Roadha Mihaaru
އައިފޯން 11 އަށް މެދުމިނުގެ ޑިމާންޑެއް

އައިފޯން 11 އަށް މެދުމިނުގެ ޑިމާންޑެއް

15 ސެޕްޓެމްބަރ 2019

އައިފޯން 11 "ޕްރީއޯޑާ"ކުރުމަށް ހުޅުވާލައިފި އެވެ. ނަމަވެސް، ފޯނުތަކަށް ރަނގަޅު ޑިމާޑެއް އަދި ނެތް ކަމަށް މާކެޓް ދިރާސާކުރާ މީހުން ބުނެ އެވެ. މި ދިޔަ އަހަރު، "އައިފޯން އެކްސްއެސް" އަދި "އައިފޯން އެކްސްއެސް މެކްސް" އަށް ތަރުހީބު ލިބުނު ވަރަށް ވެސް، މި އަހަރުގެ ފޯނުތަކަށް ނުލިބޭކަން ވަނީ ފާހަގަކޮށްފަ އެވެ.

އަހުމަދު ނިޔާޒް އަހުމަދު ނިޔާޒް

އައިފޯން 11 "ޕްރީއޯޑާ"ކުރުމަށް ހުޅުވާލައިފި އެވެ. ނަމަވެސް، ފޯނުތަކަށް ރަނގަޅު ޑިމާޑެއް އަދި ނެތް ކަމަށް މާކެޓް ދިރާސާކުރާ މީހުން ބުނެ އެވެ. މި ދިޔަ އަހަރު، "އައިފޯން އެކްސްއެސް" އަދި "އައިފޯން އެކްސްއެސް މެކްސް" އަށް ތަރުހީބު ލިބުނު ވަރަށް ވެސް، މި އަހަރުގެ ފޯނުތަކަށް ނުލިބޭކަން ވަނީ ފާހަގަކޮށްފަ އެވެ.

އާބާދީ ބޮޑު ގައުމުތަކުން ވެސް އައިފޯން 11 އަށް އޮތް ތަރުހީބު، ހީކުރިވަރަށް ވުރެ ވެސް ދަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އައިފޯން "ޕްރީއޯޑާ" އަށް ހުޅުވާލިތާ ގިނައިރުތަކެއް ނުވަނީސް، މާކެޓް ދިރާސާކުރާ މީހުން ވަނީ ވިޔަފާރި އަންދާާޒާކޮށްފަ އެވެ. އެއީ ފާއިތުވި އަހަރު، އައިފޯނުގެ މޮޑެލްތައް ހިނގައިގަތުމަށް ހޭދަވި ވަތުގަށް ބަލައިފަ އެވެ.

އައިފޯނަކީ އެ އަށް ވަފާތެރި މީހުންނަށް ރަންގަޑެކެވެ. "އައިއޯއެސް" ގައި ހުރި އޮމާކަން އިހުސާސްކޮށްލުމަށް ކެތްމަދުވެފައި ތިބި މީހުންނަށް ކޮންމެ އަހަރެއްގެ އައިފޯން މޫސުން ވަނީ އުފާވެރިކަމުގެ ދުވަސްތަކަކަށެވެ. ނަމަވެސް، މި ފަހަރު އެ ފަަދަ މަންޒަރުތައް ނުފެންނަ ކަމަށް ޓެކްނޮލޮޖީ ޚަބަރުތައް ކަވަރުކުރާ މީހުން ވެސް ބުނެ އެވެ.

އައިފޯން 11 އަށް ޝައުގުވެރިވާ މީހުން ދަށްވުމުގައި، އައިފޯން 11 ގައި 5ޖީ މޮޑެލްއެއް ނެތުން ހިމެނެ އެވެ. ޗައިނާ ގައި އައިފޯނަށް ޖާނުދީ އަދި މަރުދޭ ބަޔަކު އުޅެ އެވެ. އައިފޯން ގަތުމަށްޓަކައި ގުނަވަންތައް ވިއްކާ މީހުން ވެސް ޗައިނާގައި އުޅެ އެވެ. އެހެން ނަމަވެސް، ޗައިނާ މާކެޓުން ވެސް އަދި އެހައި ޝައުގުވެރިކަން ނުފެންނަ ކަމަށް ވެ އެވެ. ޗައިނާ މީހުން އައިފޯން 11 އަށް ހިތްނުދީގެން އުޅެނީ 5ޖީގެ ސަބަބުން ކަމަށް ބުނެވެ އެވެ.

އައިފޯން 11 ޕްރީއޯޑަރަށް ހުޅުވާލައިގެން ކުރި އަށް ދާއިރު، ބައެއް މޮޑެލްތައް އާންމު ވިޔަފާރި އަށް ނެރެން ހަމަޖެއްސި ތާރީޚު ފަސްކުރަން ޖެހިދާނެ ކަމަށް ވެސް ބުނެވެ އެވެ. ބެލެވޭ ގޮތުގައި ބައެއް މޮޑެލްތައް އަދި ވެސް ފައްކާނުވަނީ އެވެ.

އައިފޯނުގެ ހަޔާތުގައި މިއީ ފާޑުކިޔުން އެންމެ ބޮޑު އަހަރެވެ. އައިފޯނުގެ ޑިޒައިން އަދި ސިފަ އަށް މަލާމާތްކޮށް ދުވަހަކު ވެސް ޖޯކުނުޖަހާ ވަރަށް މި އަހަރު ވަނީ ޖޯކުޖަހައިފަ އެވެ. ބަލާބެލުމަށް އައިފޯން 11 ގައި، މަގުބޫލް އެއްވެސް ސިފައެއް ނެތެވެ. އައިފޯނުން އެޕަލް އަށް މި ފަހަރު ފައިދާއެއް ވާނެ ނަމަ ވާނީ، ސޮފްޓްވެއާގެ މޮޅުކަމުންނެވެ.

ސްމާޓްފޯން ބޭނުންކުރަން ފެށީއްސުރެ، އައިފޯން ދޫކޮށްނުލާ މީހަކު ބުނި ގޮތުގައި، މި ފަހަރު އައިފޯނެއް ގަންނާނީ، އަންނަ ފޯން ކޯލުގެ ސަބަބުން، ކުރަމުން ދިޔަ މަސައްކަތްތަކަށް ބުރޫ ނާރާ ނަމަ އެވެ. އޭނާ އެހެން އެ ބުނީ، ފޯނުން މުހިންމު ކަމެއް ކުރަނިކޮށް، ފޯނު ކޯލެއް އަތުވެއްޖެ ނަމަ، ކޯލު ނެގުން ނޫން އިޚުތިޔާރެއް ނުލިބޭތީ އެވެ. ފޯން ކޯލް "ޕާކް"ކޮށްފައި މަސައްކަތައިގެން ކުރި އަށް ނުދެވޭތީ އެވެ.