ފިއްލަވައިގެން ޓަގް ބޯޓެއްގައި އިންޑިއާ އަށް އެތެރެވުމުގެ ފުރުސަތު ނުދީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއާ ހަވާލު ކުރީ ބޯޓުގައި ރާއްޖެ ސަރަހައްދަށް ގެންގޮސްފައި ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ. އެކަމަކު، އަދީބު ފިލަން މަސައްކަތް ކުރި މައްސަލާގައި ދިވެހި ފުލުހުންނާއި ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އެހެން އިދާރާތަކުގެ އިސްވެރިން އަދި ތިއްބެވީ ހިމޭނުންނެވެ.
03 އޯގަސްޓް 2019
ފިއްލަވައިގެން ޓަގް ބޯޓެއްގައި އިންޑިއާ އަށް އެތެރެވުމުގެ ފުރުސަތު ނުދީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެއާ ހަވާލު ކުރީ ބޯޓުގައި ރާއްޖެ ސަރަހައްދަށް ގެންގޮސްފައި ކަމަށް އެ ގައުމުގެ ނޫހަކުން މިއަދު ބުނެފި އެވެ. އެކަމަކު، އަދީބު ފިލަން މަސައްކަތް ކުރި މައްސަލާގައި ދިވެހި ފުލުހުންނާއި ދިވެހި ސަރުކާރުގެ ކަމާ ގުޅޭ އެހެން އިދާރާތަކުގެ އިސްވެރިން އަދި ތިއްބެވީ ހިމޭނުންނެވެ.
އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވުނު އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނިކޮށް، ޓަގު ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ދަތުރު ކުރައްވަނިކޮށް އިންޑިއާގެ ޓުޓިކޮރިން ބޭރުން އެ ގައުމުގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އަދީބު ގެންދިޔައީ މިދިޔަ ބުރާސްފަތި ދުވަހު މެންދުރެވެ.
މި ކަމާ ގުޅިގެން، އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ"ގައި އެ ގައުމުގެ ސަރުކާރެއްގެ އޮފިޝަލަކާ ހަވާލީ ބުނީ އަދީބު، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށް ނިމިފައިވާ ކަމަށެވެ. އަދި އަދީބު ރާއްޖެ ފޮނުވާލީ ޑީޕޯޓު ކުރުމަށް ފަހު ކަމަށް ދެކެވޭ ވާހަކަތައް އޮފިޝަލް ދޮގު ކުރެއްވި އެވެ.
"ކުރީގެ ނައިބު ރައީސް އިންޑިއާ އަށް އެތެރެވާން މަސައްކަތް ކުރީ އެތެރެވާން ޖެހޭ ސަރަހައްދަކުން ނޫން. އޭނާގެ އަތުގައި ސައްހަ ޑޮކިއުމަންޓެއް ވެސް ފެންނާކަށް ނެތް،" އޮފިޝަލް ވިދާޅުވި އެވެ.
އަދީބު އިންޑިއާ އަށް އެތެރެވުމަށް ބޭނުން ކުރެއްވި ޓަގް ބޯޓު އިއްޔެ ޓުޓިކޮރިން ސަރަހައްދުގައި. --- ފޮޓޯ: ދަ ހިންދު
އެ ނޫހުގައިވާ ގޮތުން އިންޑިއާގެ ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށުން އަދީބު ޓަގް ބޯޓުގައި ރޭ ދަންވަރު ގެންދިޔައީ ރާއްޖޭގެ ކަނޑުގެ ސަރަހައްދާއި އިންޑިއާގެ ކަނޑުގެ ސަރަހައްދު ގުޅޭ ހިސާބަށެވެ. އެ އަށް ފަހު، އަދީބު އެރުވީ އެމްއެންޑީއެފްގެ ކޯސްޓްގާޑު އުޅަނދަކަށް ކަމަށް ނޫހުގައިވެ އެވެ. އަދި ދިވެހި ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް އަދީބު ގެންދިޔަ ކަމަށް ވެސް ނޫހުގައިވެ އެވެ.
ނޫހުގައި އޮފިޝަލް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ޓަގް ބޯޓު ގެންދިޔައީ އެ ބޯޓުން ދަތުރު ކުރި މީހުންގެ މެޑިކަލް ޗެކަޕެއް ހަދައި، ކާބޯތަކެތި ދިނުމަށް ފަހު އެވެ.
ދަ ހިންދޫގައިވާ ގޮތުން އެގޮތަށް އިންޑިއާ އިން އަމަލު ކުރީ ހިމާޔަތް ހޯދަން އަންނަ މީހުންނާ މެދު އަމަލު ކުރަން ޖެހޭ އުސޫލުތަކާ ހިލާފުވުމުގެ ތުހުމަތުން ބަރީއަވުމުގެ ބޭނުމުގަ އެވެ.
