Roadha Mihaaru
އޮޅުން ބޮޅުން: ހަރަކާތްތެރި ރައްޔިތުންގެ މަޖިލިސް

އޮޅުން ބޮޅުން: ހަރަކާތްތެރި ރައްޔިތުންގެ މަޖިލިސް

19 އޯގަސްޓް 2019

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހަކީ މިއަދާ ހަމައަށް ރާއްޖޭގެ ތާރީޚުގައި ވެސް ފެނުނު އެންމެ ހަރަކާތްތެރި މަޖިލީހެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ ޤާނޫނީ، ގައުމީ އަދި ފަރުދީ ޒިންމާ އަދާކުރެއްވޭތޯ މަސައްކަތް ކުރައްވާތަން ފެންނަ މަޖިލީހެކެވެ. މަޖިލީހުގައި ކުރާ ބަހުސްތަކުގައި މެމްބަރުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވާ އިރު ހުށައަޅާފައި އޮތް މައްސަލަ އަށް ރަނގަޅަށް ތައްޔާރުވެވަޑައިގެން ވާހަކަ ދައްކަވާކަން އެނގެ އެވެ. ބައެއް ބޭފުޅުން، އެބޭފުޅުން ތައްޔާރު ކުރައްވާފައި އޮންނަ ނޯޓަށް ބައްލަވައިގެން ވާހަކަ ދައްކަވާތަން ވެސް ވަރަށް ގިނައިން ފެނެ އެވެ. ގިނަ ބޭފުޅުން ދައްކަވާ ވާހަކައިގައި އޮއްޓަރު ހުރެ އެވެ. ހުށައެޅިފައި އޮންނަ މައްސަލައަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައި ވާ ކަން ފެނިގެން ދެ އެވެ. މަސްވެރިކަމާ ބެހޭ މައްސަލައެއް މަޖިލީހަށް ހުށައެޅިގެން ބަހުސްކުރި އިރު މިކަން ވަރަށް ރީތިކޮށް ފެނިގެން ދިޔަ އެވެ. މި ގޮތަށް ބަހުސް ކުރެއްވުމުން އެ ބޭފުޅުން ދެއްކެވި ވަރަކަށް މައްސަލައިގެ ދެކޮޅު ރައްޔިތުންނަށް ފެނެ އެވެ. އެ ވާހަކަތަކުގެ އަލީގައި، އަޑުއަހާ މީހުންނަށް ވަކި ގޮތަކަށް ބުރަވުމަށް ނިންމަން ފަސޭހަ ވާނެ އެވެ.

މިހާރު ހިނގަމުން އަންނަ ރައްޔިތުންގެ މަޖިލީހަކީ މިއަދާ ހަމައަށް ރާއްޖޭގެ ތާރީޚުގައި ވެސް ފެނުނު އެންމެ ހަރަކާތްތެރި މަޖިލީހެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ބޭފުޅުންގެ ޤާނޫނީ، ގައުމީ އަދި ފަރުދީ ޒިންމާ އަދާކުރެއްވޭތޯ މަސައްކަތް ކުރައްވާތަން ފެންނަ މަޖިލީހެކެވެ. މަޖިލީހުގައި ކުރާ ބަހުސްތަކުގައި މެމްބަރުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވާ އިރު ހުށައަޅާފައި އޮތް މައްސަލަ އަށް ރަނގަޅަށް ތައްޔާރުވެވަޑައިގެން ވާހަކަ ދައްކަވާކަން އެނގެ އެވެ. ބައެއް ބޭފުޅުން، އެބޭފުޅުން ތައްޔާރު ކުރައްވާފައި އޮންނަ ނޯޓަށް ބައްލަވައިގެން ވާހަކަ ދައްކަވާތަން ވެސް ވަރަށް ގިނައިން ފެނެ އެވެ. ގިނަ ބޭފުޅުން ދައްކަވާ ވާހަކައިގައި އޮއްޓަރު ހުރެ އެވެ. ހުށައެޅިފައި އޮންނަ މައްސަލައަކާ ބެހޭ ގޮތުން މައުލޫމާތު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައި ވާ ކަން ފެނިގެން ދެ އެވެ. މަސްވެރިކަމާ ބެހޭ މައްސަލައެއް މަޖިލީހަށް ހުށައެޅިގެން ބަހުސްކުރި އިރު މިކަން ވަރަށް ރީތިކޮށް ފެނިގެން ދިޔަ އެވެ. މި ގޮތަށް ބަހުސް ކުރެއްވުމުން އެ ބޭފުޅުން ދެއްކެވި ވަރަކަށް މައްސަލައިގެ ދެކޮޅު ރައްޔިތުންނަށް ފެނެ އެވެ. އެ ވާހަކަތަކުގެ އަލީގައި، އަޑުއަހާ މީހުންނަށް ވަކި ގޮތަކަށް ބުރަވުމަށް ނިންމަން ފަސޭހަ ވާނެ އެވެ.

