކާ ނުލައި ހަނދަށް ފޮނުވާ އުޅަނދު، ޗަންދުރަޔާން-3 ގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންޑިއާ އިން އުއްމީދު ކުރަނީ މި އަހަރު ތެރޭ އެ މިޝަން ފަށަން ކަމަށާއި ނަމަވެސް އަންނަ އަހަރަށް ލަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

އިންޑިއާގެ އުޅަނދު ހަނދަށް ތިރިކުރާ މަންޒަރު ސައެންސްވެރިން ބަލަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާގެ އުޅަނދު ހަނދަށް ތިރިކުރާ މަންޒަރު ސައެންސްވެރިން ބަލަނީ. --ފޮޓޯ:އޭއެފްޕީ

އިންޑިއާ އިން ހަނދަށް ފޮނުވި އުޅަނދު ކާމިޔާބުކަމާ އެކު ހަނދަށް ތިރިކުރި ނަމަ އެ ގައުމު ވާނީ ހަނދަށް އުޅަނދެއް ޖެއްސި ހަތަރު ވަނަ ގައުމަށެވެ. މިހާތަނަށް ކާމިޔާބުކަމާ އެކު ހަނދަށް އުޅަނދެއް ތިރިކޮށްފައި ވަނީ ރަޝިޔާ، އެމެރިކާ އަދި ޗައިނާ އިންނެވެ.

އިންޑިއާގެ ޕްލޭނަކީ ކޮބާ؟

އިންޑިއަން ސްޕޭސް ރިސާޗް އޮގަނައިޒޭޝަން (އިސްރޯ) ގެ ޗެއާމަން ސިވަން ވިދާޅުވީ ޗަންދުރަޔާން-3 ގައި ވެސް ހުންނާނީ ކުރީގެ މިޝަންއާ އެއްގޮތް ކޮންފިގަރޭޝަނެއް ކަމަށެވެ.

ޗަންދުރަރާން-2 އަކީ އިންޑިއާ އިން މިހާތަނަށް ހިންގި އެންމެ އުނދަގޫ މިޝަން އެވެ. ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް ތިރިކުރަން ހަމަޖައްސީ ހަނދުގެ ދެކުނު ޕޯލަށެވެ. އެއްވެސް ޖައްވީ އުޅަނދެއް އަދި މިހާތަނަށް ހަނދުގެ އެ ހިސާބަށް ވާސިލްވެފައެއް ނުވެ އެވެ.

ސިވަން ވިދާޅުވީ ޗަންދުރާން-3 ގެ ރޯވާ ވެސް ހަނދަށް ތިރިކުރާނީ ހަމަ އެ ސަރަހައްދަށް ކަމަށެވެ. އަދި މިޝަންގެ އިކްއިޕްމަންޓަށް 35 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް މުޅި މިޝަންގެ ޚަރަދު ހާމަކޮށްފައެއް ނުވެ އެވެ.

އިންޑިއާގެ ޖައްވީ ސައެންސްވެރިންނަށް ބޮޑު ވަޒީރު މޯދީ ހިތްވަރު ދެއްވަނީ. --ފޮޓޯ:އޭއެފްޕި

އިންޑިއާގެ ޖައްވީ ސައެންސްވެރިންނަށް ބޮޑު ވަޒީރު މޯދީ ހިތްވަރު ދެއްވަނީ. --ފޮޓޯ:އޭއެފްޕި

އިންޑިއާގެ ސްޕޭސް ޑިޕާޓްމަންޓުގެ ޖޫނިއާ މިނިސްޓަރު ޖިތެންދުރަ ސިންގް ވިދާޅުވީ އާ މިޝަން ހުރިހާ ގޮތަކުން ވެސް ޚަރަދު ކުޑަވާނެ ކަމަށެވެ.

ސިވަން ވިދާޅުވީ މި އަހަރު 25 ޖައްވީ މިޝަން ހިންގަން އިންޑިއާ އިން ނިންމާފައިވާ ކަމަށެވެ. މީހުންނާ އެކު ޖައްވީ އުޅަނދެއް ފޮނުވުމުގެ މަސައްކަތް ވެސް ކާމިޔާބުކަމާ އެކު ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ. އަދި ހަތަރު އެސްޓްރޮނޯޓުން ނަގައި، ތަމްރީނު ދެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޗަންދުރަޔާން-2 އަށް ވީ ކިހިނެއް؟

އިންޑިއާގެ ޖައްވީ އުޅަނދު ޗަންދުރަޔާން-2 ގެ ވިކްރަމް މޮޑިއުލް މިދިޔަ ސެޕްޓެމްބަރު މަހު 7 ވަނަ ދުވަހުގެ ރޭހަނދަށް ތިރިކުރަނިކޮށް މައްސަލަ ދިމާވީ ހަނދުގެ ސަތަހައާ 2.1 ކިލޯ މީޓަރު (1.3 މޭލު) އަށް ތިރިކުރި ފަހުންނެވެ. ޗަަންދުރަޔާން-2 ޖައްވަށް އުދުއްސާލީ ޖުލައި 22 ވަނަ ދުވަހު އެވެ. އެ އުޅަނދު ހަނދުގެ އޯބިޓަށް ވަދެފައި ވަނީ އޮގަސްޓް 20 ވަނަ ދުވަހު އެވެ. ވިކްރަމް މޮޑިއުލްގެ ބައިތައް ހަނދުގައި ވަނިކޮށް ސެޓެލައިޓް ފޮޓޯތަކުގެ އެހީގައި ވަނީ ހޯދައިފަ އެވެ.

އިންޑިއާގެ ފުރަތަމަ "މޫން މިޝަން" - ޗަންދްރަޔާން-1 ގެ ދަތުރުގައި 2008 ވަނަ އަހަރު ވަނީ ހަނދުގެ ފަށަލައިގައި ފެން ހުރިތޯ ރާޑަރުގެ އެހީގައި ބަލައިފަ އެވެ.