Roadha Mihaaru
ކުޑަކުދިންނަށް ގްލޫޓެން މަދުކުރަންޖެހޭ

ކުޑަކުދިންނަށް ގްލޫޓެން މަދުކުރަންޖެހޭ

20 އޯގަސްޓް 2019

ޕާނާއި ޕާސްތާ ކަހަލަ ބާވަތްތަކަކީ ވަރަށް ގިނަ ބައެއްގެ އާންމު ކާނާ އެވެ. އެކަމަކު ހަނދާންކުރަން ޖެހޭ ކަމަކީ ގްލޫޓެން ގިނަ އަދަކަށް އެކުލެވޭ މިފަދަ ކާނާތަކަކީ އެހާ ގިނައިން ބޭނުން ކުރުން ރައްކާތެރި އެއްޗެހި ނޫންކަމެވެ. ހާއްސަކޮށް ކުޑަކުދިން މިފަދަ ކެއުންތަކާ ދުރުކުރަން ޖެހެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޕާނާއި ޕާސްތާ ކަހަލަ ބާވަތްތަކަކީ ވަރަށް ގިނަ ބައެއްގެ އާންމު ކާނާ އެވެ. އެކަމަކު ހަނދާންކުރަން ޖެހޭ ކަމަކީ ގްލޫޓެން ގިނަ އަދަކަށް އެކުލެވޭ މިފަދަ ކާނާތަކަކީ އެހާ ގިނައިން ބޭނުން ކުރުން ރައްކާތެރި އެއްޗެހި ނޫންކަމެވެ. ހާއްސަކޮށް ކުޑަކުދިން މިފަދަ ކެއުންތަކާ ދުރުކުރަން ޖެހެ އެވެ.

އާ ދިރާސާއެއްގައި ވެސް ވަނީ އެކަމުގެ ސިގްނަލް ދީފަ އެވެ. ޖަމާ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ބުނި ގޮތުގައި އުމުރުން ފަސް އަހަރުން ދަށުގެ ކުދިންނަށް ގްލޫޓެން އެކުލެވޭ ކާނާ ދިނުމަކީ ގްލޫޓެން އެކުލެވޭ ކާނާއިން ގޮހޮރު ހަލާކުވާ ބައްޔެއް ކަމަށްވާ ސިލިއަކް ޑިޒީޒް އަށް މަގުފަހިވާ ކަމެކެވެ.

ގްލޫޓެން އެކުލެވޭ ކާނާ ގިނައިން ބޭނުން ކުރުމުން ދަށްބަނޑުގެ މައްސަލަތައް އިތުރުވާ ކަމަށް ދިރާސާގައި ބުންޏެވެ. އެގޮތުން އުމުރުން ދެ އަހަރުގެ ކުދިން ދުވާލެއްގެ މައްޗަށް ގްލޫޓެން ބޭނުން ކުރާ މިންވަރު ދެ ގްރާމަށް ވުރެ އިތުރުވާ ނަމަ ސިލިއަކް ޑިޒީޒް ކުރިމަތިވުމުގެ ނުރައްކާ 75 ޕަސެންޓަށް ބޮޑު ކަމަށް ވެސް ދިރާސާ އިން ދައްކަ އެވެ. އެއީ ގާތްގަނޑަކަށް ޕާން ފޮއްޗެއްގެ މިންވަރެވެ.

ގްލޫޓެން އެކުލެވޭ ކާނާތަކެއް.

ގްލޫޓެން އެކުލެވޭ ކާނާތަކެއް.

"އެހެންވީމާ މީގައި އެންމެ މުހިއްމު ކަމަކީ ޅަފަތުގައި ކުދިންނަށް ގްލޫޓެން އެކުލެވޭ ކާނާތައް ދިނުން މަދުކުރުން،" ދިރާސާ ޓީމުގައި ހިމެނޭ ސްވިޑްންގެ ލޫންޑް ޔުނިވސިޓީގެ ޑައިބެޓީޒް އެންޑް ސިލިއަކް ޑިޒީސް ޔުނިޓްގެ މެނޭޖަރު ކެރިން އެންޑަސަން އާރަންސަން ވިދާޅުވި އެވެ.

ގްލޫޓެން އަކީ ގޮވާމުގެ ބާވަތްތަކުގައި ހިމެނޭ ޕްރޮޓީނެކެވެ. އެގޮތުން ޕާނާއި ޕާސްޓާ ކަހަލަ ކެއުންތަކަކީ ގްލޫން ހިމެނޭ ފުށުން އާންމު ގޮތެއްގައި ތައްޔާރުކުރާ ކާނާތަކެވެ.