Roadha Mihaaru
އިނގިރޭސިވިލާތުގެ ހޯމް އެޕްލަޔަންސް އަލޯރާއިން ވިއްކަނީ

ހާއްސަ ޕްރޮމޯޝަނަކާ އެކު އިނގިރޭސިވިލާތުގެ ހޯމް އެޕްލަޔަންސް އަލޯރާ އިން

26 އޯގަސްޓް 2019

އިނގިރޭސިވިލާތުގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ހޯމް އެޕްލަޔަންސް އަލޯރާ ހޯމް ޕޭން އިން ވިއްކަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

އިނގިރޭސިވިލާތުގެ މަޝްހޫރު ބައެއް ބްރޭންޑްތަކުގެ ހޯމް އެޕްލަޔަންސް އަލޯރާ ހޯމް ޕޭން އިން ވިއްކަން ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ސްވޯން، ޓަވާ، މޯފީ ރިޗާޑްސް، ޕިފްކޯ އަދި އެލްޖެންޓޯގެ އުފެއްދުންތައް މިހާރު އަލޯރާ އިން ލިބޭނެ އެވެ.

މި އުފެއްދުންތައް ތައާރަފްކުރުމާ އެކު ހާއްސަ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އެގޮތުން ހޯމް އެޕްލަޔަންސްތަކުން 10 ޕަސެންޓްގެ ޑިސްކައުންޓް ލިބޭނެ އެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

މޯފީ ރިޗާޑްސް އަކީ އިނގިރޭސިވިލާތުގައި ވެސް އެންމެ ފުޅާ ދާއިރާއެއްގައި ހޯލް އެޕްލަޔަންސް ވިއްކާ އެއް ކުންފުންޏެވެ. އެ ކުންފުނިން މި ވިޔަފާރި އަށް ވަދެފައިވަނީ 1930 ވަނަ އަހަރު އެވެ.

ސްވޯން އަކީ ގޭތެރޭ ހިފާގެންގުޅޭ ސާމާނު އިނގިރޭސިވިލާތުގައި ވިއްކުމުގައި އެންމެ ގިނަ ދުވަސްވީ އެއް ކުންފުންޏެވެ. ސްވޯންގެ އުފެއްދުންތައް 1920 ވަނަ އަހަރުން ފެށިގެން ވިއްކަމުން އަންނަ އިރު ބަދިއަށް ބޭނުންވާ މުހިންމު ތަކެތި އުފައްދަ އެވެ. ސްވޯންގެ އުފެއްދުންތަކުގެ އެންމެ ފާހަގަކޮށްލެވޭ ކަމަކީ ތަކެތީގެ ޑިޒައިންތަކުގެ ފުރިހަމަކަމާއި ކޮލިޓީ އެވެ.

އަލޯރާގައި ވިއްކާ ހޯމް އެޕްލަޔަންސްގެ ބައެއް ސާމާނު--ފޮޓޯ:އަލޯރާ ޕޭން ހޯމް

އަލޯރާގައި ވިއްކާ ހޯމް އެޕްލަޔަންސްގެ ބައެއް ސާމާނު--ފޮޓޯ:އަލޯރާ ޕޭން ހޯމް

ބަދިގޭގައި ގެންގުޅޭ ސާމާނު އުފައްދާ އެލްޖެންޓޯ އިން ވެސް ރީތި އުފެއްދުންތައް ނެރެފައިވެ އެވެ. އެ ކުންފުނިން އެންމެ ބޮޑު އިސްކަމެއްދެނީ ހޯމް އެޕްލަޔަންސްގެ ބޭނުން ފަސޭހަކަމާ އެކު ހިފޭނެ ގޮތަށް ތަކެތި އުފެއްދުމަށެވެ.

މީގެ އިތުރުން ޓަވާ ބްރޭންޑުގެ އުފެއްދުންތަކުން އެކި ބާވަތުުގެ ކާނާ ފަސޭކަމާ އެކު އަވަހަށް ތައްޔާރުކުރެވެ އެވެ. އަލޯރާ ޕޭން ހޯމުން މި ބްރޭންޑްގެ ޕްރެޝާ ކުކާ އާއި ސޯސް ޕޭން ފަދަ ތަކެތި ލިބޭނެ އެވެ.

އަލޯރާއިން ވިއްކާ ހޯމް އެޕްލަޔަންސްގެ ތެރެއިން ޕިފްކޯ ބްރޭންޑްގެ އުފެއްދުންތަކަކީ އެންމެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭ އުފެއްދުންތަކެވެ.