Roadha Mihaaru
ގެދޮރު އަޅާނެ ލުއި ލޯނުގެ ސިޔާސަތު އިއުލާން ކުރަނީ

ގެދޮރު އަޅާނެ ލުއި ލޯނުގެ ސިޔާސަތު އަންނަ މަހު އިއުލާން ކުރަނީ

22 ޖުލައި 2019

ގެދޮރު އިމާރާތްކުރަން ބޭނުންވާ ލުއި ލޯނާ ގުޅޭ ސިޔާސަތުތައް އަންނަ މަހުގެ ފަހުކޮޅު އިއުލާނުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ގެދޮރު އިމާރާތްކުރަން ބޭނުންވާ ލުއި ލޯނާ ގުޅޭ ސިޔާސަތުތައް އަންނަ މަހުގެ ފަހުކޮޅު އިއުލާނުކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ހައުސިން މިނިސްޓަރު އައިމިނަތު އާތިފާ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އާތިފާ ވިދާޅުވީ ބޯހިޔާވަހިކަމުގެ ކަންކަމަށް ފަސް ޕަސެންޓާއި ހަ ޕަސަންޓުގެ އިންޓަރެސްޓް ރޭޓެއްގައި ލޯނު ދޫކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ވައުދެއް ކަމަށެވެ.

އެގޮތުން ވޭތުވެދިޔަ ހައެއްކަ މަސް ދުވަހުގެ ތެރޭގައި އެމްއެމްއޭ އާއި ދައުލަތުގެ މާލީ އިދާރާތަކާ އެކީގައި މަސައްކަތްކުރި އިރު، މިހާރު ކުރިއަށް ދަނީ އެންމެ ފަހު ޑްރާފްޓްގެ މަރުހަލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮގަސްޓް ފަހުކޮޅު، އެކަން އިއުލާން ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަންނަ އޮގަސްޓު މަސް ނިމޭ ހިސާބުގައި ވަރަށް އުފާވެރި ޚަބަރެއްގެ ގޮތުގައި، ފަސް ޕަސަންޓާއި ހަ ޕަސެންޓު އިންޓްރަސްޓުގައި ރާއްޖޭގެ އެތަން މިތަނުގައި ގެދޮރު އިމާރާތް ކުރުމަށްޓަކައި ލުއި ލޯނު ލިބުމުގެ މަސައްކަތް އާންމުވެގެން ދާނެ،" މިނިސްޓަރު އާތިފާ ވިދާޅުވި އެވެ.

އާތިފާގެ ޖަވާބާ ގުޅިގެން އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވަނީ ލޯނު ދޫކުރާނީ ކޮން ގޮތަކަށްތޯ ސުވާލު ކުރައްވައިފަ އެވެ.

ޖަވާބުގައި އާތިފާ ވިދާޅުވީ ލޯނުތައް ދޫކުރާނެ ވަކި ގޮތަކާ މެދު ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. އެކަމަކު، ކަމާބެހޭ ފަރާތްތަކުން ގުޅިގެން އިއުލާނުކުރާ ސިޔާސަތުތަކުގެ ތެރޭގައި އެ ހުރިހާ ތަފްސީލްތަކެއް ހިމެނޭނެ ކަމަށް ވެސް އާތިފާ ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް، ލޯން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެ ކަމަށް. އަޅުގަނޑުމެން އަމާޒުކުރާނީ ވެސް އެގޮތަށް،" އާތިފާ ވިދާޅުވި އެވެ.