މިފަހަރުގެ މަޖިލީހުން، އާއްމުކޮށް ކުރީގެ މަޖިލީސްތަކުގައި ވަރަށް މަދުން ނޫނީ ފެންނަ މަންޒަރެއް ފެންނަމުން ދެ އެވެ. ބައެއް މައްސަލަތަކާ ބެހޭ ގޮތުން ބަހުސް ހިނގަމުން ދާއިރު ނުވަތަ މުއައްސަސާތަކުގެ އިސް ވެރިން، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހާޒިރުކޮށްގެން ސުވާލުކުރެވޭ އިރު "ޕާޓީ ރޮނގުން" ބޭރުން ސުވާލު ކުރެއްވުމެވެ. ނުވަތަ ވާހަކަ ދެއްކެވުމެވެ. ޕާޓީ ރޮނގުން ބޭރުން ކަމުގައި މި ދަންނަވަނީ ވެރިކަން ކުރާ ޕާޓީގައި ހިމެނޭ ބޭފުޅަކަށް ވިޔަސް، މަޖިލީހުން ފާސްކޮށްފައި އޮންނަ ޤާނޫނަކާ އެއްގޮތަށް ކަންތައް ނުކުރެއްވޭ ކަމަށް، ހަމަ އެ ޕާޓީގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މެމްބަރަކަށް ފެނިވަޑައިގަންނަވައިފި ނަމަ، އެ ކަމަކާ ބެހޭ ގޮތުން އެ ބޭފުޅަކު މަޖިލީހުގައި ޖަވާބުދާރީ ކުރުވުމަށް ވާހަކަ ދައްކަވާ ތަން ފެނުމެވެ. އަދި ބައެއް ފަހަރު ބައެއް މުއައްސަސާތަކުގެ ބޭފުޅުން އަޅުއްވާ ފިޔަވަޅާ މެދު ހިތްޕުޅުހަމަނުޖެހިގެން ނުވަތަ ލަސްވެގެން ހަމަ އެ ޕާޓީގެ މެމްބަރުން ވާހަކަ ދައްކަވާ ތަން ވެސް މަޖިލީހުގެ ތެރެއިން ފެނިގެން ދިއުމެވެ. ކޮމިޓީތަކަށް ހާޒިރުކުރާ މުއައްސަސާތަކުގެ ބޭފުޅުންނާ ސުވާލުކުރާ އިރު ވެސް ކަން އޮތް ގޮތް ސާފު ކުރެއްވުމަށް، އެއްވެސް ހިފެހެއްޓުމެއް ނެތި ސުވާލު ކުރައްވާ ތަން ފެނުމެވެ. އަދި ކަނޑައެޅިފައި އޮންނަ އާއްމު އުސޫލާ ޚިލާފަށް ކަންތައް ކުރެއްވީ ނުވަތަ ކަންތައް ކުރައްވަން ޖެހުނީ ކީއްވެތޯ ސުވާލު ކުރައްވާތަން ފެނެ އެވެ. ޚާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް އަލަށް ހޮވިވަޑައިގެންނެވި ޒުވާން މެމްބަރުންނެވެ. އެ ބޭފުޅުންގެ ޒުވާންކަމުގެ ޖޯޝާ އެކު، ގައުމު އިސްލާހުކުރުމުގެ މަގުން ކުރިއަށް ގެންދިއުމުގެ އަޒުމާ އެކު ކުރިއަށް ވަޑައިގެންނެވުމަކީ ރައްޔިތުންނަށް ހެޔޮ ފާލެކެވެ.

