ބީއެމްއެލް އަށް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމުގެ ކުރިން 724 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
25 ޖުލައި 2019
ބީއެމްއެލް އަށް މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމުގެ ކުރިން 724 މިލިއަން ރުފިޔާގެ ފައިދާ ވެފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ފަސް ޕަސެންޓުގެ ކުރިއެރުމެކެވެ. މިއީ މި މުއްދަތުގައި ލަފާ ކުރި މިންވަރަށް ވުރެ ރަނގަޅު ކުރިއެރުމެއް ކަމަށް ވެސް ބިއެމްއެލުން ބުންޏެވެ.
ބީއެމްއެލްގެ ކުއާޓާލީ ރިޕޯޓުތައް ދައްކާ ގޮތުގައި އެ ބޭންކަށް މި އަހަރުގެ މިހާތަނަށް ސާފު ފައިދާގެ ގޮތުގައި ވަނީ 528 މިލިއަން ރުފިޔާ ލިބިފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ ބޭންކަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 499 މިލިއަން ރުފިޔާ އެވެ.
ބީއެމްއެލުން ބުނީ އެ ބޭންކުގެ ހިންގުމުގެ ހަރަދު މި އަހަރު ބޮޑުވެފައި ވީނަމަވެސް ވިޔަފާރީގެ ދާއިރާތަކުންނާއި ބޭންކުން ދޫކުރާ ލޯނުތަކުން ކުރިއެރުން ލިބިފައިވާ ކަމަށެވެ. ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ގާނޫނުގައި ކަނޑައަަޅާފައިވާ މިންވަރަށްވުރެ މަތީގައި ހިފެހެއްޓިފައި ހުރި ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.
އެ ބޭންކުން ވަނީ މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ތަފާތު އެކި ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ތައުލީމާއި، ކުޅިވަރާއި، ތިމާވެށީގެ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ އެކު 50 ޕްރޮޖެކްޓެއް ހިންގި އެވެ. މީގެ އިތުރުން މުޖުތަމަ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިންގާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމެއް ވެސް ބީއެމްއެލުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.
ދެވަނަ ކުއާޓާގައި ބީއެމްއެލްއަށް 592 މިލިއަން ރުފިޔާ
ބީއެމްއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް
ބީއެމްއެލްއަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް!
ޗެންޕިއަންސް ލީގުގައި ދަނޑަށް އެރުމުގެ ފުރުސަތު
ބީއެމްއެލް އެޕާއި ޕޯޓަލްއިން ފިތުރު ޒަކާތް ދެއްކޭނެ
ބީއެމްއެލް "ރަން ފުރުސަތު" އިތުރު ތިން ފިހާރައެއްގައި
ސިކުންތުކޮޅެއްގެ ތެރޭގައި ބީއެމްއެލްގެ ކޮންމެ ހިދުމަތެއް
ކުޅުދުއްފުށީގައި ޑޮލަރު އޭޓީއެމްގެ ހިދުމަތް ފަށައިފި
އެސްޓީއޯއާ ގުޅިގެން ބީއެމްއެލްގެ ހާއްސަ ޕްރޮމޯޝަނެއް
ދ. އަތޮޅު ހުރިހާ ރަށަކުން މިހާރު އޭޓީއެމްގެ ހިދުމަތް