ސޮނެވާ ފުށިން އެ ރިސޯޓުގެ ފޮތް ފިހާރަ ހިންގާނެ "ބުކްސެލާ"އެއް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
18 އޯގަސްޓް 2019
ސޮނެވާ ފުށިން އެ ރިސޯޓުގެ ފޮތް ފިހާރަ ހިންގާނެ "ބުކްސެލާ"އެއް ހޯދަން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވި ފިހާރައެކެވެ. މި ފިހާރަ ހުޅުވުމަށް ބުކްސެލާއެއް ހޯދުމަށް އިއުލާން ކުރުމުން ގިނަ އަދަދެއްގެ މީހުން އެ މަގާމަށް ކުރިމަތިލި އެވެ. މިދިޔަ އަހަރު އެ ފިހާރަ ހުޅުވި ނަމަވެސް މި ސީޒަން ނިމުމާއެކު ފިހާރަ އަލުން ހުޅުވަން ނިންމާފައިވަނީ މި އަހަރުގެ އޮކްޓޯބަރު މަހު އެވެ.
ސޮނެވާ ފުށީގެ އިއުލާނެއްގައި ބުނީ ފޮތް ފިހާރަ ހިންގުމާ ހަވާލުވާ ފަރާތަކަށް ހަ މަސްދުވަހުގެ ހުރުމާއި ކެއުމަށް އެ ރިސޯޓުން ހަރަދު ކުރާނެ ކަމަށެވެ. މިހާރު މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
ބުކްސެލާގެ މަގާމަށް ކުރިމަތިލާ މީހަކީ ރިސޯޓަށް އަންނަ ހުރިހާ އުމުރެއްގެ ޓޫރިސްޓުންނާ ގުޅުން ބަދަހިކުރުމުގެ ހުނަރު ހުރި އިނގިރޭސި ބަހުން ލިޔަން ކިޔަން ދަންނަ މީހަކަށް ވާން ޖެހޭނެ އެވެ. މީގެ އިތުރުން ފޮޓޯ ނަގަން އެނގޭ، ސޯޝަލް މީޑިއާ އާއި ބްލޮގްތައް ހިންގަން އެނގޭ މީހަކަށް ވެސް ވާންޖެހޭނެ އެވެ.
ސޮނެވާ ފުށީގައި އާއިލާއެއް ފޮތް ކިޔުމުގައި-- ފޮޓޯ: ސޮނެވާ ފުށި
1. ފޮތް ފިހާރަ ހިންގުމާއި ވިޔަފާރީގެ ކަންތައްތައް ބެލެހެއްޓުން.
2. ސްޓޮކް މެނޭޖްކުރުން.
3. ޓޫރިސްޓުންނަށް ކްރިއޭޓިވް ރައިޓިން ކްލާސްތަކާއި ބިބްލިއޮ ތެރަޕީ (ވާހަކަ ކިޔައިދީގެން ދޭ ފަރުވާ) ދިނުން.
4. ރިސޯޓަށް އަންނަ ކުޑަ ކުދިންނަށް ޓިއުޝަން ނަގައިދިނުމާއި ލިޓްރޭޗާ ކްލާސްތައް ނަގައިދިނުން.
5. ސޮނެވާ ފުށީގެ "ބެއާފުޓް ބުކްސެލާ" އެކައުންޓްތައް ބެލެހެއްޓުން.
6. ނިއުސް ލެޓާތަކާއި ބްލޮގް ލިޔުން.
7. ސޮނެވާގެ މާކެޓިން ޓީމާ ގުޅިގެން މަސައްކަތްކުރުން.
މީގެ ކުރިން އެ ރިސޯޓުގައި ބުކްސެލާއެއްގެ ގޮތުގައި މަސައްކަތް ކުރި އެއިމީ ޖޯންސަން ވަނީ އެ ވަޒީފާ އަކީ ކޮންމެ މީހެއްގެ ވެސް ހުވަފެނީ ވަޒީފާގެ ގޮތުގައި ސިފަކޮށްފަ އެވެ.
ސޮނެވާގެ "ބެއާފުޓް ބުކް-ސެލާ" މަގާމަށް ޑިމާންޑް ބޮޑު
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ
އޮސްކާގެ އިނާމުތަކުގައި ރާއްޖޭގެ ޗުއްޓީ ދަތުރެއް
ރިސޯޓުތަކުން ޑޮލަރު މާރުކުރުމުގެ ހެޔޮ އަސަރު ރިޒާވަށް
ބީއެމްއެލްއިން ގްރީން ރިސޯޓް ފައިނޭންސިން ތައާރަފްކޮށްފި
ޓޫރިޒަމްގެ މާލީ ހައްލުތަކަށް ބީއެމްއެލް ތައްޔާރު:ޝަރީފް
ރިސޯޓުތަކުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރުކޮށްފި
ހއ. އަތޮޅުގައި 600 މިލިއަން ޑޮލަރުގެ ރިސޯޓެއް
އިމިގްރޭޝަނަށް ފިލަން 60 ބިދޭސީން މަޑުއްވަރީއަށް
ރިސޯޓުތަކުން 40 މިލިއަން ޑޮލަރު މާރުކުރާނެ