ސަރުކާރުގެ މައި މެޝިން ހިންގުމުގެ އެންމެ ބޮޑު ބާރަކީ ރައްޔިތުންގެ މަޖިލީހެވެ. ސަރުކާރުން ޤާނޫނަކަށް ހަދަން ފޮނުވާ ބިލްތައް މަޖިލީހަށް ހުށައެޅެނީ ވެރިކަން ކުރާ ޕާޓީގެ މެމްބަރުންގެ ތެރެއިންނެވެ. ސަރުކާރުގެ މަސައްކަތް ހަލުއިކުރެވޭނީ ސަރުކާރުގެ އެޖެންޑާގެ ތެރެއިން ކުރިއަށް ދިއުމަށް މަޖިލީހަށް ފޮނުވާ ބިލްތައް މަޖިލީހަށް ފެންނަ ގޮތަކަށް ކޮށައި މެށުމަށް ފަހު ފާސްކޮށް ޤާނޫނަކަށް ވުމުންނެވެ. މަޖިލީހުން ފާސްކުރާ ޤާނޫނާ އެއްގޮތަށް ކަންތައް ކުރިއަށް ގެންދެވޭތޯ ބެލުމަކީ މަޖިލީހުގެ ގާނޫނީ ޒިއްމާއެކެވެ. މި ޒިންމާ މަޖިލީހުން އަދާނުކުރުމުން ކަންތައް ވީ ގޮތް ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެ އޮތީ ފެންނާށެވެ. ޝަރުއީ ދާއިރާގެ މަސައްކަތަކީ މިކަމުގެ ލާމަސީލު މިސާލެކެވެ.

ހަމަޖެހިފައި އޮންނަ އުސޫލާ އެއްގޮތަށް، ވަޒީރުންނާ ސުވާލު ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމުން ދެ ފަރާތަށް ވެސް ފައިދާ އެވެ. ސުވާލުކުރާ ފަރާތަށާއި ޖަވާބު ދޭ ފަރާތަށެވެ. ސުވާލު ކުރާ ފަރާތަށް ބޭނުންވާ މަޢުލޫމާތު ސާފުކުރެވެ އެވެ. ޖަވާބު ދޭ ފަރާތަށް ކަން އޮތް ގޮތް ސާފުކޮށްދިނުމުގެ ރަނުގެ ފުރުސަތެއް ލިބެ އެވެ. ބައެއް ފަހަރަށް މި ގޮތަށް ކުރާ ސުވާލުން ބޯނަސް ފައިދާއެއް ވެސް ކުރެ އެވެ. މިސާލެއްގެ ގޮތުން އަންހެން މިނިސްޓަރަކަށް ކުރި ސުވާލެއްގެ ޖަވާބު ނަގަމާތޯ އެވެ. ބޭރުން ބަލާބެލުމަށް ޖަވާބު ދޭން އުނދަގޫ ވެދާނެހެން ހީވާ ސުވާލަށް ލިބުނީ އެއް ވަނަ ދަރަޖައިގެ ޖަވާބެކެވެ. ބޯނަސް ގޮތުގައި ލިބުނީ ބޭރު ފުށުން ލޫޅާފަތިކަމަށް ދައްކާ ޖިންސުގެ މީހުންނަކީ ކަންތައް ކުރުމުގައްޔާއި ހިންގުމުގައި ކެރޭ އަދި ހަރުދަނާ ބައެއްގެ ގޮތުގައި ފެނިގެން ދިއުމެވެ. އަންހެނުން ބަދިގެ އަށް ފޮނުވާ، ސުފުރާ ދޮންނަން ހަވާލުކުރާ ފަރާތްތަކަށް ހިތްދަތި މެސެޖެކެވެ. އަންހެނުންގެ ކުޅަދާނަކަން ފެނިގެން ދިއުމެވެ.

