Roadha Mihaaru
މަޓާޓޯގެ ތައުރީފު އެމްއެމްޕީއާރުސީ އަށް

މަޓާޓޯގެ ތައުރީފު އެމްއެމްޕީއާރުސީ އަށް

02 ސެޕްޓެމްބަރ 2019

މިދިޔަ 10 އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އިން މި އަހަރު ހޯދާފައިވާ ކާމިޔާބީއާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕްރޭޓާސް (މަޓާޓޯ) ގެ ތައުރީފު އެމްއެމްޕީއާރުސީ އަށް އޮއްސާލައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

މިދިޔަ 10 އަހަރާ އަޅާ ބަލާއިރު ރާއްޖޭގެ ޓޫރިޒަމްގެ ދާއިރާ އިން މި އަހަރު ހޯދާފައިވާ ކާމިޔާބީއާ ގުޅިގެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕްރޭޓާސް (މަޓާޓޯ) ގެ ތައުރީފު އެމްއެމްޕީއާރުސީ އަށް އޮއްސާލައިފި އެވެ.

އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖެ އިޝްތިހާރު ކުރުމަށް މި އަހަރުގެ ފުރތަމަ ހަ މަސް ދުވަހު އެމްއެމްޕީއާރުސީން ކޮށްފައި ވަނީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ އަށް މި އަހަރު ބޮޑު ކާމިޔާބީއެއް ލިބިފައި ވަނީ އެމްއެމްޕީއާރުސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދުގެ އިރުޝާދުގެ ދަށުން އެ ކޯޕަރޭޝަނުން ކުރި މަސައްކަތުން ކަމަށް ވެސް އެ ބަޔަނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން، މަޓާޓޯ އިން ވަނީ ޓޫރިޒަމް މިނިސްޓްރީ އާއި ސަރުކާރުން ޓޫރިޒަމް ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކަށް ވެސް ތައުރީފުކޮށްފަ އެވެ.

މި އަހަރުގެ މިހާތަނަށް 1.1 މިލިއަން ޓޫރިސްޓުން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު މިއީ މި ހުރިހާ މުއައްސަސާއެއް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ ކަމަށް މަޓާޓޯގެ ބަޠާނުގައި ވެ އެވެ.

މަޓާޓޯ އިން ބުނިގޮތުގައި، ރާއްޖެ އިޝްތިހާރު ކުރުމަށް 2016-2018 އަށް އެ ޖަމިއްޔާ އިން މަސައްކަތް ކުރަން ޖެހުނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ކަމަށް މާބޮޑު ސަމާލުކަމެއް ނުދޭތީ އެވެ. ނަމަވެސް މި ސަރުކާރުން މި މަސައްކަތަށް ވަރަށް ބޮޑު އިސްކަމެއް ދޭ ކަމަށް މަޓާޓޯ އިން ބުންޏެވެ.