Roadha Mihaaru

ޝެފެއްގެ ރޯލު ކުޅެން ކައްކަން ދަސްކުރަން ޖެހުނު: ދިވްޔަންކާ

ކެއްކުމަކީ އެއް އިރެއްގައި ވެސް އެހާ ގަޔާވާ ކަމެއް ނޫން ކަމަށާއި ޝެފެއްގެ ރޯލު ކުޅެން ޖެހުމުން ކައްކަން ދަސްކުރަން ޖެހުނު ކަމަށް، ޓީވީ ބަތަލާ ދިވްޔަންކާ ތުރިޕަތީ ބުނެފި އެވެ.

ޝެފެއްގެ ރޯލަށް ކައްކަން ދަސްކުރަން ޖެހުނު: ދިވްޔަންކާ
އަހުމަދު އަދްޝަން
އަހުމަދު އަދްޝަން

01 ސެޕްޓެމްބަރ 2019

ކެއްކުމަކީ އެއް އިރެއްގައި ވެސް އެހާ ގަޔާވާ ކަމެއް ނޫން ކަމަށާއި ޝެފެއްގެ ރޯލު ކުޅެން ޖެހުމުން ކައްކަން ދަސްކުރަން ޖެހުނު ކަމަށް، ޓީވީ ބަތަލާ ދިވްޔަންކާ ތުރިޕަތީ ބުނެފި އެވެ.

ކުރިއަށް އޮތް ވެބް ސީރީޒް "ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" ގެ ޕްރޮމޯޝަނަލް އިވެންޓެއްގައި ޓީވީ ބަތަލު ވިވެކް ދަހިޔާގެ އަންހެނުންގެ ބުނީ އެހާ ރަނގަޅަކަށް ކައްކަން ނޭނގޭ ކަމަށެވެ.

ސޫޖަލްގެ ނަމުން މަޝްހޫރުވި އެކްޓަރު ރަޖީވް ކަންޑެލްވާލާ އެކު ކުޅެފައިވާ ވެބް ސީރީޒްގައި ޝެފެއްގެ ރޯލް ކުޅެން ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖަކަށްވި ކަމަށް ދިވްޔަންކާ ބުންޏެވެ.

"އެ ރޯލަށް ތައްޔާރުވާން ފުދޭ ވަރަކަށް މަސައްކަތް ވެސް ކުރަން ޖެހުނު. އެންމެ ބޮޑު ކަމަކަށްވީ ޝެފެއްގެ ރޯލް ކުޅޭތީ ކައްކަން ދަސްކުރަން މަސައްކަތްތަކެއް ކުރަން ޖެހުން. އަނެއްކާ މީގައި އެބަޖެހޭ މަހުގެ ބާވަތްތައް ވެސް ކައްކަން. އަހަންނަކީ ވެޖެޓޭރިއަންއެއް،" އޭނާ ބުންޏެވެ. "އެހެންވެ ކުކުޅު މަސް ކަހަލަ އެއްޗެހީގެ ތެރޭގައި އުޅެން ޖެހުނީމަ ވަރަށް އުނދަގޫވި."

އެކްތާ ކަޕޫރްގެ އޯލްޓް ބަލާޖި އާއި ޒީ ނެޓްވޯކްގެ ޒީ5 އިން ޕްރޮޑިއުސްކޮށް، ޕަރްދީޕް ސަރުކާރު ޑައިރެކްޓްކޮށްފައިވާ "ކޯލްޑް ލައްސީ އޯރް ޗިކެން މަސާލާ" އަކީ ދެ ކައްކާއިންގެ މެދުގައި އުފެދޭ ގުޅުމެއްގެ ވާހަކަ ކިޔައިދޭ އެއްޗެކެވެ. މީގެ ޓްރެއިލާ ވެސް މިހާރު ދައްކާލާފައިވާ އިރު، ސްޓްރީމް ކުރަން ފަށާނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.

ދިވްޔަންކާއަކީ ސްޓާ ޕްލަސް އިން މިހާރު ދައްކާ ސިލްސިލާ "ޔޭ ހޭ މޮހައްބަތޭން" ގެ ބަތަލާ އެވެ.