ކުއްލި މައްސަލަތައް މަޖިލީހަށް ހުށައެޅުމަކީ ވަރަށް ރަނގަޅު ކަމެކެވެ. މައްސަލައެއް މަޖިލީހަށް ހުށައެޅުމުން، އެ މައްސަލައަކަށް ގައުމުގެ ސަމާލުކަން ލިބޭނެތީ ވެ އެވެ. އެ މައްސަލައަކަށް މަޖިލީހުގައި ބަހުސުކުރަން ފުރުސަތު ލިބެ އެވެ. ނުވަތަ ބަހުސް ކުރުމަށް ފުރުސަތު ނުދީ މައްސަލަ މަޖިލީހުން ބޭރު ކޮށްލިއަސް މެ އެވެ. ބަހުސު ކުރުމުގެ ފުރުސަތު ނުދީ މައްސަލައެއް ބޭރު ކޮށްލިއަސް، މައްސަލަ މަޖިލީހަށް ހުށައެޅުމުން އެ ކަމަކީ ބައެއް މެމްބަރުން މައްސަލައެއްގެ ގޮތުގައި ދެކޭ ކަމެއްކަން އާއްމު ރައްޔިތުންނަށް އެނގޭނެ އެވެ. އަދި އެކަމަކާ މެދު ރައްޔިތުން ވިސްނާ އަމިއްލަ އަމިއްލަ އަށް ޚިޔާލު ފާޅުކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އަދި މިޒަމާނުގެ މީސް މީޑިއާގައި އެކަމަކާ މެދު ޚިޔާލު ފާޅުކޮށް ތަހުލީލު ކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ. ބަހުސެއް އޮވެއްޖެ ނަމަ އެކަމުގެ ދެކޮޅު ރައްޔިތުންނަށް ފެންނާނެ އެވެ. އަދި އެކަމަކާ ބެހޭ ގޮތުން މަސައްކަތް ކުރުމަށް ސަރުކާރުން ކަނޑައަޅާފައި އޮތް ތަނަކުން، ކުރި ބަހުސުގެ އަލީގައި ފިޔަވަޅު އަޅަން ތައްޔާރު ވާނެ އެވެ.

މަޖިލީހުގެ ކޮމިޓީތަކަށް މުއައްސަސާތަކުގެ ވެރިން ހާޒިރުކޮށް ސުވާލުކޮށް، ކޮމިޓީގެ މަސައްކަތްތައް ލައިވްކޮށް ދެއްކުމަކީ ވެސް ފޮރުވައިގެން ކަންތައް ކުރަން ބޭނުން ނުވާ ކަން ދެއްކުމުގެ ވަރަށް ބޮޑު ހެއްކަކަށް ވާނެ އެވެ. ކޮމިޓީތަކަށް ހާޒިރުވާ މުއައްސަސާތަކުގެ ވެރިން ކޮމިޓީތަކުގައި ދެކެވޭ ވާހަކަތައް ސިއްރު ކުރަން އެދުނަސް އެ ގޮތަށް ހަމަޖެއްސުމަކީ ރަނގަޅު ކަމަކަށް ނުވާނެ އެވެ. އެ ގޮތަށް އެމީހުން އެދޭނީ އެމީހުން ބޭޒާރުވެ ފަލީހަތް ވުމުން ސަލާމަަތްވާށެވެ. ސިއްރު ކުރެވެން ވާނީ ގައުމީ ސަލާމަތާ ބެހޭ ކަންކަމެވެ. އެއީ ކޮން ކަހަލަ ކަންތައްތަކެއްތޯ ވެސް ގަވައިދުގައި ހާމަކޮށްފައި އޮތުން ރަނގަޅެވެ. އެހެން ނޫނިއްޔާ ނަން ނެގޯޝިއަބަލް ޗެކެއް މީހެއްގެ އަމިއްލަ އެކައުންޓަކަށް ޖަމާކުރި ގޮތުގެ މަޢުލޫމާތު ދިނުމަކީ ވެސް ގައުމަށް ނުރައްކާތެރި ކަމެއްގެ ގޮތުގައި މާނަކުރުމުގެ ފުރުސަތު އޮވެދާނެ އެވެ. ދެ ސޮޔާ އެކު ޗެކަށް ފައިސާ ދޫކުރަން ޖެހޭ ހާލަތުގައި އެންމެ ސޮޔަކަށް ފައިސާ ދޫކުރެވުނު ސަބަބު ބުނުމަކީ ވެސް ގައުމީ ސިއްރަކަށް ހަދަން ބޭނުން ވެދާނެ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން ތަފާތު ތަންތަނުގައި ކުރާ މަސައްކަތްތައް ބަލައި ސުވާލުކޮށް ސާފުކުރަން ފެށުމުން އެ ތަންތަނުގައި މަސައްކަތް ކުރާ މީހުން ގަވައިދާ އެއްގޮތަށް މަސައްކަތް ކުރުމުގެ ބާރަކަށް ވާނެ އެވެ. އަދި ނަތީޖާ ނެރެން މަސައްކަތް ކުރާނެ އެވެ.

