Roadha Mihaaru
އަލޯރާއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް!

އަލޯރާއިން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް!

23 ޖެނުއަރީ 2020

އަލޯރާ ޕޭން ހޯމުން ބަދިގެ ސާމާނުން 30-50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

އަލޯރާ ޕޭން ހޯމުން ބަދިގެ ސާމާނުން 30-50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އިނގިރޭސިވިލާތުގެ މޮޅު އުފެއްދުނަތަކުން ހުޅުވާލި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ ފެބްރުއަރީގެ ނިޔަލަށެވެ. އަލޯރާއިން ބުނި ގޮތުގައި މި ސޭލް ވެގެންދާނީ ކުރިއަށް އޮތް ރޯދަމަހަށް ގޭތެރެ އަށް ބޭނުންވާ ސާމާނު އަގުހެޔޮކޮށް ގަންނަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތަކަށެވެ.

އަލޯރާ ޕޭން ހޯމުން ލިބެން ހުންނަ ބައެއް ބްރޭންޑުތަކުގެ ތެރޭގައި "ސްވާން" އާއި "ޓަވާ" އާއި "މޯފީ ރިޗާޑްސް" އަދި "ޕިފްކޯ" އާއި "އެލިގެންޓޯ" ހިމެނެ އެވެ. މި ހުރިހާ ބްރޭންޑަކީ ވެސް ކޮލިޓީ ރަނގަޅު މޮޅެތި ބްރޭންޑުތަކެކެވެ. މީގެ ތެރެއިން "މޯފީ ރިޗާޑްސް" ބްރޭންޑަކީ އިނގިރޭސިވިލާތުގެ ގިނަ ގެތަކެއްގައި ވެސް ބޭނުން ކުރާ ބްރޭންޑެވެ.

އަލޯރާ ޕޭން ހޯމުން ވިއްކާ ބަދިގެ ސާމާނު ޑިސްޕްލޭ ކޮށްފައި- ފޮޓޯ: އަލޯރާ ޕޭން ހޯމް

އަލޯރާ ޕޭން ހޯމުން ވިއްކާ ބަދިގެ ސާމާނު ޑިސްޕްލޭ ކޮށްފައި- ފޮޓޯ: އަލޯރާ ޕޭން ހޯމް

މި ބްރޭންޑުތަކުގެ ބަދިގެ ސާމާނަކީ ކޮންމެ މީހަކަށް ވެސް ބޭނުން ކުރަން ފަސޭހަ ސާމާނުތަކެކެވެ. އަދި މި ބްރޭންޑުތަކަކީ ބަދިގެ އާއި ގޭތެރެއާ ގުޅޭ ރީތި ޑިޒައިންތަކުގެ އުފެއްދުންތައް ބާޒާރަށް ނެރެމުން އަންނަ ބްރޭންޑުތަކެކެވެ.

މި ބްރޭންޑުތަކުގެ އިތުރުން ވެސް އަލޯރާއިން އަންނަނީ ދުނިޔޭގެ މަޝްހޫރު ބްރޭންޑުތައް ރާއްޖޭގެ މާކެޓަށް ތައާރަފު ކުރަމުންނެވެ.