06 ސެޕްޓެމްބަރ 2018
ރިސޯޓްތަކާއި ލަގްޒަރީ ހޮޓާތަކަށް ލައިބްރަރީ އާއި ފޮތް ކަލެކްލެކްޝަން ތައްޔާރުކޮށްދޭ "އަލްޓިމެޓް ލައިބްރެރީ" ކުންފުނިން މިދިޔަ ހަފުތާގައި ވަނީ ބ.އަތޮޅު ސޮނެވާ ފުށި ރިސޯޓުގައި އެ ކުންފުނިން ހަދާ ބުކްޝޮޕެއްގެ "ބެއާފުޓް ބުކް-ސެލާ" މަގާމަށް އިއުލާންކޮށްފަ އެވެ.
ރިސޯޓްތަކާއި ލަގްޒަރީ ހޮޓާތަކަށް ލައިބްރަރީ އާއި ފޮތް ކަލެކްލެކްޝަން ތައްޔާރުކޮށްދޭ "އަލްޓިމެޓް ލައިބްރެރީ" ކުންފުނިން މިދިޔަ ހަފުތާގައި ވަނީ ބ.އަތޮޅު ސޮނެވާ ފުށި ރިސޯޓުގައި އެ ކުންފުނިން ހަދާ ބުކްޝޮޕެއްގެ "ބެއާފުޓް ބުކް-ސެލާ" މަގާމަށް އިއުލާންކޮށްފަ އެވެ.
މި އިއުލާން އިންޓަނެޓުގައި ވައިރަލް ވާކަށް ގިނަ އިރެއް ނުނެގި އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީޑިއާތަކުން ވަނީ "ޑްރީމް ޖޮބް"ގެ ގޮތުގައި މި ވަޒީފާގެ ވާހަކަ އިސްތިހާރުކޮށްފަ އެވެ. ފޮތް ކިޔުމަށް ލޯބިކުރާ އެންމެންނަށް، ޔުނެސްކޯ އިން ބަޔޮސްފިއާ ރިޒާވްއެއް ކަމުގައި ކަނޑައަޅާފައިވާ ތަނެއްގައި ހުންނަ ހާއްސަ ބުކްޝޮޕެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ވެގެން ދިޔައީ ހަޔާތުގައި ދެން ނުލިބޭނެ ފުރުސަތަކަށެވެ.
"މިދިޔަ ހަފުތާގައި އަހަންނަށް ހީވީ އަލިފާން ނިއްވާ ނިޒާމެއްގެ ދަށުގައި ހުރެވުނުހެން. ވަރަށް ގިނަ އެޕްލިކޭޝަން ލިބިނު،" އަލްޓިމެޓް ލައިބްރެރީ ކުންފުނީގެ ފައުންޑަ ފިލިޕް ބެކްވެލް ގާޑިއަން ނޫހުން ބުންޏެވެ.
"އަހަންނަށް 25 އަހަރު ނަމަ، އަހަރެން ވެސް މި ވަޒީފާ އަށް ކުރިމަތިލާނަން. މުސާރަ އެހާ ބޮޑެއް ނުވާނެ. އެކަމު މި ވަޒީފާއިން ލިބޭ އިނާޔަތްތައް ވަރަށްވެސް ތަފާތު، ދެގޮތެއް ނުވާނެ."
ބެކްވެލް ބުނީ، 40 ގައުމަކުން، 18 އަހަރާއި 83 އަހަރާ ދެމެދުގެ އެތައް ބަޔަކު މި ވަޒީފާއަށް ކުރިމަތިލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެކި ކަހަލަ މަސައްކަތްކުރާ މީހުން ހިމެނެ އެވެ. ބޭންކުތަކުގައި އުޅޭ މީހުންނާއި ބަޔޮލޮޖިސްޓުންނާއި ރާޅާ އަޅާ ޒުވާނުންގެ އިތުރުން، އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ޓީމުގެ މެންބަރެއް ވެސް، ސޮނެވާ ފުށީގައި މި ހުޅުވާ ބުކްޝޮޕްގައި މަސައްކަތް ކުރުމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.
"ޑެސްކެއް ކައިރި އިނދެގެން މަސައްކަތްކުރާ މީހުންނަށް ހީވާނެ މިއީ ވަރަށް ރަނގަޅު ފުރުސަތެއްހެން. މޫދު ކައިރީގައި ތިބެލައި، ދޮންވެލިގަނޑެއްގައި ހިނގާލުމުގެ ފުރުސަތަކަށް އެންމެ އެދޭނީ މިމީހުން ނޫންތޯ؟ އެހެންވެ، ހަފުތާއަކަށް ވުރެ ގިނަ ދުވަހަށް އެ ތަޖުރިބާ ލިބުން ވާނީ ވަރަށް ހާއްސަ ކަމަކަށް،" ބެކްވެލް ބުނެފައިވެ އެވެ.
