Roadha Mihaaru

މުރްސީގެ ހަގު ދަރިކަލުން ހާޓް އެޓޭކެއްގައި އަވަހާރަވެއްޖެ

ގާހިރާ (ސެޕްޓެމްބަރު 5) - އަވަހާރަވެފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ހަގު ދަރިކަލުން އަބްދުﷲ މުރްސީ އަށް ހާޓް އެޓޭކެއް ޖެހި ބުދަ ދުވަހުގެ ރޭ އަވަހާރަވެއްޖެ ކަމަށް އާއިލާގެ ވަކީލް ބުނެފި އެވެ.

މުރްސީގެ ހަގުދަރިކަލުން ހާޓް އެޓޭކެއްގައި އަވަހާރަވެއްޖެ
ހަސަން އާމިރު
ހަސަން އާމިރު

05 ސެޕްޓެމްބަރ 2019

ގާހިރާ (ސެޕްޓެމްބަރު 5) - އަވަހާރަވެފައިވާ މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ ހަގު ދަރިކަލުން އަބްދުﷲ މުރްސީ އަށް ހާޓް އެޓޭކެއް ޖެހި ބުދަ ދުވަހުގެ ރޭ އަވަހާރަވެއްޖެ ކަމަށް އާއިލާގެ ވަކީލް ބުނެފި އެވެ.

ވަކީލް އަބްދުލް މުނީމް އަބްދުލް މަގްސޫދު ބުނީ އުމުރުން 25 އަހަރުގެ އަބްދުﷲ އަށް ހާޓް ޖެހުނު އިރު އޭނާ ދިޔައީ ކާރު ދުއްވަމުން ކަމަށެވެ. އޭނާ ބުނީ ކާރު ހުއްޓުވައި އަބްދުﷲ ހޮސްޕިޓަލަށް ގެންދިޔައީ ކާރުގައި އިން ރަހުމަތްތެރިއެއް ކަމަށެވެ.

މިސްރުގެ ފުރަތަމަ ޑިމޮކްރެޓިކް ރައީސް މުރްސީގެ މައްޗަށް ތުހުމަތު ކުރާ މައްސަލަތަކުގެ ޝަރީއަތް ހިންގުމަށް ކޯޓަށް ހާޒިރުކޮށްފައި ހުންނަވަނިކޮށް އަވަހާރަވީ މިދިޔަ ޖޫން 17 ވަނަ ދުވަހު އެވެ. މުރްސީ، 67، އަވަހާރަވީ އޭނާގެ ވެރިކަން ސިފައިންގެ ބަޣާވާތަކުން ވައްޓާލުމަށް ފަހު ޖަލު ބަންދުގައި ހުންނަވާތާ ހަ އަހަރު ފަހުންނެވެ.

މިސްރުގެ ވެރިކަމުގައި މިހާރު ހުންނެވި އަބްދުލް ފައްތާހު ސީސީ އަކީ ވެރިކަން ވައްޓާލި އިރު ސިފައިންގެ އިސް ވެރިޔާ އެވެ.