ގޫގުލް އިން އެންޑްރޮއިޑް 10 ދޫކޮށްލި ދުވަހު، ގޫގުލްގެ ޕިކްސެލް ފޯނުތަކަށް ލިބެން ފަށައިފި އެވެ. އެންޑްރޮއިޑް އަކީ ގޫގުލް އިން އުފައްދައި ބަލަހައްޓާ އޮޕަރޭޓިން ސިސްޓަމެކެވެ. އެހެންކަމުން، އެ ކުންފުނިން ޑިޒައިންކޮށް މާކެޓްކުރާ ސްމާޓްފޯނަކަށް، އެންޑްރޮއިޑް 10 ފުރަތަމަ ލިބުމަކީ ބޭއިންސާފެއް ނޫނެވެ.
09 ސެޕްޓެމްބަރ 2019
ގޫގުލް އިން އެންޑްރޮއިޑް 10 ދޫކޮށްލި ދުވަހު، ގޫގުލްގެ ޕިކްސެލް ފޯނުތަކަށް ލިބެން ފަށައިފި އެވެ. އެންޑްރޮއިޑް އަކީ ގޫގުލް އިން އުފައްދައި ބަލަހައްޓާ އޮޕަރޭޓިން ސިސްޓަމެކެވެ. އެހެންކަމުން، އެ ކުންފުނިން ޑިޒައިންކޮށް މާކެޓްކުރާ ސްމާޓްފޯނަކަށް، އެންޑްރޮއިޑް 10 ފުރަތަމަ ލިބުމަކީ ބޭއިންސާފެއް ނޫނެވެ.
އެންޑްރޮއިޑް 10 އާންމުކޮށް ދޫކޮށްލި ދުވަހު، ސެޕްޓެމްބަރު 3 ގައި، އެސެންޝަލް ފޯނުތަކަށް ވެސް އެންޑްރޮއިޑް 10 ލިބެން ފެށި އެވެ. ވަންޕްލަސްއިން ފަހުން ނެރުނު ފޯނުތަކަށް ވެސް އެންޑްރޮއިޑް 10 ލިބޭ ގޮތް ވަނީ ހަދައިފަ އެވެ.
ގޫގުލްއިން އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމްގެ އާ އަދަދެއް ނެރޭ ކޮންމެ ފަހަރަކު، އެންމެ ފުތަމަ ލިބެނީ ގޫގުލްގެ ޕިކްސެލް ފޯނުތަކަށެވެ. އެންޑްރޮއިޑް ފޯނުތައް އުފައްދާ ވާދަވެރި ކުންފުނިތަކުން، އެންޑްރޮއިޑްގެ އާ އަދަދަށް ބަދަލުވުމަށް އަބަދު ވެސް ދުވަސްތަކެއް ނަގަ އެވެ.
އެސެންޝަލް ފޯނުތައް އުފައްދަނީ "އެސެންޝަލް ޕްރޮޑަކްޓްސް" އޭ ކުންފުންޏަކުންނެވެ. މިއީ އޭންޑީ ރޫބިންގެ ކުންފުންޏެކެވެ. އޭންޑީ ރޫބިން އަކީ ގޫގުލްއާ ވަރަށް ގާތް މީހެކެވެ. އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އުފައްދައި ޒަމާނަށް ފެއްތުމުގައި، އޭނާގެ ދައުރު ވަރަށް ފުޅަލެވެ.
ވަންޕްލަަސް އަކީ ޗައިނާ ކުންފުންޏެކެވެ. ވަންޕްލަސް އަށް ނިސްބަތްކުރެވޭ ސްމާޓްފޯނުތައް އުފައްދަނީ މި ކުންފުނިންނެވެ. ގޫގުލް އިން އެންޑްރޮއިޑްގެ އާ އަދަދެއް ދޫކޮށްލި ނަމަވެސް، ހަމަ ވަގުތުން ވާދަވެރިންގެ ފޯނުތަކުގައި ބޭނުންކުރެވެ ކަހަލަ ނިޒާމެއް މިހާތަނަކަށް ނެތެވެ. މި ފަހަރު، ވަންޕްލަސް ފޯނުތަކަށް އެންޑްރޮއިޑް 10 ހަމަ ވަގުތުން ރިލީޒްކުރި ގޮތެއް ނޭނގެ އެވެ. ނަމަވެސް، އެންޑްރޮއިޑް 10 އަށް ފޯނުތައް ތައްޔާރުކުރުމަށްޓަކައި، ވަންޕްލަސް އިން ޓެސްޓްތަކެއް ކުރިކަން އެނގެ އެވެ. މިއީ ކޮންމެ ކުންފުންޏަކުން ވެސް ކުރާ ކަމެކެވެ.
