Roadha Mihaaru

ހިންމަފުށީ އައްސޭރި ޖަލުން ފިލި ގައިދީއަކު ހޯދައިފި

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ރޭ ފިލި ގައިދީއަަކު ހޯދައި އަނބުރާ ޖަލަށް ވައްދައިފި އެވެ.

ހިންމަފުށި ޖަލުން ފިލި ގައިދީއަކު ހޯދައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

13 އޯގަސްޓް 2019

ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ރޭ ފިލި ގައިދީއަަކު ހޯދައި އަނބުރާ ޖަލަށް ވައްދައިފި އެވެ.

ފުލުހުން ބުނީ ހިންމަފުށީ އައްސޭރި ޖަލުން ގައިދީއަކު ފިލިކަމުގެ މައުލޫމާތު އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ލިބުނީ ރޭ 10:8 ގައި ކަމަށާއި އޭނާ ހޯދުނީ ގާތްގަނޑަކަށް 10:13 އެހާ އިރު ކަމަށެވެ.

ފިލި ގައިދީ ހޯދީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ގުޅިގެން ކުރި މަސައްކަތުންނެވެ.

މާފުށީ ޖަލުން ވެސް ދާދި ފަހުން ގައިދީ އަކު ފިލި އެވެ. ޖުލައިމަހު ފިލި އެ ގައިދީ އަތުލައިގަތީ ކެނޯއެއްގައި ދަތުރުކުރަނިކޮށް ކަނޑުމަތިންނެވެ. އެފަހަރު ގައިދީ ފިލީ ފަރުވާއަށް މެޑިކަލް ސެންޓަރަށް ގެންގޮސްފައި ހުއްޓަ އެވެ.