ބޭނުން އަދަދެއް ޖަހާފައި، ޕެންޝަންގެ ފައިސާ ބޮޑުކުރުމުގެ ބިލެއް ހުށައެޅިޔަސް އެގޮތަށް އެކަން ކުރުމަކީ ދައުލަތުގެ މާލިއްޔަތު ފުނޑާލުން ކަހަލަ ކަމެއް ކަމަށް ވިދާޅުވެ، އަބްދުﷲ ޖާބިރަށް، ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބު މިއަދު ރައްދު ދެއްވައިފި އެވެ.
16 ޖުލައި 2019
ބޭނުން އަދަދެއް ޖަހާފައި، ޕެންޝަންގެ ފައިސާ ބޮޑުކުރުމުގެ ބިލެއް ހުށައެޅިޔަސް އެގޮތަށް އެކަން ކުރުމަކީ ދައުލަތުގެ މާލިއްޔަތު ފުނޑާލުން ކަހަލަ ކަމެއް ކަމަށް ވިދާޅުވެ، އަބްދުﷲ ޖާބިރަށް، ހުޅުދޫ ދާއިރާގެ އިލްޔާސް ލަބީބު މިއަދު ރައްދު ދެއްވައިފި އެވެ.
އުމުރުން ދުވަސްވީ މީހުންނަށް ދެމުން އަންނަ އިނާޔަތް 10،000ރ. އަށް ބޮޑު ކުރަން، ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖާބިރު ހުށަހެޅުއްވުމާ ގުޅިގެން އިލްޔާސް ވިދާޅުވީ ޖީޑީޕީ އާއި އިންފްލޭޝަން ހުރި ވަރު ނުބަލައި "ސިކުނޑި" އަށް އަންނަ އަދަދެއް ގަނޑެއްގައި ޖަހައިގެން ހުށެޅުން ގަބޫލުނުކުރެއްވޭ ކަމަށެވެ.
"ލޯ މަރާލާފައި އަދަދެއް ޖަހައިގެން ގެނައުމަކީ މާލިއްޔަތު ފުނޑާލުން ކަހަލަ ކަމެއް،" އިލްޔާސް ވިދާޅުވި އެވެ.
ދުނިޔޭގެ ގައުމުތަކުގައި ޕެންޝަން ފައިސާ އަށް ބަދަލުތަކެއް ގެންނަނީ، އޭނާ ވިދާޅުވި ގޮތުގައި، ދައުލަތަށް އާމްދަނީ ލިބޭ މިންވަރާއި ހަރަދު ކުރަނީ ކިހާ ވަރެއްތޯ އާއި ޖީޑީޕީ އާއި އިންފްލޭޝަން ހުރީ ކިހިނެއްތޯ ބަލާފަ އެވެ. އަދި އެއީ ވަރަށް މާތް މަގްސަދެއްގައި ދޭ ފައިސާއެއް ކަމަށް ވެސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
އިލްޔާސް ވިދާޅުވި ގޮތުގައި ކޮންމެ މަހަކު ޕެންޝަންގެ ގޮތުގައި 90 މިލިއަން ރުފިޔާ ލިބެ އެވެ. އޭގެ ތެރެއިން 45 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ދެނީ ޕްރައިވެޓް ސެކްޓަރުން ކަމަށާއި ބާކީ 45 މިލިއަން ރުފިޔާއަކީ ދައުލަތުގެ އެކި މުއައްސަސާތަކުން ދޭ އަދަދު ކަމަށް ވިދާޅުވި އެވެ.
