Roadha Mihaaru
އަންކިތާގެ ކައިވެނި ހަދިޔާއަކީ ރާއްޖޭން ވިލާއެއް؟

ކައިވެނީގެ ހަދިޔާއަކަށް އަންކިތާ އަށް ރާއްޖޭން އަގުބޮޑު ވިލާއެއް؟

17 ޑިސެމްބަރ 2021

މިދިޔަ އަންގާރަ ދުވަހު ކައިވެނިކުރި އިންޑިއާގެ ބަތަލާ އަންކިތާ ލޯކަންދޭ އަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ފިރިމީހާ ވިކީ ޖެއިންގެ ފަރާތުން ރާއްޖޭން އަގު ބޮޑު ލަގްޒަރީ ވިލާއެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މިދިޔަ އަންގާރަ ދުވަހު ކައިވެނިކުރި އިންޑިއާގެ ބަތަލާ އަންކިތާ ލޯކަންދޭ އަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ފިރިމީހާ ވިކީ ޖެއިންގެ ފަރާތުން ރާއްޖޭން އަގު ބޮޑު ލަގްޒަރީ ވިލާއެއް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިކީ އަށް އަންހެނުންނަށް ރާއްޖޭން ދިން ހަދިޔާ އަކީ 50 ކްރޯޑް ރުޕީސް (6.56 މިލިއަން ޑޮލަރު) ގެ ވިލާއެކެވެ. އެކަމަކު އެތަނާ ބެހޭ އެއްވެސް ތަފުސީލެއް ހާމައެއްނުކުރެ އެވެ. އެހެންވެ، މިއީ ދެމަފިރިން ރާއްޖޭގެ ހަނީމޫން ދަތުރަށް ހަމަޖެއްސި ވިލާއެއް ކަމެއް ނުވަތަ އަމިއްލަކުރި ތަނެއް ކަމެއް ނޭނގެ އެވެ.

މީޑިއާތަކުން ބުނީ އަންކިތާ އަށް ފިރިމީހާ ރާއްޖޭގެ ވިލާއެއް ދިން އިރު، ވިކީ އަށް އަންކިތާ ހަދިޔާއެއްގެ ގޮތުގައި ދިނީ 8 ކްރޯޑް ރުޕީސް (1.05 މިލިއަން ޑޮލަރު) ގެ ޕްރައިވެޓް ޔޮޓެއް ކަމަށެވެ.

މިދިޔަ އަހަރު ދަންޖެހިގެން މަރުވި ބޮލީވުޑްގެ އެކްޓަރު ސުޝާންތު ރާޖްޕޫތާ ކުރިން ރައްޓެހިވި އަންކިތާ އަށް ކައިވެނީގެ ހަދިޔާއެއްގެ ގޮތުގައި ގާތް އެތައް ބައެއްގެ ފަރާތުން އަގު ބޮޑު އެތައް އެއްޗެއް ލިބިފައިވެ އެވެ. އޭނާ ރޯލެއް ކުޅުނު މިދިޔަ އަހަރުގެ ފިލްމު "ބާގީ 3" ގެ އެކްޓަރު ޓައިގާ ޝްރޮފްގެ ފަރާތުން ހަދިޔާއަކަށް ލިބުނީ 40 ލައްކަ ރުޕީސްގެ މިނީ ކޫޕާ ކާރެކެވެ.

ސުޝާންތާ އެކު އަންކިތާ ކުޅުނު ޒީޓީވީގެ ސިލްސިލާ "ޕަވިތުރަ ރިޝްތާ" ގެ ޕްރޮޑިއުސަރު އެކްތާ ފަރާތުން ހަދިޔާއެއްގެ ގޮތުގައި 50 ލައްކަ ރުޕީސްގެ ޖަވާހިރު އަނގޮޓިއެއް ލިބުނު އިރު، މި އަހަރު ސްޓްރީމްކުރި "ޕަވިތުރަ ރިޝްތާ 2.0" ވެބް ސީރީޒްގެ ބަތަލު ޝަހީރު ޝައިހް ފަރާތުން އަންކިތާ އަށް ހަދިޔާއަކަށް ލިބުނީ 25 ލައްކަ ރުޕީސްގެ ރަނުގެ ގަހަނާ އެވެ.

މީގެ އިތުރުން "ބާގީ 3" ގެ ބަތަލާ ޝްރަދާ ކަޕޫރް ފަރާތުން ހަދިޔާއަކަށް 8 ލައްކަ ރުޕީސްގެ ޖަވާހިރު އެހެއް ޖެހި ކަރުގައި އަޅާ ފަށެއް، ޓީވީ އެކްޓަރު ރިތިކް ދަންޖާނީގެ ފަރާތުން އަންކިތާގެ ދެމަފިރިންނަށް 15 ލައްކަ ރުޕީސްގެ ހަދިޔާ ދިނެވެ.

އޭގެ ތެރޭގައި ޖަވާހިރު ޖެހި އުޅާ ހިމެނެ އެވެ. އިތުރު ހަދިޔާތަކުގެ ތެރޭގައި ބަތަލާ ރަޝްމީ ދެސާއިގެ ފަރާތުން ލިބުނު 10 ލައްކަ ރުޕީސްގެ ޑިޒައިނަ އާއި މިރުނާލިނީ ތިޔާގީގެ ފަރާތުން 10 ލައްކަ ރުޕީސްގެ ގަހަނާ އާއި މާހީ ވިޖްގެ ފަރާތުން ލިބުނު 15 ލައްކަ ރުޕީސްގެ ޑިޒައިނަ ސާޅީގެ އިތުރުން ޝްރިސްތީ ރޯޑްގެ ފަރާތުން ލިބުނު 5 ލައްކަ ރުޕީސްގެ ރަން ޗޭނެއް ހިމެނެ އެވެ.

އަންކިތާ އާއި ވިކީ އަންގާރަ ދުވަހު ހަވީރު ކައިވެނިކުރީ މުމްބާއީގެ ލަގްޒަރީ ހޮޓަލެއްގައި ބޭއްވި ވަރަށް ކުލަ ގަދަ ހަފުލާއެއްގަ އެވެ.