14 މާޗް 2019
އެމެރިކާގެ ފްލޮރިޑާގެ ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި ފުލަހަކު "އަންހެނުން ހޯދަން" ފުލުހުންގެ ޑޭޓާބޭސް ބޭނުންކޮށް، ބައެއް އަންހެނުންނާ ގުޅުން ވެސް ހިންގާފައިވާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
އެމެރިކާގެ ފްލޮރިޑާގެ ފުލުހުންގެ ޓްރެފިކް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި ފުލަހަކު "އަންހެނުން ހޯދަން" ފުލުހުންގެ ޑޭޓާބޭސް ބޭނުންކޮށް، ބައެއް އަންހެނުންނާ ގުޅުން ވެސް ހިންގާފައިވާ މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
މިކަމާ ބެހޭ މައުލޫމާތު ދެމުން ބްރޭންޑަން ޕޮލިސް ޑިޕާޓްމަންޓްގެ ޗީފް މެލަނީ ބީވެން ވިދާޅުވީ ކުރިން ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރި ލިއޮނަލް މެރައިންސް ފުލުހުންގެ ލޯ އެންފޯސްމަންޓް ޑޭޓާބޭސް "އަމިއްލަ ޑޭޓިން ސައިޓެއް" ގެ ގޮތުގައި ބޭނުންކޮށްފައިވާ މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު، އޭނާގެ މަޅީގައި ޖެހުނު 150 އަށް ވުރެ ގިނަ އަންހެނުންނާ ބެހޭ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މެލަނީ ވިދާޅުވި ގޮތުގައި ލިއޮނަލްގެ މައްސަލަ ފަޅާއެރީ މިދިޔަ ޖޫން މަހުގެ ތެރޭގައި އަންހެނަކާއި އޭނާގެ އާއިލާ އިން މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކުރުމުންނެވެ.
މެލަނީ ވިދާޅުވީ މަގުމަތީގައި ޓްރެފިކް ބަލަހައްޓަން އުޅުމުގެ ތެރޭގައި ބައެއް އަންހެނުންގެ ފަހަތުން އަޅުވާލައިގެންނާއި ބައެއް މީހުންގެ ޑްރައިވިން ލައިންސަންސް ފަދަ އެއްޗެހީގައި ހިމެނޭ މައުލޫމާތު ވެސް ބޭނުންކޮށްގެން ގިނަ ދުވަސްތަކަށް ވަންދެން އަންހެނުންނާ ބެހޭ ޒާތީ ވަރަށް ގިނަ މައުލޫމާތު ފުލުހުންގެ ޑޭޓާ ބޭސް މެދުވެރިކޮށް ހޯދައި، ބައެއް އަންހެނުންނާ އެކު ޖިންސީ ގުޅުން ވެސް ލިއޮނަލް ހިންގައިފައިވާ ކަމަށެވެ. އަދި ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި އޭނާ މިކަމެއް ކުރަމުން ދިޔައީ 2012 ވަނަ އަހަރުން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިއީ ހަގީގަތުގައި ވެސް އަހަރެމެން ވަރަށް ކަންބޮޑުވާ މައްސަލައެއް،" ނޫސްވެރިންނާ ބައްދަލު ކުރައްވައި މެލަނީ ވިދާޅުވި އެވެ. "އެންމެ ބޮޑު ދެރައަކީ ފުލުހުންގެ ޔުނިފޯމްގައި ހުރެގެން މިފަދަ އަމަލެއް ކޮށްފައިވާތީ. މިކަލަހަ ކަންކަމުގެ ސަބަބުން ހަގީގަތުގައި ފުލުހުންގެ އަގު އާންމުންގެ ކުރިމަތީގައި ވެއްޓޭނީ. ފުލުހުންގެ ޔުނިފޯމަކީ ވަރަށް ޝަރަފުވެރި އެއްޗެއް."
"އަންހެނުން ހޯދަން" ފުލުހުންގެ ޑޭޓާބޭސް ބޭނުން ކުރި މައްސަލާގައި 12 އަހަރު ފުލުހުންގެ ހިދުމަތުގައި އުޅުނު ލިއޮނެލް މުސާރަ ނުލިބޭ ގޮތަށް ވަޒީފާ އިން ސަސްޕެންޑް ކުރުމުން އޭނާ ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހު އަމިއްލަ އަށް ފުލުހުންގެ ވަޒީފާ އިން ވަކިވެފަ އެވެ.
ލިއޮނަލްގެ މައްސަލާގައި ބްރޭންޑަން ފުލުހުންގެ ޗީފް މެލަނީ މައުލޫމާތު ދެއްވަނީ.
"ހަގީގަތުގައި އޭނާގެ އަމަލަކީ ހަމަ ވަގުތުން ވަޒީފާ އިން ވަކިކޮށްލަން ވެސް ޖެހޭ ވަރުގެ ކަމެއް،" މެލަނީ ވިދާޅުވި އެވެ.
މި މައްސަލައިގެ އިންޓާނަލް ތަހުގީގެއް ކުރުމަށް ފަހު، ބްރޭންޑަން ޕޮލިސް ޑިޕާޓްމަންޓުން ވަނީ ލިއޮނަލްގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން އެފްބީއައިއާ ވެސް ހަވާލުކޮށްފަ އެވެ. އަދި އާންމުން އޭނާ އަށް ސަމާލުވާން އިލްތިމާސްކޮށް، ފުހުން ވަނީ ލިއޮނަލްގެ ފޮޓޯއެއް ވެސް އާންމުކޮށްފަ އެވެ.
ބިލް ގޭޓްސްއާ އިންނަން އެހީ ސަމާސާއަކަށް ކަމަށް ބުނެފި
ވިލްޑީން ބޭނުމީ އެންމެ ކުރު ފާމަސިސްޓަށް ވާން
އުފަން ދުވަހު ފަތައިގެން ދުނިޔޭގެ ރެކޯޑެއް
ވަރި އަކީ މައްސަލައެއް ނޫން: ޖިލް ބައިޑެން
ގެއްލުނު އަނގޮޓި 48 އަހަރު ފަހުން ހަދިޔާއަކަށް
ކައިވެނި ރޫޅުމުން އެންގޭޖްމަންޓް އަނގޮޓި ހަދިޔާކުރަނީ
ފްލައިޓް ޑިލޭވުމުން ހިންގި މާރާމާރީން ޖަލަށް
ހުވަފެނުގައި ދިރުވައިލި އަނގޮޓި އޮތީ ބަނޑުގައި
911 އަށް ގުޅާފައި އޯޑަރު ދިނުމުން ޕިއްޒާ ފޮނުވައިފި
އެމެރިކާ އަންހެނުން އިނގިރޭސި ފިރިހެނުން ކަމުދަނީ ކީއްވެ؟