Roadha Mihaaru
911 އަށް ގުޅާފައި އޯޑަރު ދިނުމުން ޕިއްޒާ ފޮނުވައިފި

911 އަށް ގުޅާފައި އޯޑަރު ދިނުމުން ޕިއްޒާ ފޮނުވައިފި

09 އޯގަސްޓް 2019

އެމެރިކާގެ ގެއަކުން ފުލުހުންގެ އެމަޖެންސީ ނަމްބަރު 911 އަށް ގުޅައި، ބަނޑުހައިވެގެން އުޅޭ ކަމަށް ބުނުމުން ޕިއްޒާއެއް ގަނެދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގެ ގެއަކުން ފުލުހުންގެ އެމަޖެންސީ ނަމްބަރު 911 އަށް ގުޅައި، ބަނޑުހައިވެގެން އުޅޭ ކަމަށް ބުނުމުން ޕިއްޒާއެއް ގަނެދީފި އެވެ.

މި ވާހަކަ ފްލޮރިޑާގެ ސެންފޯޑް ޕޮލިސް ޑިޕާޓްމަންޓްގެ ފޭސްބުކް ޕޭޖްގައި ފޮޓޯއަކާ އެކު ހިއްސާކުރަމުން ބުނީ މި މަހުގެ ތިން ވަނަ ދުވަހު ލިބުނު ކޯލެއްގައި ގުޅީ ތުއްތު ކުއްޖެއް ކަމަށާއި ގުޅާފައި ބަނޑުހައިވެގެން އުޅޭތީ ޕިއްޒާއެއް ފޮނުވައި ދޭން އެދުނު ކަމަށެވެ.

އެ ކޯލާ ގުޅިގެން ފުލުހުން އެ ގެއަށް ގޮސް ކަންތައް ވީ ގޮތް އޮޅުން ފިލުވުމުން، ފަސް އަހަރުގެ މެނުއެލް ބެޝާރާގެ 15 އަހަރުގެ ދައްތަ ބުނީ ކޮއްކޮ 911 އަށް ގުޅި އިރު ގޭގައި ތިބީ ދެ ކުދިން އެކަނި ކަމަށެވެ. އޭނާ ބުނި ގޮތުގައި ކޮއްކޮ އެ ނަމްބަރަށް ގުޅީ ފޯނާ ކުޅެން އިންދައި ފޯނު އަތުލައިގެންނެވެ.

އަންހެން ކުއްޖާ ފުލުހުން ގާތު ބުނީ ދެ ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ ކަމެއް ނެތް ކަމަށެވެ. ނަމަވެސް މެނުއެލް ގުޅާފައި ޕިއްޒާއަކަށް އެދިފައިވާތީ ފުލުހުން ޕިއްޒާއެއް ގަނެދިނެވެ.

އަދި އެ ގެއިން ދިއުމުގެ ކުރިން ގެއަށް ދިޔަ ފުލުހުންގެ ޓީމުން ވަނީ މެނުއެލް އަށް 911 އަށް ގުޅަން ޖެހޭ ސަބަބުތައް ވެސް ކިޔައި ދީފަ އެވެ.

ފުލުުހުން ފޭސްބުކްގައި ހިއްސާކުރި ސްޓޭޓަސް ނިންމާލާފައި އޮތީ "#ޕްލީޒްޑޯންޓްކޯލްފޮޑެލިވަރީ" ޖަހައިފަ އެވެ.