އެންޑްރޮއިޑް ފޯނުތައް އުފައްދާ ކުންފުނިތަކާ މެދު އަބަދު ވެސް ބުނެވެނީ، ބަދަލުވުމަށް ބިރުގަންނަ ބައެއް ކަމަށެވެ. އެހެން ބުނެވެނީ، ގޫގުލްއިން އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް އާކުރި ނަމަވެސް، ވާދަވެރިންގެ ފޯނުތަކުން އެ ބަދަލު ފެނުމަށް ނަގާ ވަަގުތު ދިގުކަމުންނެވެ. އެތައް ދުވަހެއް ނުވަތަ އެތައް މަހެއް ވެސް ނަގާފާނެ އެވެ. އެކަމަކު، މި ފަހަރު ވަންޕްލަސް މި އޮތީ ކުރިއާލައި މޮޅަށް ކުޅެފަ އެވެ.
ވަންޕަލް ފޯނުތަކަށް އެންޑްރޮއިޑް 10 އަންނަނީ ވައިގެ ތެރެއަކުން ނޫނެވެ. އެންޑްރޮއިޑް 10 ލިބިގަތުމަށްޓަކައި ޖެހެނީ ވަންޕްލަސް ފޯރަމް އަށް ވަދެ، "ރޮމް" ޑައުންލޯޑްކުރާށެވެ. އެ އަށް ފަހު ދެން ކުރަންޖެހޭހައި ކަމެއް ކުރަންޖެހެނީ އަމިއްލައަށެވެ.
އެންޑްރޮއިޑް ސްމާޓްފޯނެއްގެ ރޮމް ބަދަލުކުރުމަކީ ހަމަ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ އަދި ކުރަން އެނގޭ ކަމެއް ނޫނެވެ. އަމިއްލަ، އަމިއްލަ އަށް ކުރަން ހަދައިގެން އެއްގޮތަކަށް ވެސް ބޭނުންނުކުރެވޭ ވަރަށް ފޯނު ހަލާކުވުމަކީ ވެސް ވެދާނެ ކަމެކެވެ. ކުރިއާލައި ސަމާލުވާށެވެ.
ވަންޕްލަސް ނޯޑް: ގޫގުލްގެ އެޕްލިކޭޝަންތައް ގިނަވާނެ
ޕިކްސެލް 4 އެކްސްއެލްގެ ފަހަތު ކަވަރު ނެއްޓެނީ
ވަންޕްލަސް 8 މަރުކާގެ ހުރިހާ ފޯނެއް 5ޖީ
ގޫގުލް ޕްލޭ ސްޓޯރުގެ ނުފޫޒު ނައްތާލަން ތެދުވެއްޖެ
ވަންޕްލަސް ފޯނުތަކަށް ވަޔަލެސް ޗާޖިން
"ކޮންސެޕްޓް ވަން" އަކީ ވަންޕްލަސްގެ ފަތްޖެހި ފޯނު؟
ވަންޕްލަސް 7 ޕްރޮ އަކީ ހިނގުން އެންމެ އަވަސް ފޯނު
ވާވޭ ވެއްޓިއްޖެ ނަމަ ފައިދާވާނެ ބަޔަކީ ކޮބާ؟
ވަންޕްލަސް ފޯނުތައް ދަރަޖަކުރަނީ
މިވީ ކިހިނެއް؟ މައިކްރޮސޮފްޓުން އެންޑްރޮއިޑް ޑިވައިސެއް