މި ޒަމާނުގައި ޑެމޮކްރެޓިކް އުސޫލު ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ގައުމުތަކުގައި ކަންކަން ނިންމުމުގައި "ސުޕާ" ކަނޑައިލެވޭތޯ ބަލަ އެވެ. މިސާލަކަށް ދަންނަވާ ނަމަ "ސުޕަ ޑެލިގޭޓް" ކަނޑާލުމުގެ ވާހަކަތަކެއް ވެސް ދެކެވެ އެވެ. ރައްޔިތުންގެ މަޖިލީހަކީ ވާހަކަ ދައްކައިގެން އެންމެން މަޝްވަރާ ކޮށްގެން، ގިނަ ބަޔަކަށް ފެންނަ ގޮތަކަށް ކަންތައް ނިންމާ ތަނެކެވެ. ކީރިތި ޤުރުއާނުން ރައްޔިތުންގެ މަޖިލީހުގެ މޮޓޯ ނަގައިފައި އޮތީ ވެސް އެ ގޮތަށެވެ. މިހެން ވުމާ އެކު ކިތަންމެ މާތް ނިޔަތެއްގައި ވެސް މަދު ބައެއްގެ މަޝްވަރާއާ އެކު އަވަހަށް ކަންކަން ނިންމަން ސުޕަ ކޮމިޓީއެއް އުފެއްދުމަކީ ރަނގަޅު ވިސްނުމެއް ކަމަށް ބަލައިގަންނަން އުނދަގުލެވެ. އަދި އަމުދުން އެ ކޮމިޓީގެ ރައީސަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނެވުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. އެ އިރުން އެމަނިކުފާނު ވާނީ ކޮމިޓީގެ ބައިވެރިއަކަށެވެ. ކޮމިޓީން ނިންމާ ނިންމުމުގައި އެހެން މެމްބަރުންނެކޭ އެމަނިކުފާނާ އެއްވެސް ތަފާތެއް ނުއޮންނާނެ އެވެ. (މަޖިލީހުގެ ޖަލްސާގައި ވެސް އެމަނިކުފާނު އިންނަވަނީ އުސް ސްޓޭޖެއްގައި އުސް، ލަކުޑި ފާރަކުން މެމްބަރުންނާ ވަކިންނެވެ.) އެމަނިކުފާނަށް ރައީސްގެ ހައިސިއްޔަތުން "ފަހު ބަސް" ވިދާޅުވުމާއި، ފަރުދާގެ އަނެއް ފަރާތުގައި "ފަހު މަސައްކަތްޕުޅު" (ކުރައްވަން ޖެހޭ ޙާލަތެއްގައި) ކުރެއްވުމުގެ ފުރުސަތު ގެއްލޭނެ އެވެ.

ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ސަރުކާރު ހިންގަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ހަގީގަތަކީ ސަރުކާރު ހިންގުވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. އެއީ މަޖިލީހުގެ ޒިއްމާއެކެވެ.