"މި މަހު އެކަނި ވެސް 18،000 މީހުންނަށް 5،000ރ. ގެ ރޭޓުން އެބަ ދޭ 83 މިލިއަން ރުފިޔާ. އޭގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުން ގަވައިދެއް ހަދައިގެން ޕެންޝަން އެބަ ނަގާ،" ފުލުހުންނާއި އެމްއެންޑީއެފާއި ކަރެކްޝަނަލް ސާވިސް ފަދަ މުއައްސަސާތައް ފާހަގަކުރައްވައި އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި މަހު ވެސް 105 މިލިޔަން ރުފިޔާ ދައުލަތުން ޕެންޝަނަށް ހަރަދު ކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން ޕެންޝަނަށް 90 މިލިއަން ރުފިޔާ މަހަކު ލިބި، އޭގެ ބަދަލުގައި 105 މިލިއަން ރުފިޔާ މަހަކު ހޭދަކުރާ ނަމަ ދެކޮޅުޖެހޭނީ ކިހިނެއްތޯ އިލްޔާސް ސުވާލު ކުރެއްވި އެވެ. އަދި ދަރީންގެ ދަރީންނަށް ޕެންޝަން ފޯރުކޮށްދިނުމަށް ހަރުދަނާ އުސޫލެއް ގާއިމްވެފައި އޮތުން މުހިންމު ކަމަށް، ޖާބިރުގެ އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިއުއްވަމުން އިލްޔާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ފިނޭންސް މިނިސްޓްރީން ދައުލަތުގެ އޮޑިޓެއް ހަދަން ޖެހެ އެވެ. އަދި ދައުލަތުގެ މާލީ ގާބިލްކަމުގެ އެ އޮޑިޓް ރައްޔިތުންނަށް އާންމުކުރަން ވެސް އޭނާ އެދިވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަދި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވިދާޅުވީ މިހާރު އަމަލު ކުރަމުން އަންނަ ބަޖެޓުގެ އަމާޒު ގެއްލޭ ގޮތަށް ހުށަހަޅާ އެއްވެސް ބިލަކަށް ތާއީދު ނުކުރެއްވޭނެ ކަމަށެވެ. އެކަމަކު ދުވަސްވީ މީހުންގެ އިނާޔަތް ބޮޑުކުރަން ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ، ނިޔާޒް ވިދާޅުވީ އެފަދަ އިސްލާހުތައް ވެސް މަޖިލިހުގެ ތަޅުމަށް އަންނަން ވާނީ ވަކި އިންތިޒާމުތަކެއް ހަމަޖެހުނީމަ ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވާހަކަ ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
"އަމާޒެއް ނެތި، އެއްވެސް މިސްރާބެއް ނެތި އަންނަ ބިލަކަށް އަޅުގަނޑުމެން ތާއީދު ކުރާކަށް ނެތިން. އިންތިޒާމުވެގެން ކަންކަން ކުރެވޭ ގޮތަށް އަޅުގަނޑުމެން މި އަންނަނީ،" ނިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަން ދޭން ބިލިއަނެއްހާ ރުފިޔާ ހޭދަކުރި އެވެ. އަދި މި އަހަރު ވެސް ގާތްގަނޑަކަށް އެހާ ވަރު ހަރަދުވާ އިރު، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ބޮޑު އަދަދެއް ހޭދަކުރާ ކަމަށް ވިދާޅުވި އެވެ.
48 ގަޑިއިރު ބަންދުގައި ބަހައްޓަން ކަމަކު ނުދިޔަ
މެމްބަރުންގެ އާއިލީ މާލީ ބަޔާން ހާމަނުކުރަން ފާސްްކޮށްފި
ޑިވިޑެންޑުން ޓެކްސް ނަގާތީ ބައެއް މެމްބަރުންގެ ނުރުހުން
ބޮޑު ހިޔާނާތް ހަ ބިލިއަން ރުފިޔާއަށް އަރާނެ: އިލްޔާސް
ގަރާރަކަށް ފަހު، ގަރާރެއް! ނަތީޖާއަކީ ކޮބާ؟
ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް މަޖިލިހުން ފާސްކޮށްފި
ޔަޒީދުގެ މަގާމު ގެއްލޭ ގޮތަށް ބިލު ބަދަލުކޮށްފި
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި
މީރާގެ ވެރިން ވަކިކުރުމުގެ ބާރު މަޖިލިހަށް ދެނީ
ހުކުމެއް ނެތި ޖަލުގައި ބޭއްވުމަކީ އަނިޔާ: މެމްބަރުން