އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިސްޓަން ޗާޗިލް އުފަންވި އަދި ފަހުން ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ވެސް ހިމެނޭ އިނގިރޭސިވިލާތުގެ ބްލެންހެއިމް ޕެލެސްގައި ކުރިއަށް ގެންދާ މައުޒަރެއްގައި ބެހެއްޓި 18 ކެރަޓް ރަނުގެ ފާހާނާ ތައްޓެއް ވަގަށް ނަގައިފި އެވެ.
16 ސެޕްޓެމްބަރ 2019
އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިސްޓަން ޗާޗިލް އުފަންވި އަދި ފަހުން ދުނިޔޭގެ ތަރިކައިގެ ލިސްޓްގައި ވެސް ހިމެނޭ އިނގިރޭސިވިލާތުގެ ބްލެންހެއިމް ޕެލެސްގައި ކުރިއަށް ގެންދާ މައުޒަރެއްގައި ބެހެއްޓި 18 ކެރަޓް ރަނުގެ ފާހާނާ ތައްޓެއް ވަގަށް ނަގައިފި އެވެ.
ގާތްގަނޑަކަށް ހަ މިލިއަން ޑޮލަރުގެ އަގުހުރި "އެމެރިކާ" ގެ ނަން ދީފައިވާ ފާހާނާތަށި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ވައްކަމާ ގުޅިގެން ތުހުމަތު ކުރެވޭ 66 އަހަރުގެ ފިރިހެނަކު ތޭމްސް ވެލީ ފުލުހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.
ބްލެންހެއިމް ޕެލަސްގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ބުނީ އެ ފާހާނާ ތައްޓަކީ ބުރާސްފަތި ދުވަހު އިޓަލީގެ އާޓިސްޓެއް ކަމަށްވާ މައުރީޒިއޯ ކެޓެލަން ފެށި މައުރަޒުގެ ބައެއް ކަމަށެވެ.
ޒިޔާރަތްކުރާ މީހުންނަށް ބޭނުން ވެސް ކުރެވޭ ގޮތަށް ބެހެއްޓި ރަން ފާހާނާތަށި ވަގަށް ނަގާފައި ވަނީ ގޭންގެއްގެ ބަޔަކު ވަރަށް ބޮޑަށް ރާވައިގެން ކަމަށް ބްލެންހެއިމް ޕެލެސްގެ ޗީފް އެގްޒެކެޓިވް ޑޮމިކިން ހެއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފާހާނާތަށި ވަގަށް ނެގުމާ ގުޅިގެން އެތަނުގެ ފެން ހޮޅިތަކެއް ހަލާކުވެ ޕެލަސްތެރޭގައި ފެންބޮޑުވެ، ގެއްލުންތަކެއް ވެސް ވެފައިވާ ކަމަށެވެ. ބްލެންހެއިމް ޕެލެސްއަކީ 18 ވަނަ ގަރުނުގެ ތެރޭގައި އިމާރާތްކޮށްފައިވާ ތަނެކެވެ.
ބްލެންހެއިމް ޕެލެސް.
"މިއީ މިހާތަނަށް ޕެލަސް އިން ކުރި މިކަހަލަ ފުރަތަމަ ވައްކަން. މި ވައްކަމަށް މަގުފަހިވީ ހަގީގަތުގައި ތަނުގެ ސެކިއުރިޓީގައި ހުރި ދޯދިޔާ ކަމެއްގެ ސަބަބުން،" ޑޮމިނިކް ވިދާޅުވި އެވެ. "ވަރަށް ގިނަ ދުވަސްވެއްޖެ މި ޕެލަސްގެ ސެކިއުރިޓީ ބެލެހެއްޓުމުގައި ގޮންޖެހުންތަކެއް ހުރި ވާހަކަ އަހަރެމެރން ފާހަގަކުރަމުން އަންނަތާ. އެކަމަކު މިއޮތީ މީގެ ސަބަބުން ބޮޑު ވައްކަމެއް ވެސް ކޮށްފައި. މިއީ ދެން ނުވާ ކަމަކަށް ނެހެދޭނެ."
ވައްކަމާ ގުޅިގެން ބްލެންހެއިމް ޕެލެސްގައި ކުރިއަށްދާ މައުރަޒު ވަގުތީ ގޮތުން ހޮނިހިރު ދުވަހު މެދު ކަނޑާލުމަށް ފަހު، އާދީއްތަ ދުވަހު ވަނީ އަލުން ފަށައިފަ އެވެ.
ގޮގްލްސް ހޮވައިގެން ގެނެސްދޭ ބުޅަޅެއް
ވިލިއަމާއި ކޭޓްގެ ގަނޑުވަރުން ކަމިލާ "ވައްކަންކުރި"
"ވައްކަން ކުރީ މަށެއް ނޫން"
"ފްރެންޑްސް" ގެ ތަރިއަކާ ވައްތަރު ވަގެއް
ޔޫކޭގައި ވަގަށްނެގި ރަން ފާހާނާތަށި ނުފެނުނު
ދެ ފިރިހެނުން ވައްކަންކުރަން އަންހެން ހެދުމުގައި!
ޕްރިތަމްގެ އޮފީހުން 4 މިލިއަން ރުޕީސް ވަގަށް ނަގައިފި
އެއާޕޯޓުން ފޮށިގަނޑެއް ވަގަށް ނެގި މީހަކު ހޯދަނީ
ދެ ގައުމެއްގެ އާ ސަފީރުންގެ ފަތްކޮޅު އަރުވައިފި
"ކެލާ އަހައްމަދު" އިތުރު ބަަޔަކަށް ލަނޑުދިންތޯ ބަލަނީ