"ބެއާފުޓް ބުކް-ސެލާ"ގެ ޒިންމާތަކުގެ ތެރޭގައި، އޭނާގެ އެ ވަޒީފާއާ ބެހޭ ބްލޮގެއް ހިންގުން ހިމެނެ އެވެ. މީގެ އިތުރުން، ކުޑަކުދިންނަށް ފޮތް ކިޔައިދިނުން، ގެސްޓުންނަށް ކްރިއޭޓިވް ރައިޓިން ކޯސް ހިންގުން ހިމެނެ އެވެ. އަދި ފޮތް ކިޔުމާއި އެކި އުމުރުގެ ގެސްޓުންނާ ފޮތްތަކާ ބެހޭ ވާހަކަ ދައްކައި، މަޝްވަރާކުރުން ވެސް އެއީ މި ވަޒީފާގެ ބައެކެވެ.
ސޮނެވާ ފުށިން ބުނީ، މިއީ ހަމައެކަނި ތިން މަހެއްހާ ދުވަހަށް ހަދާ "ޕޮޕް-އަޕް" ބުކްޝޮޕެއް ކަމަށެވެ. ޕީކް ސީޒަނާ ދިމާކޮށް، "އަލްޓިމެޓް ލައިބްރެރީ"ގެ މި ބުކްޝޮޕް ހުޅުވުމަށް ހަމަޖެހިފައިވަނީ ނޮވެންބަރު މަހު އެވެ.
ބިދޭސީންގެ ތެރޭގައި "ބެއާފުޓް ބުކް-ސެލާ"ގެ ވަޒީފާ މަގްބޫލު ވެފައި ވާއިރު، މި ބުކްޝޮޕުގެ ސަބަބުން ދިވެހިންނަށް ވާ ފައިދާއެއް ވެސް އެބަ އޮތެވެ. ސޮނެވާ އަކީ އަބަދުވެސް އެމީހުންގެ ރިސޯޓުތަކުގެ ކައިރީގައިވާ ރަށްރަށަށް އެކި ގޮތްގޮތުން އެހީވުމަށް މަޝްހޫރު ބްރޭންޑެކެވެ. އެގޮތުން ސޮނެވާ ފުށީގެ އޮފިޝަލަކު ވިދާޅުވީ، އެމީހުން މި ބުކްޝޮޕް ހަދަން "އަލްޓިމެޓް ލައިބްރެރީ" އާ ގުޅެން ބޭނުންވި އެންމެ ބޮޑު ސަބަބަކީ އެ ކުންފުނިން، އެ ރިސޯޓް ކައިރީގައިވާ ރަށްތަކަށް ފޮތް ހަދިޔާކުރަން އެއްބަސްވުން ކަމުގަ އެވެ. އަދި މިހާރު އަންނަނީ މި ބުކްޝޮޕް ހެދުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެތަނުގައި ހުންނާނީ ރާއްޖޭގެ ތިމާވެއްޓާއި ކަނޑާ ބެހޭ ފޮތްތަކުގެ އިތުރުން ސޮނެވާ ފުއްޓަށް އަންނަ މުއްސަނދި ގެސްޓުންނަށް ކަމުދާނެ ކަހަލަ "އިންޓަލެކްޗުއަލް" ފޮތްތަކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ހާސް ބަޔަކު ކުރިމަތިލި މި ވަޒީފާއަށް މިހާރު ވަނީ 15 މީހުން ޝޯޓް-ލިސްޓް ކޮށްފަ އެވެ. ބެކްވެލް ބުނީ މި ބުކްޝޮޕް ކާމިޔާބީއަކަށް ވެއްޖެ ނަމަ، ރާއްޖޭގައި އިތުރު ބުކްޝޮޕްތައް ހުޅުވުމުގެ ހިޔާލު ވެސް ގެންގުޅޭ ކަމަށެވެ. "މިއީ ގެޕް އިޔާ ޕްރޮޖެކްޓެއް. ރާއްޖޭގައި މާ ބައިވަރު ބުކްޝޮޕްތަކެއް ނުހުރޭ."
އީވާގެ އަލްބަމުން އަގުބޮޑު ސޮނެވާފުށި
ސޮނެވާފުށިން އަނެއްކާ ވެސް ބުކް ސެލާއެއް ހޯދަނީ
ސޮނޭވާ ސީކްރެޓް ރިސޯޓު ހުޅުވައިފި
އެމެރިކާގެ ކޭއެސްއެލް އިން ސޮނޭވާގެ ހިއްސާ ގަނެފި
ސޮނޭވާފުށީގެ އަގުބޮޑު ވިލާގެ މަގުބޫލުކަން ބޮޑުވަނީ
ހަ ރިސޯޓެއް ގުޅިގެން ބ. އަތޮޅު ޕްރޮމޯޓް ކުރަނީ
ސޮނޭވާ ޖާނީ، ސީއެންއެންގެ އެއް ވަނަ ރިސޯޓަށް
ސޮނޭވާގެ އާ ރިސޯޓް، ޖާނީ ހުޅުވައިފި
ތެލުވެލިގާ ރިސޯޓު ވިއްކާލަން އަނެއްކާވެސް ހުއްދަ ދީފި
ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްގެ ސީއީއޯއަކަށް ސޮލާހު