އިންޑިއާގެ ސަލާމަތީ ބާރުތަކުން އަދީބު ހިފަހައްޓާފައި ވަނިކޮށް، އަދީބަށް ހިމާޔަތް ދިނުމަށް އެމަނިކުފާނުގެ ބައިނަލްއަގްވާމީ ވަކީލުން ވަނީ ގޮވާލައްވައިފަ އެވެ. އެކަމަކު، ސަރުކާރުގެ އޮފިޝަލަކު ވިދާޅުވީ އަދީބު އިންޑިއާ އަށް އެތެރެވެފައި ނުވާތީ އެ ގައުމުން އޭނާ ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށެވެ.
އަދީބު ފިލަން ކުރެއްވި މަސައްކަތް ފަޅާ އެރުމުން، ފުލުހުން ނެރުނު ބަޔާނުގައި ބުނީ އަދީބު ފިލައިގެން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށާއި އެމަނިކުފާނު ރާއްޖެ އަށް ގެނައުމުގެ ކަންކަން ބޭރުގެ ގައުމުތަކާ ގުޅިގެން ކުރިއަށް ދާ ކަމަށެވެ. އަދި ފުލުހުން ބުނެފައި ވަނީ އަދީބު ފިލުމަށް އެހީވި ފަރާތްތަކާ މެދު ވެސް ފިޔަވަޅު އަޅާނެ ކަމަށެވެ. މި ބަޔާނަށް ފަހު، އަދީބު ފިލި މައްސަލައިގައި ދިވެހި ފުލުހުންގެ ބަހެއް ނެތެވެ.
އަދީބު ޓަގް ބޯޓުގައި
އަދީބު ރާއްޖެއިން ބޭރަށް ދަތުރު ކުރެއްވީ މޮންގޯލިއާގައި ރަޖިސްޓަރީ ކޮށްފައިވާ "ވާގޯ" ކިޔާ ޓަގު ބޯޓެއްގަ އެވެ. އެއީ އިންޑިއާއިން ހިލަ ހިފައިގެން އާންމުކޮށް ރާއްޖެ އަންނަ ޓަގް ބޯޓެކެވެ. އެ ޓަގް ބޯޓުގައި ފަޅުވެރިންގެ ގޮތުގައި މަސައްކަތް ކުރަނީ އިންޑިއާގެ ފަޅުވެރިއަކާއި އިންޑޮނިޝިއާގެ އަށް މީހުންނެވެ. އަދީބާ އެކު އެ ހުރިހާ ފަޅުވެރިން ވެސް ރާއްޖެ ގެންނަ ކަމަށްވެ އެވެ.
އަދީބުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ އިންޑިއާގެ ހިމާޔަތަށް އަދީބު އެދިވަޑައިގަތީ، ސިޔާސީ ބޭނުމެއްގައި ދައުވާ އުފުލުމުގެ ބިރު އޮތުމާއި، ދޮގު ބަޔާންތައް ދިނުމަށް ރާއްޖޭގެ ތަހުގީގީ އިދާރާތަކުން އެމަނިކުފާނަށް މަޖުބޫރު ކުރަމުންދާތީ ކަމަށެވެ. ވަކީލުންގެ ޓީމުން އެގޮތަށް އެދުނު ކަމުގައިވިޔަސް، އިންޑިއާ އިން ވަނީ އެ ގޮވާލުމަށް ބީރު ކަންފަތެއް ދީފަ އެވެ.
އަދީބު ހައްޔަރުކޮށްގެން ދޫނިދު އަށް ގެންގޮސްފި
އަދީބަށް ހިމާޔަތް ނުދީ ފޮނުވާލުމުން ކަންބޮޑުވޭ:އެމްޓީޑީ
އަދީބު ފިލި މައްސަލާގައި ދިވެހި ފުލުހުން ހިމޭނުން!
އިންޑިއާ އިން ހިމާޔަތް ނުދީ އަދީބު އަނބުރާ ރާއްޖެއަށް
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް އެބަކުރަން: ޕޮލިސް
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު ފުރާނީ އަންނަ ހުކުރު ދުވަހު، 26 ގައި އަންނާނެ
އަދީބު ގެންނާނެ ކަމަށް ވީ ވައުދު ފުއްދިއްޖެ: އިމްރާން
ބޭސްފަރުވާ އަށް ފަހު އަދީބު ރާއްޖެ ވަޑައިގެންފި